2 ޞަމޫއީލް 21:10 - ކިތާބުލް މުޤައްދަސާ10 އައްޔާގެ ދަރިފުޅު ރިސްފާ އައިސް ކިއްތާނީ ފޮތިގަނޑެއް ގަލެއްގެ މަތީ އަޅައިފިއެވެ. މި ފޮތިގަނޑު އެ ގާމަތީ ބަހާރު މޫސުން ނިމި ވިއްސާރަ މޫސުން އަންނަންދެން އޮވެއެވެ. ރިސްފާ ރެއާއި ދުވާލު އެތަނުގައި އެގަބުރުތަކަށް ބަލަހައްޓައިގެން އިނދެއެވެ. އޭނާ ދުވާލު އެތަނަށް އަންނަ ބާޒާއި ކާޅުތައް ފައްސައެވެ. ރޭނގަޑު އަންނަ ވަލު ޖަނަވާރުތައް ފައްސައެވެ. အခန်းကိုကြည့်ပါ။ |
މިއަދު މާތްރަސްކަލާނގެ ކަލޭގެ މައްޗަށް އަހަރެން ބާރުވެރި ކުރައްވާނެ. އަހަރެން ކަލޭ ބަލިކޮށް ކަލޭގެ ކަރު ބުރިކޮށްލާނަން. އަދި ފިލިސްޠީނުންގެ ހަނގުރާމަވެރިންގެ ގައިގައި ހުރި މަސްތައް މިތިބަ ދޫނިތަކާއި ވަލުޖަނަވާރުތަކަށް ކާންދޭނަން. އޭރުން މި ދުނިޔޭގެ އެންމެންނަށް ވެސް އެނގޭނެ ޙަޤީޤީ ކަލާނގެއަކީ އިސްރާއީލީންގެ ކަލާނގެ މާތްކަލާނގެ ކަން.