Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 21:14 - ކިތާބުލް މުޤައްދަސާ

14 ދާއޫދުގެފާނުގެ އަމުރުފުޅަށް އެމީހުން އެ ކަށިތައް ބަންޔާމީންގެ ޞައިލަޣަ އަވަށުގައި ވަޅުލައިފިއެވެ. އެއީ ޝާއުލްގެފާނުގެ ބައްޕަ ޤައިޝް ވަޅުލާފައި އޮތް ގަބުރުސްތާނު ވެސް މެއެވެ. އެއަށް ފަހު މާތްކަލާނގެ އެއެންމެންގެ ދުޢާ އައްސަވާ ވޮޑިގެން އެމީހުންނަށް އައިސްފައިވާ ތަދުމަޑުކަން ނިމުމަކަށް ގެންނެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 21:14
16 ပူးပေါင်းရင်းမြစ်များ  

ދެން ދާއޫދުގެފާނު ޝާއުލްގެފާނާއި ދަރިކަލުން ޔޫނަތައިންގެ ކަށިތަކާއި އަދި ޖިބުއޫނީން ދަންޖެއްސި ހަތް މީހުންގެ ކަށިތައް ވެސް ގެންނަވައިފިއެވެ.


ދެން ދާއޫދުގެފާނު އެތަނުގައި ޤުރުބާނީ ވެދުން ކުރާއައްޓެއް ހައްދަވައިފިއެވެ. އަދި އެތަނުގައި ޤުރުބާނީ އަންދާނެ އައްޓެއް ވެސް ހައްދަވައި ގުޅުން ބަދަހި ކުރާ ޤުރުބާނީ ވެދުން ކުރައްވައިފިއެވެ. ދެން މާތްރަސްކަލާނގެ އެ މީހުންގެ ދުޢާ އިޖާބަ ކުރައްވައިފިއެވެ. އޭގެ ފަހުން އެ ބަލިމަޑުކަން އިސްރާއީލުގެ ބިމުން ފިލައިފިއެވެ.


ދެން އެމީހުން ޙަބްރޫންގައި އަބްނައިރު ވަޅުލައިފިއެވެ. ދާއޫދުގެފާނު އެ ގަބުރުސްތާނުގައި ހުންނަވައި ހަރު އަޑުން ކީރިތި ކުރެއްވިއެވެ. އަދި ދެންތިބި މީހުން ވެސް ބާރަށް ރުއެވެ.


ދެން ދާއޫދުގެފާނު އަމުރުފުޅަށް އެކަލޭގެފާނުގެ މީހުން އައިސް އެދެމީހުން މަރާލައި އަތާއިފައި ބުރިކޮށް ޙަބްރޫންގެ ފެންގަނޑުގެ ކާރީގައި އެލުވައިފިއެވެ. ދެން އެމީހުން އިޝްބޫސަތުގެ ބޯބުރި ޙަބްރޫންގައި އަބްނައިރު ވަޅުލި ގަބުރުސްތާނުގައި ވަޅުލައިފިއެވެ.


މިހެން ދުޢާ ދެންނެވުމަށް ފަހު އެމީހުން އެކަލޭގެފާނު ކަނޑަށް އެއްލާލައިފިއެވެ. ހަމަ އެއާއެކު ވައިހިނދި ކަނޑު މަޑުވެ އޮމާން ވެއްޖެއެވެ.


މިއަދު ކަލޭގެފާނު ދުރުވާ މަގުމަތީގައި ބަންޔާމީން ސަރަހައްދުގައި ޒަލްޒަޢުގައިވާ ރާޙީލްގެ ގަބުރުސްތާނާ އަރާ ހަމަވާ ތަނުން ދެ މީހަކު އައިސް ކަލޭގެފާނުގެ ގާތު ބުނާނެ. ’⁠ކަލޭގެ ބައްޕަ އެބަ ބުނެޔޭ ގެއްލިގެން ތިޔަ ހޯދާ ހިމާރު ތައް ފެނިއްޖެއޭ. އެކަމަކު މަގޭ ދަރި ވީތަނެއް ނޭނގުނޭ.⁠‘


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ