Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 21:16 - ކިތާބުލް މުޤައްދަސާ

16 އެވަގުތު ޔަޝްބީ ބަނޫބު ބޮޑު ލޮންސިއެއް ހިފާފައި ހުއްޓެވެ. އެލޮންސީގެ ކަފުލޯ ތުނޑުގެ ބަރުދަނުގައި ގާތްގަނޑަކަށް ތިން ކިލޯ ބައި ހުއްޓެވެ. އޭނާއަކީ ވަރަށް ބިޔަ މީހެކެވެ. އޭނާގެ އަތުގައި އާ ކަނޑިއެއް ވެސް އޮތެވެ. މީނާ ދާއޫދުގެފާނު އަވަހާރަކޮށްލަން އުޅެގެންފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 21:16
20 ပူးပေါင်းရင်းမြစ်များ  

އަދި ސާދަ ވަނަ އަހަރުގައި ކަދަރްލަޢައުމަރު އާއި އޭނާއާއި އެއްކޮޅުވާ ރަސްރަސްކަލުންނާއި އެކު ގޮސް ޢަޝްތާރޫތު ޤަރްނާއިމުގެ ސަރަހައްދުގައި ރަފާއީމުގެ މީހުން ފަތަޙަ ހޯދިއެވެ. އަދި ހާމްގެ ސަރަހައްދުގައި ޒޫޒީންގެ މީހުންގެ މައްޗަށް ފަތަޙަ ހޯދާ އަދި ޝަވާ ޤިރިޔަތާއިމްގެ ސަހަރުގައި އީމީންގެ މީހުން ފަތަޙަކޮށް، ޙޫރީންގެ މީހުން ސަޢީރު ފަރުބަދަމަތީގެ ސަރަހައްދުގައި ފަތަޙަކޮށް އަދި ސަހަރާގެ ތެރޭގައިވާ އަލްފާރާން ހިސާބާއި ހަމައަށް މިބައިމީހުން ފަތަޙަ ހޯދިއެވެ.


ތަޤުވާވެރިންގެ ފިރިހެންދަރިންނާ އެހެން އިންސާނުންގެ އަންހެންދަރިން ކައިވެނިކޮށް އެމީހުންނަށް ލިބުނު ދަރިންގެ ފަރާތުން އުފެދުނު ދަރިކޮޅުގެ މީހުންނަކީ އިވަޖު ބާގައިގެ މީހުންނެވެ. އެދުވަސްވަރުގައާއި އަދި އޭގެފަހުގެ ޒަމާންތަކުގައި ވެސް މިފަދަ މީހުން ދުނިޔޭގައި އުޅުނެވެ. އަދި އެމީހުންނަކީ އިހުޒަމާނުގެ މޮޅެތި ޤަދަރުހުރި މީހުންނެވެ.


އޭގެ ފަހުން އަނެއްކާވެސް ފިލިސްޠީނުން އައިސް ޖޫބުގައި ހަނގުރާމަކުރަން ފަށައިފިއެވެ. އެ ހިނދު ހޫޝާއީންގެ ސިބްކާއީ ގޮސް އެމީހުންގެ ތެރޭގައި ހުރި ސާފު ކިޔާ އާޖުބާގައިގެ މީހާ މަރާލައިފިއެވެ.


ޖައްތުގައި އަދި އެހެން ހަނގުރާމައެއް ވެސް ހިނގިއެވެ. އެތަނުގައި ވެސް އޭގެ އާޖުބާގައިގެ މީހަކު ހުއްޓެވެ. އެމީހާގެ ކޮންމެ އަތްތިލައެއްގައި އާއި ކޮންމެ ފައިތިލައެއްގައި ހަ އިނގިލި ހުއްޓެވެ.


މި ބުނެވުނު ބިޔަ ހަތަރު މީހުންނަކީ ވެސް ޖައްތުގެ އާޖުބާގައިގެ ދަރިކޮޅުގެ މީހުންނެވެ. މި އެންމެން ވެސް ދާއޫދުގެފާނާއި އެކަލޭގެފާނުގެ މީހުންގެ އަތްދަށުވެ މަރުވީއެވެ.


ފިލިސްޠީނީން އައިސް ރަފާއީމްގެ ވާދީގައި ބަނޑަހަ ޖަހައިފިއެވެ.


އޭނާގެ އަތުގައި އޮތް ލޮންސި ފަރުމާނެއް ހާ ފަލަ އެވެ. އޭގެ ކޮޅުގައިވާ ދަގަނޑު ތުނޑުގައި ހަތްކިލޯ ވަރު ހުއްޓެވެ. އޭނާގެ ކުރިމަތީގައި އައްޑަނަ ހިފައިގެން ހުންނަ ހަށިފާރަވެރިއަކު ހުރެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ