2 ޞަމޫއީލް 21:3 - ކިތާބުލް މުޤައްދަސާ3 އެކަލޭގެފާނު އެމީހުން ކުރެން އެއްސެވިއެވެ. ”ކަލޭމެންނަށް އަހަރެން ކޮށްދޭންވީ ކޮންކަމެއްތަ؟ އިސްރާއީލުގެ މައްޗަށް ބޯމަތިވެފައިމިވާ ފާފަތަކުން ސަލާމަތް ވެވޭނީ ކިހިނެއް ހެދިއްޔާ؟ ކަލޭމެން މާތްރަސްކަލާނގެ މީހުންނާމެދު ހިތްހެޔޮ ކުރާނީ ކޮންގޮތަކުން؟“ အခန်းကိုကြည့်ပါ။ |
އެކަކު އަނެކަކާ ދެމެދު ކުރާ އިހާނާތެއް ނަމަ މާތްކަލާނގެ އެކަމުގައި އެހީތެރިކަން ދެއްވާފާނެ. އެކަމަކު މާތްރަސްކަލާނގެއާ މެދު ކަލޭމެން ކުރާ އިހާނާތެއް ނަމަ އެހީތެރިވެ ދެވޭނީ ކާކަށް؟“ ޢާލީގެ ދަރިން މި ނަސޭހަތެއް އަޑެއް ނޭހިއެވެ. އެހެނީ އެމީހުން މަރުގެންނެވުމަށް މާތްރަސްކަލާނގެ އޭރު ވަނީ ހިންމަވައިފައެވެ.
އަޅުގަނޑު މިދަންނަވާ އެއްޗެއް ސާހިބު ރަސްގެފާނު އަޑުއައްސަވާ ބައްލަވަ. ތިޔައީ މާތްރަސްކަލާނގެ އެންގެވި އެންގެވުމެއް ނަމަ އެކަލާނގެއަށް ޤުރުބާނީއެއް އަދާ ކުރުމުން އެކަލާނގެ ރުހި ވޮޑިގެންފާނެ. ތިޔައީ ބަޔަކު އަމިއްލަ ގޮތުން ކުރާ ކަމެއް ނަމަ މާތްރަސްކަލާނގެ އެބަޔަކަށް ލަޢުނަތް ލައްވާހުށި. އެހެނީ އެމީހުން މިވަނީ އަޅުގަނޑަށް މާތްރަސްކަލާނގެ ދެއްވި ނިޢުމަތުން މަހުރޫމު ކުރުވާފައި. އެމީހުން ބުނާ ކަހަލަ ’ދޭ އެހެން ކަލަކަށް އަޅުކަން ކުރަން.‘