Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 21:1 - ކިތާބުލް މުޤައްދަސާ

1 ދާއޫދުގެފާނުގެ ޒަމާނުގައި ތަދުމަޑުކަމެއް އަތުވެއްޖެއެވެ. މި ތަދުމަޑުކަން ތިން އަހަރަށް ދެމިގެން ދިޔައެވެ. މިކަމާ ދާއޫދުގެފާނު މާތްރަސްކަލާނގެއަށް ދުޢާ ދެންނެވުމުން އެކަލާނގެ އެންގެވިއެވެ. ”⁠ތިޔަ ތަދުމަޑު ކަން ލައިގަތީ ޝާއުލްގެފާނާއި އޭނާގެ އާއިލާގެ އަނިޔާވެރިކަމުގެ ނަތީޖާއެއްގެ ގޮތުން. އެމީހުން ވަނީ ޖިބްޢޫނީންގެ މީހުން ޙައްޤަކާނުލައި މަރާލާފައި.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 21:1
34 ပူးပေါင်းရင်းမြစ်များ  

އެދުވަސްވަރު ކަންޢާނަށް ވަރަށްބޮޑު ތަދުމަޑުކަމަކާ ކުރިމަތިވެފައިވެއެވެ. އެހެންކަމުން އަބްރާމް ވަޑައިގެންނެވީ މިޞްރަށެވެ. އެކަލޭގެފާނު ގަސްތުކުރެއްވީ މިތަދުމަޑުކަން ލުއިވަންދެން ކުޑަދުވަސްކޮޅަކު މިޞްރުގައި ދިރިއުޅުއްވުމަށެވެ.


މި ދުވަސްވަރު އިބްރާހީމްގެފާނުގެ ޒަމާނުގައި ކުރިމަތިވިފަދަ ތަދުމަޑުކަމެއް މުޅި ރަށަށް ކުރިމަތިވެފައި ވުމުން ފިލިސްޠީނު ރަސްގެފާނު އަބީމާލިކުގެ އަރިހަށް ޖަރާރަށް އިސްޙާޤުގެފާނު ވަޑައިގެންނެވިއެވެ.


އަދި ހަމައެހެންމެ ދުނިޔޭގެ އެކިކަންކޮޅުތަކަށް މި ތަދުމަޑުކަމާއި ހައިހޫނުކަން ކުރިމަތިވެފައި ވުމުގެ ސަބަބުން އެކި ސަރަހައްދުތަކުން ގޮވާން ގަތުމަށް ޔޫސުފުގެފާނުގެ އަރިހަށް މިޞްރަށް މީސްތަކުން އަންނަމުން ދިޔައެވެ.


އެހެންވެ މިޞްރަށް ގޮވާން ގަންނަން ދިޔަ ކަންޢާނުގެ މީހުންނާ އެކު އިސްރާއީލުގެ ދަރިން ވެސް ގޮވާން ގަންނަން ދިޔައެވެ. އެހެނީ އޭރު ކަންޢާނަށް ވެސް އޮތީ ތަދުމަޑުކަން އައިސްފައެވެ.


ކަންޢާނު ސަހަރަށް ދިމާވެފައިވީ ތަދުމަޑުކަން ބޮޑުވަމުން ދިޔައެވެ.


މާތްރަސްކަލާނގެ ކަލެއަށް މިއަދު ތި ދެއްވަނީ އެކަމުގެ ސަޒާ. ކަލޭ ތީ ޝާއުލްގެފާނުގެ އާއިލާގެ ދުވަސް ދުއްވާލި މީހާ. އަދި ކަލޭ އެކަލޭގެފާނުގެ ރަސްކަން ވެސް ފޭރިގަތް. މިހާރު ކަލެއަށް ތި ފެންނަނީ އެކަމުގެ ހިތި. މާތްރަސްކަލާނގެ ކަލޭގެ ރަސްކަން ކަލޭގެ ދަރި އަބްޝާލޫމަށް އެ ދެއްވީ ކަލޭ ތިއީ މީހުން މަރާ މީހެއް ވީމާ.⁠“


އަދި ޔާއިރީގެ ޢީރާ ހަމަޖެއްސީ ދާއޫދުގެފާނުގެ ގަނޑުވަރުގެ އިމާމަކަށެވެ.


ޖިބްއޫނީން ދާއޫދުގެފާނަށް ދެންނެވިއެވެ. ”⁠ޝާއުލްގެފާނު ވަނީ އަޅުގަނޑުމެންނާ އިދިކޮޅަށް ރޭވުންތަކެއް ރާއްވަވާފައި. އެކަލޭގެފާނު އުޅުއްވީ އިސްރާއީލުގައި ތިބި އަޅުގަނޑުމެން އެންމެން މަރައި ހުސްކޮށް ލެއްވުމަށް.


އަނެއްކާވެސް މާތްރަސްކަލާނގެ އިސްރާއީލުންނާމެދު ކޯފާވެ ވޮޑިގެންފިއެވެ. އެހެންވެ މާތްރަސްކަލާނގެ އެމީހުންނަށް މުސީބާތް ކުރިމަތި ކުރެއްވުމަށް ދާއޫދުގެފާނު ލައްވާ އިސްރާއީލީންގެ ބޯ ހިމެނުއްވިއެވެ. އެންގެވުންއައީ މިހެންނެވެ: ”⁠ގޮސް ޔަހޫޛާއާއި އިސްރާއީލުގެ އެންމެންގެ ބޯ ހިމަނާ!⁠“


ދާއޫދުގެފާނު މާތްރަސްކަލާނގެ ޙަޟްރަތުގައި ސުވާލު ދެންނެވިއެވެ. ”⁠މިއަޅާ ފިލިސްޠީނީންނާ ހަނގުރާމަށް ދާންވީތޯ؟ ފިލިސްޠީނީން ބަލި ކުރުމަށް އިނބަރަސްކަލާނގެ މިއަޅާއަށް ވާގިވެރިވެ ވޮޑިގަންނަވާނަންތޯ؟⁠“ މާތްރަސްކަލާނގެ ދާއޫދުގެފާނަށް ޖަވާބު ދެއްވިއެވެ. ”⁠ތިމަންކަލާނގެ ކަލޭގެފާނު ފިލިސްޠީނީންގެ މައްޗަށް ބާރުވެރި ކޮށް ކަލޭގެފާނަށް އެހީތެރިވާނެ ކަމުގެ ޔަޤީންކަން ދެން.⁠“


މިވާހަކަ ދާއޫދުގެފާނު މާތްރަސްކަލާނގެއަށް ދެންނެވުމުން އެކަލާނގެ ދާއޫދުގެފާނަށް އެންގެވިއެވެ. ”⁠އެތަނަށް ނުދޭ. ފިލިސްޠީނުންގެ ފައުޖުގެ ފުރަގަހުން ގޮސް ބަލްސާން ގަސްތަކުގެ ކުރިމަތިން ހަމަލަ ދީ.


އިސްރާއީލުގައި ރަސްކަލުން ނެތި ފަނޑިޔާރުންގެ އަތްމަތީގައި ހުރިހާ ބާރެއް އޮތް ދުވަސްވަރު އެރަށަށް ވަރަށް ބޮޑު ތަދަކާ ކުރިމަތިލާން ޖެހުނެވެ. އަދި ހަމަ އެދުވަސްވަރު އިސްރާއީލުގެ ބޮޑު ސަހަރެއްކަމުގައިވާ ޔަހޫޛާގެ ބައިތުލަޙަމުގައި އުޅުނު މީހަކު މިތަދުގެ ސަބަބުން އޭނާގެ އަންހެނުންނާއި ދެފިރިހެން ދަރިން ގޮވައިގެން މުއާބުއޭ ކިޔުނު ރަށަށް ބަދަލު ވިއެވެ.


ދެން އެމީހުން މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”⁠އެ މީހާ މިތާނގައި ނެތީތޯ؟⁠“ އެކަލާނގެ އެންގެވިއެވެ. ”⁠އޭނާ ފޮށިތަންމަތިތަކުގެ ތެރޭ ފިލާ އެބައޮތް.⁠“


ޤަޢީލާގެ މީހުން މިއަޅާ ޝާއުލްގެފާނާ ހަވާލު ކޮށްފާނެ ތޯ؟ އެކަލޭގެފާނު މިރަށަށް ހަމަ ވަޑައިގެންފާނެ ތޯ؟ އިސްރާއީލުގެ އިލާހު، މާތްކަލާނކޯ! މިއަޅާއަށް އެކަން އަންގަވައި ދެއްވަވާނދޭވެ!⁠“ ”⁠އާނ! އޭނާ އަންނާނެ!⁠“ މާތްރަސްކަލާނގެ ޖަވާބު ދެއްވިއެވެ.


ދާއޫދު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”⁠މިއަޅާ ގޮސް ފިލިސްޠީނުންނަށް ހަމަލަ ދޭންވީތޯ.⁠“ މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ގޮސް ފިލިސްޠީނުންގެ އަތްދަށުން ޤަޢީލާ ސަލާމަތް ކޮށްދީ.⁠“


ދާއޫދު އަނެއްފަހަރު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠ޤަޢީލާއަށް ގޮސް ފިލިސްޠީނުންނަށް ހަމަލަދީ. ތިމަންކަލާނގެ ކަލޭމެންނަށް ނަސްރު ދޭނަން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ