Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 21:6 - ކިތާބުލް މުޤައްދަސާ

6 އަޅުގަނޑުމެންނަށް ޝާއުލްގެފާނުގެ ހަތް ފިރިހެން ދަރިން ދެއްވާ. ޝާއުލްގެފާނަކީ މާތްރަސްކަލާނގެ އިސްކުރެއްވި ރަސްކަލެއް. އެހެންވީމާ އެކަލޭގެފާނުގެ ދަރިން ޖިބްއާގެ ފަރުބަދަ މަތީ މާތްރަސްކަލާނގެ ކުރިފުޅުމަތީގައި ދަންޖައްސާލެވޭނެ.⁠“ ދާއޫދު ރަސްގެފާނު ވިދާޅުވިއެވެ. ”⁠އެންމެ ރަނގަޅު. އަހަރެން އެމީހުން ކަލޭމެންނާ ހަވާލު ކޮށްފާނަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 21:6
22 ပူးပေါင်းရင်းမြစ်များ  

ތިން ދުވަސް ނިމުމުގެ ކުރިން ރަސްގެފާނު ތިބާގެ ބޯ ކަނދުރާއިން ވަކިކުރައްވާނެ! އަދި ތިބާގެ ހަށިގަނޑު މުޑިއަކަށް ނަންގަވާނެ. އެއަށް ފަހު ދޫނިތައް އައިސް ތިބާގެ މަސްތައްކާނެ.⁠“


ނަމަވެސް ފަރިއްކޮޅު އަރުވާ ޚާދިމު މެރުމަށް ނިންމެވިއެވެ. އަދި އެހުރިހާ ކަމެއް ހިނގައި ދިޔައީ ޔޫސުފުގެފާނު ވިދާޅުވި ފަދައިންނެވެ.


އަޚީތޫފަލު ދިން މަޝްވަރާ އިސްރާއީލީންގެ ކުރިމަތީގައި ބޭކާރު ވުމުން އޭނާގެ ހިމާރުމަތީ ގޮނޑިބަނދެ އޭނާގެ ރަށަށް އެނބުރި ހިނގައްޖެއެވެ. އޭނާ ގެޔަށް ގޮސް ގޭމީހުންނަށް ވަސިއްޔަތްކޮށް ހަދާފައި ގޮސް އޭނާ އަމިއްލައަށް ދަންޖެހިގެންފިއެވެ. އޭނާ މަރުވީމާ މީހުން ގޮސް އޭނާގެ އާއިލާގެ ގަބުރުސްތާނުގައި ވަޅުލައިފިއެވެ.


މިކަންތައް ހިނގިގޮތުގެ ވާހަކަ މީހަކު ގޮސް ޔުއާބު ގާތު ބުނެފިއެވެ. ”⁠އަހަރެމެން ދެކެފިން އަބްޝާލޫމް ގަހެއްގައި އެލިފައި އޮއްވާ.⁠“


ކަލޭގެފާނު ބޭނުންފުޅުނަމަ ކާފަގެ މުޅި އާއިލާ އެއްކޮށް ނައްތާ ލެއްވުމުގެ ޙައްޤު އޮތް. ވިޔަސް ކަލޭގެފާނު އެހެނެއް ނުހެއްދެވި. އޭގެ ބަދަލުގައި ކަލޭގެފާނުގެ މޭޒުކޮޅުމަތިން އަޅުގަނޑަށް ކާން ދެއްވީ. އެހެންވީއިރު ކަލޭގެފާނާ މެދު އެއްވެސް ޝަކުވާއެއް ކުރުމުގެ ޙައްޤެއް އަޅުގަނޑަކަށް ނެތް.⁠“


ދެން ޔުދާސް އެ ފައިސާތައް ބައިތުލް މަޤްދިސްގެ ތެރެއަށް އުކާލިއެވެ. އެއަށް ފަހު އޭނާ ގޮސް އަމިއްލައަށް ދަންޖެހި މަރުވިއެވެ.


ދެން މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް އެދި ދެންނެވުމުން މާތްރަސްކަލާނގެ އެމީހުންނަށް ކީޝްގެ ދަރި ޝާއުލް ރަސްކަލެއްގެ ގޮތުގައި ދެއްވި. ޝާއުލް އަކީ ބިންޔާމީން ގަބީލާގެ މީހެއް. އޭނާ ސާޅީސް އަހަރުވަންދެން ރަސްކަން ކުރެއްވި.


ދެން ޞަމޫއީލްގެފާނު ގެންނެވި ޚާއްސަ ތެލެއް ޝާއުލްގެ ބޮލަށް އެޅުއްވުމަށް ފަހު އޭނާއަށް ބޮސް ދެއްވިއެވެ. އަދި ވިދާޅުވިއެވެ. ”⁠އަހަރެން މިކަންތައް މިކުރަނީ މާތްރަސްކަލާނގެއަށް ޚާއްސަ މީހުން ކަމަށްވާ އިސްރާއީލީންގެ ވެރިޔަކަށް ކަލޭ ހަމަޖެއްސެވީމަ.


ޞަމޫއީލްގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠މިއީ ކަލޭމެންގެ ވެރިޔަކަށް މާތްރަސްކަލާނގެ ހޮއްވެވި މީހަކީ. ކަލޭމެން ބަލާބަލަ. މިވަރުގެ މީހަކު ކަލޭމެން ތެރެއަކު ނެތެއްނު.⁠“ ދެން މީހުން ”⁠ރަސްގެފާނު ޒިންދާބާދު⁠“ އޭ ކިޔާ ހަޅޭލަވަން ފަށައިފޫއެވެ.


ދެން ބާރުގަދަ ފަހުލަވާނުންގެ ތެރޭން ބަޔަކު ޝާއުލްގެ ފަހަތު ވުމަށް މާތްކަލާނގެ ހިތްޖައްސަވައިފި އެވެ. އެމީހުން ޝާއުލްއާއެކު ޖިބްޢާގައި ހުންނަ އޭނާގެ ގެޔަށް ހިނގައްޖެއެވެ.


މަންދޫބުން ޝާއުލް އުޅުއްވާ ޖިބްޢާއަށް އައިސް މި ޚަބަރު އިއްވުމުން ރަށުގެ މީހުން ގަދަ އަޑުން ރޮއިގެންފިއެވެ.


މިހާރު ކަލޭ ހުވާކޮށްފައި ބުނޭ ކަލޭ އަހަރެންގެ ދަރިފަސްކޮޅު މަރައި އަހަރެންގެ ބައްޕަގެ އާއިލާއިން އަހަރެންގެ ނަން ފޮހެ ނުލާނެ ކަމަށް.⁠“


ދެން ދާއޫދު އެގޮތުގެ މަތިން ޝާއުލްގެފާނު ކުރިމަތީ ހުވާކޮށްފި އެވެ. ޝާއުލްގެފާނު ރަށަށް އެނބުރިވަޑައިގެންފި އެވެ. ދާއޫދުއާއި އޭނާގެ މީހުން ފިލާތިބި ތަނަށް ހިނގައްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ