Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 21:7 - ކިތާބުލް މުޤައްދަސާ

7 އެކަމަކު އެކަލޭގެފާނު ޔޫނަތައިންގެ ދަރިފުޅު މަފީބޫޝަތު ހިމާޔަތް ކުރެއްވިއެވެ. ޔޫނަތައިން އަކީ ޝާއުލްގެފާނުގެ ދަރިކަލެކެވެ. އެހެންނަމަވެސް ދާއޫދުގެފާނު ވަނީ ޔޫނަތައިންއާއެކު މާތްރަސްކަލާނގެ ހެކި ކުރައްވައި އިޤުރާރެއް ކުރައްވާފައެވެ. އެހެންކަމުން އެކަލޭގެފާނު މަފީބޫޝަތަށް ގެއްލުމެއް ވިޔަކަ ނުދެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 21:7
16 ပူးပေါင်းရင်းမြစ်များ  

ދެން ރަސްގެފާނު ވިދާޅުވެއްޖެއެވެ. ”⁠ތިޔަހެންވީއިރު މަފީބޫޝަތުގެ ހުރިހާ މުދަލެއް އަހަރެން ކަލެއަށް ދީފިން.⁠“ ސީބާ ދެންނެވިއެވެ. ”⁠އަޅުގަނޑު ކަލޭގެފާނުގެ ފައިންޕުޅުމައްޗަށް ކުރުނީސް ކުރަން. އަޅުގަނޑު އުންމީދު ކުރަނީ ކަލޭގެފާނު އަބަދުވެސް އަޅުގަނޑާއި މެދު ރުހިވަޑައިގެން ހުންނަވާނެ ކަމަށް.⁠“


މަފީބޫޝަތު ކުރެން ރަސްގެފާނު އެއްސެވިއެވެ. ”⁠މަފީބޫޝަތު! އަހަރެން ޖެރޫސަލަމުން ދިޔައިރު އަހަރެމެންނާއެކު ކަލޭ ނައީ ކީއްވެ؟⁠“


(އޭރު ޝާއުލްގެފާނުގެ ދަރިކަލުން ޔޫނަތައިންގެ ފިރިހެންދަރިއަކު ހުރެއެވެ. މި ކުއްޖާގެ އުމުރުން ފަސް އަހަރުން ފެށިގެން މިކުއްޖާއަކީ ނުކުޅެދޭ ކުއްޖެކެވެ. މިކަން މިހެން ދިމާވީ ޔަޒްރަޢީލުގައި ޝާއުލްގެފާނާއި ޔޫނަތައިން އަވަހާރަވީ ޚަބަރު ލިބުމުން އެކުއްޖާ ބަލަހައްޓާ އާޔާ އެކުއްޖާ ކިހިލިޖަހައިގެން ދުއްވައިގަތުމުން އެ ކުއްޖާ ވެއްޓި ދެ ފަޔަށް އަނިޔާވެ ނުކުޅެދޭ ކުއްޖަކަށް ވީއެވެ. މި ކުއްޖާގެ ނަމަކީ މަފީބޫޝަތު އެވެ.)


ދާއޫދުގެފާނު އެއްސެވިއެވެ. ”⁠ޝާއުލްގެފާނުގެ އާއިލާގައި އެކަކު ވެސް ނެތީތަ؟ އަހަރެން އެއާއިލާއަށް އެހީތެރިކަން ފޯރުވަން ބޭނުންވޭ. މިއީ ޔޫނަތައިންއަށްޓަކައި އަހަރެން ކޮށްދޭން ބޭނުންވާކަމެއް.⁠“


ކަލެއާއި ކަލޭގެ ފިރިހެން ދަރިންނާއި ނޯކަރުން މަފީބޫޝަތުގެ ދަނޑުބިންތަކުގައި ގޮވާން ކުރޭ. ކަލޭ އެ ބިމުން ލިބޭ ގޮވާންތައް ކަނޑައި އެތަކެތި ގެނެސްދީ. އޭރުން ކަލޭގެ ވެރިޔާގެ ކާފަ ދަރިފުޅުގެ ގޭބިސީއަށް ކާން ދެވޭވަރުވާނެ. އެކަމަކު މަފީބޫޝަތު ކައިބޮއިހަދާނީ އަހަރެންގެ ކާ މޭޒުގައި.⁠“ ސީބާގެ ފަނަރަ ފިރިހެން ދަރިންނާއި ވިހި ނޯކަރުން އުޅެއެވެ.


ޔޫނަތައިންގެ ދަރިފުޅު މަފީބޫޝަތު ދާއޫދުގެފާނު އަރިހަށް އައިސް ގުދުވެ އަދަބު އަދާ ކޮށްފިއެވެ. ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠ތީ މަފީބޫޝަތުތަ؟⁠“ މަފީބޫޝަތު ދަންނަވައިފިއެވެ. ”⁠އާދެ މަސާހިބު! އަޅުގަނޑަކީ މަނިކުފާނުގެ ޚާދިމު މަފީބޫޝަތު.⁠“


ދާއޫދުގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ބިރުނުގަނޭ! އަހަރެން ކަލެއަށް އޯގާވެރިވާނަން. ކަލޭގެ ބައްޕައަށްޓަކައި ކަލެއާމެދު ހެޔޮކޮށް ހިތާނަން. އަހަރެން ކަލޭގެ ކާފަ ޝާއުލްގެފާނުގެ ހުރިހާ ބިމެއް ކަލެއަށް އަނބުރާ ދޭނަން. ކަލެއަށް ހުރިހާ އިރަކު ވެސް އަހަރެން ކާމޭޒުގައި ކާން ހުންނާނެ.⁠“


ޔޫނަތައިން ދާއޫދުއާ ދެމެދު ޢަހުދު ގާއިމުކޮށްފިއެވެ. އެއީ އޭނާގެ އަމިއްލަ ނަފްސެކޭ އެއްފަދައިން ލޯބިވާތީއެވެ.


”⁠އަހަރެން މާތްރަސްކަލާނގެ އިސްރާއީލުގެ ކަލާނގެ މާތްކަލާނގެ ގަންދީ ބުނަން، ބައްޕަ ކަލެއާމެދު ރުހި ވަޑައިގެން ހުންނެވިނަމަ އެކަން އަހަރެން ކަލެއަށް މާދަމާ ނޫނީ އަނެއް ދުވަހުން އަންގާނަން.


އަހަންނަށް ދެރަގޮތެއް ދިމާވެއްޖެ ނަމަ އަހަރެންގެ އާއިލާއާ މެދު ކަލޭ ވެސް އެހީތެރި ވެދޭތި. އެއީ ކަލޭގެ އަދާވާތްތެރިން މާތްރަސްކަލާނގެ މި ބިންމަތިން ނައްތާ ލެއްވުމަށް ދާނދެން.⁠“


މިފަދައިން ޔޫނަތައިން އަލުން މި ޢަހުދު އާކުރީ ދާއޫދު ދެކެ އޭނާގެ އަމިއްލަ ނަފްސެކޭ އެއްފަދައިން ލޯބިޖެހިފައި ވާތީއެވެ.


ޔޫނަތައިން ދާއޫދަށް ބުންޏެވެ. ”⁠ސަލާމަތް ކަމާއެކު ދޭ. އަހަރެމެން ދެމީހުން މިތިބީ ރައްޓެހިކަން ނުކެނޑުމަށް މާތްރަސްކަލާނގެ ގަންދީ ހުވާ ކޮށްގެން. އަހަރެންގެ ދަރިކޮޅުގެ މީހުންނާއި ކަލޭގެ ދަރިކޮޅުގެ މި ގުޅުން ދާއިމަށް ދަމަހައްޓާނެ ކަމަށް މާތްރަސްކަލާނގެ ހެކި ކޮށް ވަޢުދު ކޮށްގެން.⁠“ ދެން ދާއޫދު އެތަނުން ހިނގައްޖެއެވެ. ޔޫނަތައިން ވެސް ސަހަރަށް ހިނގައްޖެއެވެ.


އަހަންނާމެދު އޯގާތެރިވޭ. ކަލޭ ވަނީ މާތްރަސްކަލާނގެ ކުރިފުޅުމަތީ އަހަންނާއެކު ޢަހުދު ގާއިމުކޮށްފަ. އަހަރެންގެ ފަރާތުން ގޯހެއް ހިނގާފައި ވާނަމަ ކަލޭ އަމިއްލައަށް އަހަރެން މަރާލާ. ކަލޭގެ ބައްޕަ ގާތަށް އަހަރެން ނުގެންދާތި.⁠“


އެދެމީހުންގެ ދެމެދުގައި މި ގޮތަށް މާތްރަސްކަލާނގެ ކުރިފުޅުމަތީ ޢަހުދު ކަށަވަރު ކުރުމަށް ފަހު ޔޫނަތައިން އެނބުރި ހިނގައްޖެއެވެ. އެހެނަސް ދާއޫދު ހޫރީޝްގައި ހުރެއްޖެއެވެ.


ދެން ދާއޫދު އެގޮތުގެ މަތިން ޝާއުލްގެފާނު ކުރިމަތީ ހުވާކޮށްފި އެވެ. ޝާއުލްގެފާނު ރަށަށް އެނބުރިވަޑައިގެންފި އެވެ. ދާއޫދުއާއި އޭނާގެ މީހުން ފިލާތިބި ތަނަށް ހިނގައްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ