Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 20:6 - ކިތާބުލް މުޤައްދަސާ

6 ދާއޫދުގެފާނު އަބީޝާއިގެ ގާތު ވިދާޅުވިއެވެ. ”⁠އަބްޝާލޫމަށް ވުރެން ބިކްރީގެ ދަރި ޝަބަޢަގެ ނުރައްކާ އަހަރެމެންނަށް މާ ބޮޑު. އަހަރެމެންގެ ސިފައިން ގޮވައިގެން ގޮސް ޝަބަޢަގެ ކަންތައް ނިންމާލާ. އެހެންނޫނީ އޭނާ ގޮސް ކިއްލާއެއްގެ ފާރުން އެތެރެވެދާނެ. އެކަލޭގެ ރައްކާތެރި ރަށަކަށް ވަދެއްޖެއްޔާ އަތުލައެއް ނުގަނެވޭނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 20:6
17 ပူးပေါင်းရင်းမြစ်များ  

ޢައްމޫނީންނަށް އަރާމީން ބަލިވެގެން ދުވާތަން ފެނިގެން އަބީޝާއިގެ ކުރިމަތީގައި ތިބި މީހުން ވެސް ދުއްވައިގެންފިއެވެ. އެމީހުން ދިޔަގޮތަށް އެނބުރި އެމީހުންގެ ރަށަށް ހިނގައްޖެއެވެ. އެހެންވެ ޔުއާބު ޢައްމޫނީންނާ ކުރި ހަނގުރާމައިން އެނބުރި ޖެރޫސަލަމަށް އަތުވެއްޖެއެވެ.


އުރިއްޔާ ދަންނަވައްޕެވެ. ”⁠މާތްރަސްކަލާނގެ މުޤައްދަސް ފޮށިކޮޅާއި އިސްރާއީލުގެ ސިފައިންނާއި ޔަހޫޛާއިން އެތިބީ ފޭލިގެތަކުގައި. އަޅުގަނޑުގެ ސާހިބު ޔުއާބުއާއި ދާއޫދު ރަސްގެފާނުގެ ހަނގުރާމަވެރިން އެތިބީ ހާމަ މައިދާނުގައި. އެހެން އެކަންތައް ހުއްޓައި އަޅުގަނޑު ކައިބޮއި އަނބިމީހާގެ ގާތަށް ގޮސް އަރާމުކުރަން އޮވެވޭނީ ކިހިނެއްތޯ؟ އަޅުގަނޑު ތިޔަ ރަސްގެފާނުގެ ދިރިހުރުން ގަންދީ ދަންނަވަން އެއަކީ އަޅުގަނޑަކަށް ކުރެވޭނެ ކަމެއް ނޫން!⁠“


އެމީހާ ޔުއާބުގެ ގާތުގައި ބުނެއްޕެވެ. ”⁠އޭގެ އެއްހާސް ފޮތި ފައިސާ އަހަރެންގެ އަތަށް ލައިދިނަސް ރަސްގެފާނުގެ ދަރިކަލަކު އަހަރެންގެ އަތުން މަރައެއް ނުލާނަން. އަހަރެން އެހިން އެ ދަރިކަލުންނަށް ގޮތެއް ނުހެދުމަށް ކަލެއާއި އަބީޝާއިއާއި އިއްތާއީއަށް ރަސްގެފާނު އެންގެވި އަޑު.


ދެން ދާއޫދުގެފާނުގެ ލަޝްކަރު ތިން ބަޔަކަށް ބައްސަވައި ހަނގުރާމައަށް ނެރުއްވައިފިއެވެ. އެއްބައެއްގެ ވެރިޔަކަށް ހަމަޖެއްސެވީ ޔުއާބުއެވެ. އަނެއްބައިގެ ވެރިޔަކަށް ލެއްވީ ޔުއާބުގެ ކޮއްކޮ އަބީޝާއި އެވެ. މިދެބޭންނަކީ ވެސް ސަރޫވިޔަތުގެ ދަރިންނެވެ. ދެން އޮތް ބައިގެ ވެރިޔަކަށް ލެއްވީ ޖައްތުގެ އިއްތާއީއެވެ. ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ވެސް ދާނަން ކަލޭމެންނާއެކު.⁠“


ކަލޭގެފާނު ތެދުވެ ވަޑައިގެން ނުކުންނަވައި ކަލޭގެފާނުގެ މީހުންނަށް ހިތްވަރު ދެއްވާ. ނޫންނަމަ މާތްރަސްކަލާނގެ ގަންދީ ބުނަން މާދަމާ އިރު އަރާއިރަށް ކަލޭގެފާނާއެކު އެކަކު ވެސް ނުހުންނާނެ. އޭރުން ކަލޭގެފާނަށް ކުރިމަތިފުޅުވާނީ މިހާތަނަށް ދުވަހަކު ވެސް ކުރިމަތިވެ ވަޑައިގެންފައި ނުވާ ވަރުގެ މުސީބާތެއް.⁠“


ސަރޫވިޔަތުގެ ތިން ދަރިން ކަމަށްވާ ޔުއާބުއާއި އަބީޝާއި އާއި އަސާހިލު ވެސް ދާއޫދުގެފާނުގެ މީހުންގެ ތެރޭގައި އައިސް ތިއްބެވެ. އަސާހީލަކީ ހަލުއި ފުއްލާއެއްހާ ބާރަށް ދުވާ މީހެކެވެ.


އެކަމަކު ސަރޫވިޔަތުގެ ދަރި އަބީޝާއި އައިސް މި ފިލިސްޠީނު މީހާ މަރާ ވައްޓާލާފައި ދާއޫދުގެފާނުގެ ފުރާނަފުޅު ސަލާމަތް ކޮށްފިއެވެ. ދެން ދާއޫދުގެފާނުގެ މީހުން ދާއޫދުގެފާނާއެކު ޚާއްސަ އަހުދެއް ކުރިއެވެ. އެމީހުން ބުންޏެވެ. ”⁠ކަލޭގެފާނު މީގެ ފަހުން ހަނގުރާމައަށް ނުކުންނަވައިގެން ނުވާނެ. ކަލޭގެފާނު އެހެން ހައްދަވައިފިނަމަ އިސްރާއީލުގެ ހުޅުކޮޅު ނިވި ހިނގައިދާނެ.⁠“


ސަރޫވިޔަތުގެ ދަރި އަބީޝާއި އަކީ ޔުއާބުގެ ކޮއްކޮއެވެ. އޭނާއަކީ އެ ތިރީސް ފަހުލަވާނުންގެ އަމުރުވެރިޔާއެވެ. އަބީޝާއި އޭނާގެ ލޮންސިން ތިންސަތޭކަ ދުޝްމިނުންނާ ހަނގުރާމަކޮށް އެ އެންމެން މަރާލިއެވެ. އޭނާއަކީ ވެސް އެ ތިން ފަހުލަވާނުން ފަދައިން މަޝްހޫރު މީހެކެވެ.


މިހާރު ޔުއާބްއާއި އަބީޝާއި މިވަނީ ޖިބްޢޫންގައި ހިނގި ހަނގުރާމައިގައި އޭނާގެ ކޮއްކޮ މަރާލެވުމުގެ ބަދަލު ހިފާފައެވެ.


އަހަރެން މީ އިސްކުރެވިފައިވާ ރަސްގެފާނު ވިޔަކަސް ސަރޫވިޔަތުގެ ދަރި ޔުއާބުއާއި އަބީޝާއި މިހާރު އަހަންނަށް ވުރެން މާގަދަ. ވިޔާ ނުދާ ކަންތައް ކުރާ މީހުންނަށް އެމީހުން ކުރި ކުށުގެ ޙައްޤު ސަޒާ މާތްރަސްކަލާނގެ ދެއްވާށި!⁠“


ރަސްކަމެއް ބައިބައި ވެއްޖެ ކަމަށްވާ ނަމަ އެ ރަސްކަމެއް ރޫޅި ހިނގައިދާނެ.


ދާއޫދު ޙިއްޘީގެ އަޚީމާލިކުއާއި ސަރޫވިޔަތުގެ ދަރި ޔުއާބުގެ ބޭބެ އަބީޝާއި ކުރެން އެއްސެވެ. ”⁠ޝާއުލްގެފާނުގެ ފޭލިގެއަށް މަށާ އެކު ދާނީ ކާކު؟⁠“ އަބީޝާއި ބުންޏެވެ. ”⁠އަހަރެން ހިނގައިދާނަން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ