Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 21:12 - ކިތާބުލް މުޤައްދަސާ

12 ދެން ދާއޫދުގެފާނު ޔާބީޝްގެ ޖިލްޢާދުގެ މީހުންގެ އަތުން ޝާއުލްގެފާނާއި ޔޫނަތައިންގެ ކަށިތައް ގެނަސްފިއެވެ. (އެހެނީ ޝާއުލްގެފާނާއި ޔޫނަތައިން އަވަހާރަވުމުން އެކަށިތައް ގެންދިޔައީ އެމީހުން ވީމައެވެ. ފިލިސްޠީނީން އެ ދެބޭކަލުން އެލުވާފައި ބެހެއްޓީ ބައިތު ޝާންގެ މައިދާނުގައެވެ. އެކަމަކު ޔާބީޝްގެ ޖިލްޢާދުގެ މީހުން ސިއްރުން އެތަނަށް ގޮސް އެދެބޭކަލުންގެ ކަށިތައް ގެންދިޔައީއެވެ.)

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 21:12
15 ပူးပေါင်းရင်းမြစ်များ  

އޭ ޖިލްބޫއަގެ ފަރުބަދަތަކާއެވެ. ތިޔަތަނަށް ތެތް ކަމެއް ވާރެއެއް ނާންނާށިއެވެ. ތިޔަތަނުން ގަހެއް ހެދި އާރޯކަމެއް ނާންނާށިއެވެ. އެހެނީ ފަހުލަވާނުންގެ އައްޑަނަ ވެއްޔާމޮޑެވިއްޖެ. ޝާއުލްގެފާނުގެ އައްޑަނައިގައި ދެނެއް ތެލެއް ނުހޭކޭނެއެވެ.


އޭނާ ބުންޏެވެ. ”⁠އަޅުގަނޑު ޖިލްބޫއަގެ ފަރުބަދަ މަތީ ހުރެވުނު ވަގުތަކު ޝާއުލްގެފާނު އެކަލޭގެފާނުގެ ލޮންސިމައްޗަށް ވެއްޓި ވަޑައިގެން ހުއްޓާ ފެނުނު. އޭރު އެކަލޭގެފާނާ ދިމާލަށް އަސްވާރުންތައް އަންނަމުން ދޭ.


ދެން ޔަހޫޛާ ގަބީލާގެ މީހުން ޙަބްރޫނަށް އައިސް ދާއޫދުގެ ބޮލަށް ތެޔޮއަޅައި ރަސްކަމަށް އިސްކޮށްފިއެވެ. ޝާއުލްގެފާނު ގެންގޮސް ވަޅުލީ ޔާބީޝް ޖިލްޢާދުގެ މީހުންކަން ދާއޫދު ރަސްގެފާނަށް އިވި ވަޑައިގެންފިއެވެ.


މީހުން އައިސް ދާއޫދުގެފާނުގެ އަރިހުގައި ޝާއުލްގެފާނުގެ ޖާރިޔާ މިކުރާ ކަންތަކުގެ ވާހަކަ ދަންނަވައިފިއެވެ.


ދެން ދާއޫދުގެފާނު ޝާއުލްގެފާނާއި ދަރިކަލުން ޔޫނަތައިންގެ ކަށިތަކާއި އަދި ޖިބުއޫނީން ދަންޖެއްސި ހަތް މީހުންގެ ކަށިތައް ވެސް ގެންނަވައިފިއެވެ.


ފިލިސްޠީނުން ޝޫނަމަށް ގޮސް އެތާނގައި ފޭލިގެ ޖަހައިފިއެވެ. އޭރު ޝާއުލް ރަސްގެފާނުގެ ލަޝްކަރު ޖިލްބޫއަށް އެއްކޮށްފައި އޮތެވެ.


ފިލިސްޠީނުންނާއި އިސްރާއީލީންގެ ދެމެދު ހަނގުރާމަ ހިނގަމުން ދަނީއެވެ. އޭރު އިސްރާއީލީން ފިލަން ދުވަމުން ދެއެވެ. ފިލިސްޠީނުން ޖިލްބޫއަ ފަރުބަދައިގެ މަތީގައި އެމީހުން ފަހައި މަރައި ވައްޓަމުން ދެއެވެ.


ހަނގުރާމަ އެންމެ ހޫނު ވެފައި ވަނީ ޝާއުލްގެފާނުގެ ވަށައިގެންނެވެ. ދުނިދަނޑި ޖަހާ މީހުން ޝާއުލްގެފާނަށް އަމާޒުކޮށް ދުނިޖަހައި އެކަލޭގެފާނު ވަރަށް ބޮޑަށް ޒަޚަމް ކޮށްލައިފިއެވެ.


ޝާއުލްގެފާނުގެ ހަތިޔާރު އުފުލާ މީހާއަށް ވިދާޅުވިއެވެ. ”⁠ކަލޭގެ ކަނޑިން ޖަހައި އަހަރެން މަރާލާށެވެ. އެހެންނޫނީ މިތިބަ ޚިތާނު ނުކުރާ މީހުން އައިސް އަހަރެންނަށް އަހުވަދައްކައި އަނިޔާކޮށް މަރާލާނެ.⁠“ އެކަމަކު ހަތިޔާރު އުފުލާ މީހާ ބިރުން އެހެން ހަދާކަށް ނުކެރުނެވެ. އެހެންވެ ޝާއުލްގެފާނުގެ އަމިއްލަ ކަނޑިކޮޅު ބަނޑުފުޅުގައި ވިއްދައި އޭގެ މައްޗަށް ވެއްޓިގެންފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ