Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 20:21 - ކިތާބުލް މުޤައްދަސާ

21 އަހަރެމެން މިއައީ އަފްރާއީމުގެ ފަރުބަދަމަތީ މީހެއްކަމަށް ވާ ބިކްރީގެ ދަރި ޝަބަޢަ ކިޔާ މީހަކު ރަސްގެފާނާއި ދެކޮޅަށް ނުކުތީމާ އޭނާ ބަލާ. އޭނާ އަހަރެމެންނާ ހަވާލު ކުރަނިކޮށް މި ސަހަރު ދޫކޮށް ހިނގައިދާނަން.⁠“ އަންހެން މީހާ ބުންޏެވެ. ”⁠ތިހެން ވީ އިރު ހެޔޮ. ތިޔަ މީހާގެ ބޯ ފާރު މަތިން ވައްޓާލަ ދޭނަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 20:21
17 ပူးပေါင်းရင်းမြစ်များ  

އެތަނުގައި ބިކްރީގެދަރި ޝަބަޢަ ހުއްޓެވެ. އޭނާ އަކީ ވަރަށް ނުބައި މީހެކެވެ. މި ޝަބަޢަ އަކީ ބަންޔާމީންގެ ދަރިކޮޅުގެ މީހެކެވެ. ޝަބަޢަ އޭނާގެ މީހުން އެއްތަން ކުރުމަށް ތާޅަފިލި ފުމެލައިފިއެވެ. އޭނާ ބުންޏެވެ. ”⁠އަހަރެމެންނަކާ ދާއޫދުއަކާ ވާކަމެއް ނެތް. އަހަރެމެންނަކާ ޔައްސާގެ ދަރިޔަކާ ވެސް ގުޅުމެއް ނެތް. އެންމެން ހިނގާ ގެޔަށް ދާން.⁠“


އެހެންވެ ހުރިހާ އިސްރާއީލީން ދާއޫދުގެފާނު ދޫކޮށް ޝަބަޢައާ އެކުލަވައިފިއެވެ. އެކަމަކު ޔަހޫޛާގެ މީހުން ދާއޫދުގެފާނާއެކު ކޯރު އައްސޭރިން ފެށިގެން ޖެރޫސަލަމާ ހަމަޔަށް އަތުވެއްޖެއެވެ.


ޔުއާބު ބުންޏެވެ. ”⁠އަހަރެމެން މިއައީ މި ސަހަރު ސުންނާފަތި ކުރާކަށެއް ނޫން. އަދި އަމުދުން އެތަކެތި ކާލާކަށެއް ވެސް ނޫން.


ސަރޫވިޔަތުގެ ދަރި އަބީޝާއި އަކީ ޔުއާބުގެ ކޮއްކޮއެވެ. އޭނާއަކީ އެ ތިރީސް ފަހުލަވާނުންގެ އަމުރުވެރިޔާއެވެ. އަބީޝާއި އޭނާގެ ލޮންސިން ތިންސަތޭކަ ދުޝްމިނުންނާ ހަނގުރާމަކޮށް އެ އެންމެން މަރާލިއެވެ. އޭނާއަކީ ވެސް އެ ތިން ފަހުލަވާނުން ފަދައިން މަޝްހޫރު މީހެކެވެ.


ދާއޫދުގެ މީހުންނަށް އޭނާ ބުންޏެވެ. ”⁠އަހަރެންގެ ސާހިބާއާ މެދު މިފަދަ ކަމެއް ކުރެވޭނެ ގޮތް މާތްރަސްކަލާނގެ މެދުވެރި ނުކުރައްވާށި! މާތްރަސްކަލާނގެ އައްޔަން ކުރައްވާފައިވާ ރަސްކަލަކާ ދިމާއަށް އަތް އުފުއްލެވޭނެ ގޮތް މެދުވެރި ނުކުރައްވާށި!⁠“


ދާއޫދު ބުންޏެވެ. ”⁠އެކަލޭގެފާނަށް ގެއްލުމެއް ދީގެން ނުވާނެ. މާތްރަސްކަލާނގެ ވެރިކަމަށް އިސް ކުރައްވާފައިވާ ބޭކަލަކަށް ގެއްލުމެއް ދީފައި ކުށެއް ނެތް މީހެއްގެ ގޮތުގައި އުޅެވޭނީ ކާކަށް؟


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ