21 މި މީހާ އިސްރާއީލީންނަށް ޖެއްސުންކޮށް މަލާމާތް ކުރަމުން ދިޔައެވެ. އެކަމަކު ޔޫނާޘާން މިމީހާ މަރާލިއެވެ. މި ޔޫނާޘާން އަކީ ދާއޫދުގެފާނުގެ ބޭބެ ޝިމްޢީގެ ދަރިއެކެވެ.
އަމްނޫނުގެ ރައްޓެއްސަކަށް ޔޫނަދަބު ކިޔާ މީހަކު ހުއްޓެވެ. އޭނާއަކީ ދާއޫދުގެފާނުގެ ބޭބެ ޝިމްޢީގެ ދަރިއެކެވެ. ޔޫނާދާބު އަކީ ވަރަށް ހިޔަޅު ބުއްދި ހުންނަ މީހެކެވެ.
ޖައްތުގައި އަދި އެހެން ހަނގުރާމައެއް ވެސް ހިނގިއެވެ. އެތަނުގައި ވެސް އޭގެ އާޖުބާގައިގެ މީހަކު ހުއްޓެވެ. އެމީހާގެ ކޮންމެ އަތްތިލައެއްގައި އާއި ކޮންމެ ފައިތިލައެއްގައި ހަ އިނގިލި ހުއްޓެވެ.
މި ބުނެވުނު ބިޔަ ހަތަރު މީހުންނަކީ ވެސް ޖައްތުގެ އާޖުބާގައިގެ ދަރިކޮޅުގެ މީހުންނެވެ. މި އެންމެން ވެސް ދާއޫދުގެފާނާއި އެކަލޭގެފާނުގެ މީހުންގެ އަތްދަށުވެ މަރުވީއެވެ.
ދެން ޔައްސާ އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް ޝައްމާ ގެނައެވެ. ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ މީނާއެއް ވެސް ނުހޮއްވެވި.“
ދެން ފިލިސްޠީނުން ވެސް ބުނެފިއެވެ. ”އަހަރެމެން ވެސް މިއަދު ކަލޭމެން އިސްރާއީލުންނަށް ގޮންޖަހަން. އަހަރެމެންނާ ކުރިމަތިލެވޭ ވަރުގެ މީހަކު ފޮނުވާ.“
ފިލިސްޠީނުން ތިބީ ފަރުބަދައެއްގެ މަތީގައެވެ. އިސްރާއީލީން ވެސް ތިބީ ކުރިމަތީގައި އޮތް ފަރުބަދައިގެ މަތީގައެވެ. މި ދެމެދުގައި ވަނީ ފުން ވާދީއެކެވެ.
އަޅުގަނޑު މިއީ ސިންގާއާއި ސާރިދޯޅަ މަރާއުޅޭ މީހެއް. މި ކާފަރު ކަލޭގެ މަރާލާކަށް އެއްވެސް ކަމެއް ނޫން. ތިޔަ ކަލޭގެ ތިޔަ ޖެއްސުން ކުރަނީ ދިރިދެމިވޮޑިގެންވާ މާތްކަލާނގެ ލަޝްކަރާ.