Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 21:17 - ކިތާބުލް މުޤައްދަސާ

17 އެކަމަކު ސަރޫވިޔަތުގެ ދަރި އަބީޝާއި އައިސް މި ފިލިސްޠީނު މީހާ މަރާ ވައްޓާލާފައި ދާއޫދުގެފާނުގެ ފުރާނަފުޅު ސަލާމަތް ކޮށްފިއެވެ. ދެން ދާއޫދުގެފާނުގެ މީހުން ދާއޫދުގެފާނާއެކު ޚާއްސަ އަހުދެއް ކުރިއެވެ. އެމީހުން ބުންޏެވެ. ”⁠ކަލޭގެފާނު މީގެ ފަހުން ހަނގުރާމައަށް ނުކުންނަވައިގެން ނުވާނެ. ކަލޭގެފާނު އެހެން ހައްދަވައިފިނަމަ އިސްރާއީލުގެ ހުޅުކޮޅު ނިވި ހިނގައިދާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 21:17
14 ပူးပေါင်းရင်းမြစ်များ  

މިހާރު ގަބީލާގެ އެންމެން އަޅުގަނޑާ ދެކޮޅުވެއްޖެ. އެމީހުން ބުނަނީ ’⁠ކަލޭގެ ދަރިފުޅު މަރާލި ދަރި ތިމަންމެންނާ ހަވާލު ކުރާށޭ. ތިމަންމެން ބޭނުންވަނީ އޭނާ މަރާލާށޭ. އެގޮތަކީ އޭނާއަކީ އޭނާގެ ކޮއްކޮ މަރާފައި ހުރި މީހެއް.⁠‘ އަޅުގަނޑުގެ އެދަރިފުޅަކީ އާއިލާގެ ހުޅުކޮޅުގެ އެންމެ ފަހު ކަނިކޮޅު. އެ ދަރިފުޅު މަރުވެއްޖެއްޔާ އެހުޅުކޮޅު އެއްކޮށް ނިވިދާނެ. އަޅުގަނޑުގެ ދިރިހުރިހާ ވެސް ކުއްޖަކީ އެއީ. އޭނާގެ ބައްޕަގެ މުދަލުގެ ވާރިސަކަށް ހުރީ އޭނާ. އޭރުން އަޅުގަނޑުގެ މަރުހޫމު ފިރިމީހާގެ މުދާ ލިބޭނީ ހިލޭ މީހަކަށް. އޭނާގެ ނަމާއި އާއިލާ ވެސް ބިންމަތީން ފުހެވިގެން ހިނގައިދާނެ.⁠“


ދެން ދާއޫދުގެފާނުގެ ލަޝްކަރު ތިން ބަޔަކަށް ބައްސަވައި ހަނގުރާމައަށް ނެރުއްވައިފިއެވެ. އެއްބައެއްގެ ވެރިޔަކަށް ހަމަޖެއްސެވީ ޔުއާބުއެވެ. އަނެއްބައިގެ ވެރިޔަކަށް ލެއްވީ ޔުއާބުގެ ކޮއްކޮ އަބީޝާއި އެވެ. މިދެބޭންނަކީ ވެސް ސަރޫވިޔަތުގެ ދަރިންނެވެ. ދެން އޮތް ބައިގެ ވެރިޔަކަށް ލެއްވީ ޖައްތުގެ އިއްތާއީއެވެ. ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ވެސް ދާނަން ކަލޭމެންނާއެކު.⁠“


އެކަމަކު އެމީހުން ދެންނެވިއެވެ. ”⁠ނޫން! އެއްގޮތަކަށް ވެސް ކަލޭގެފާނު އަޅުގަނޑުމެންނާއެކު ވަޑައިގަންނަވައިގެން ނުވާނެ. އަޅުގަނޑުމެން މައިދާނުން ފިލަން ދުއްވައިގަތަސް އަބްޝާލޫމުގެ މީހުން އަޅުގަނޑުމެންނަކާ އަޅައެއް ނުލާނެ. އަޅުގަނޑުމެންގެ ލަޝްކަރުގެ ދެބައިކުޅައެއްބައި މީހުން މަރުވިޔަސް އެމީހުންނަކަށް ނުފުދޭނެ. އެމީހުންގެ ގާތުގައި ދިހަހާސް މީހުންނަށް ވުރެން ކަލޭގެފާނުގެ އަގު މާބޮޑުވާނެ. ކަލޭގެފާނު ސަހަރުން ނުކުމެ ވަޑައިނުގެން މަޑުކޮށްލުން މާ ރަނގަޅުވާނެ. އަދި އަހަރެމެންނަށް ކަމެއްދަމެއް ބޮޑުވިޔަސް ކަލޭގެފާނުގެ އެހީ އަޅުގަނޑުމެންނަށް ލިބޭނެ.⁠“


މިއަޅާގެ މުސީބާތުގެ ދުވަހު އެމީހުން އައިސް މިއަޅާއާ ކުރިމަތިލިއެވެ. އެހެނަސް މާތްރަސްކަލާނގެ މިއަޅާއަށް އެހީތެރިވެ ވޮޑިގަތެވެ.


އިނބަރަސްކަލާނގެއަކީ މިއަޅާގެ ބައްތިއެވެ. އިނބަރަސްކަލާނގެ މިއަޅާގެ އަނދިރިކަން ދުރު ކުރައްވައެވެ.


ޔަޙުޔާގެފާނު ހުރީ އަލިގަދަ ބައްތިއެއް ފަދައިން ވިދަވިދާ. އަދި ކަލޭމެން އެކަލޭގެފާނުގެ ކިބައިން ލިބެމުން ދިޔަ އަލިކަމުން ދުވަސްކޮޅަކަށް އުފާ ހާސިލް ކުރި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ