Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 20:22 - ކިތާބުލް މުޤައްދަސާ

22 އެ ބުއްދިވެރި އަންހެން މީހާ ގޮސް ސަހަރުގެ މީހުން ގާތު މިވާހަކަ ބުނެފިއެވެ. ދެން އެމީހުން ބިކްރީގެ ދަރި ޝަބަޢަގެ ބޯ ކަނޑާފައި ޔުއާބުގެ ކުރިމައްޗަށް ފާރު މަތިން ވައްޓާލައިފިއެވެ. އެހެންވެ ޔުއާބު ތާޅަފިލި ފުމެލައިފިއެވެ. ދެން ހަނގުރާމަވެރިންގެ ފައުޖުގެ މީހުން އެ ސަހަރު ދޫކޮށް އެނބުރި ގެޔަށް ހިނގައްޖެއެވެ. ޔުއާބު ރަސްގެފާނުގެ ގާތަށް ޖެރޫސަލަމަށް ހިނގައްޖެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 20:22
10 ပူးပေါင်းရင်းမြစ်များ  

ދެން ޔުއާބު ތާޅަފިލި ފުމެލުމުން އެމީހުން އިސްރާއީލީންނަށް ހަމަލަ ދިނުން ހުއްޓާލައިފިއެވެ.


އެއަށް ފަހު އެމީހުން އަބްޝާލޫމްގެ މަސްގަނޑު ގެންގޮސް ވަލުތެރޭގައި ހުރި ވަޅަކަށް ވައްޓާލައި ވަޅަށް ގާއަޅައި ފަސްލައިފިއެވެ. ދެން އަބްޝާލޫމްއާއެކު އައި އެންމެން ފިލައިގެން ރަށަށް ހިނގައްޖެއެވެ.


ދެން ޔުއާބު ތާޅަފިލި ފުމެ ހަނގުރާމަ ހުއްޓާލުމުގެ އަމުރު ނެރެފިއެވެ. ދެން އެމީހުންނާއި އިސްރާއީލީންނާ ދެމެދު އެކުރި ހަނގުރާމަ އެހާހިސާބުން ހުއްޓާލައިފިއެވެ.


އެތަނުގައި ބިކްރީގެދަރި ޝަބަޢަ ހުއްޓެވެ. އޭނާ އަކީ ވަރަށް ނުބައި މީހެކެވެ. މި ޝަބަޢަ އަކީ ބަންޔާމީންގެ ދަރިކޮޅުގެ މީހެކެވެ. ޝަބަޢަ އޭނާގެ މީހުން އެއްތަން ކުރުމަށް ތާޅަފިލި ފުމެލައިފިއެވެ. އޭނާ ބުންޏެވެ. ”⁠އަހަރެމެންނަކާ ދާއޫދުއަކާ ވާކަމެއް ނެތް. އަހަރެމެންނަކާ ޔައްސާގެ ދަރިޔަކާ ވެސް ގުޅުމެއް ނެތް. އެންމެން ހިނގާ ގެޔަށް ދާން.⁠“


އެވަގުތު އެ ސަހަރުގައި އުޅޭ ވިސްނުންތެރި އަންހެނަކު އެތަނަށް އަތުވެއްޖެއެވެ. އޭނާ ގޮވާލައިފިއެވެ. ”⁠ކަލޭމެންގެ ތެރޭން ޔުއާބުއަކީ ކާކުތަ؟ އޭނާ ގާތު އަޅުގަނޑު އެއްޗެއް ބުނަން ބޭނުން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ