2 ޞަމޫއީލް 20:2 - ކިތާބުލް މުޤައްދަސާ2 އެހެންވެ ހުރިހާ އިސްރާއީލީން ދާއޫދުގެފާނު ދޫކޮށް ޝަބަޢައާ އެކުލަވައިފިއެވެ. އެކަމަކު ޔަހޫޛާގެ މީހުން ދާއޫދުގެފާނާއެކު ކޯރު އައްސޭރިން ފެށިގެން ޖެރޫސަލަމާ ހަމަޔަށް އަތުވެއްޖެއެވެ. အခန်းကိုကြည့်ပါ။ |
އެތަނުގައި ބިކްރީގެދަރި ޝަބަޢަ ހުއްޓެވެ. އޭނާ އަކީ ވަރަށް ނުބައި މީހެކެވެ. މި ޝަބަޢަ އަކީ ބަންޔާމީންގެ ދަރިކޮޅުގެ މީހެކެވެ. ޝަބަޢަ އޭނާގެ މީހުން އެއްތަން ކުރުމަށް ތާޅަފިލި ފުމެލައިފިއެވެ. އޭނާ ބުންޏެވެ. ”އަހަރެމެންނަކާ ދާއޫދުއަކާ ވާކަމެއް ނެތް. އަހަރެމެންނަކާ ޔައްސާގެ ދަރިޔަކާ ވެސް ގުޅުމެއް ނެތް. އެންމެން ހިނގާ ގެޔަށް ދާން.“
ދެން ދާއޫދުގެފާނު ޖެރޫސަލަމަށް ވަޑައިގެންފިއެވެ. ގަނޑުވަރަށް ވަޑައިގެން އެކަލޭގެފާނުގެ ގަނޑުވަރު ބަލަހައްޓަން ބައިތިއްބި ދިހަ ޖާރިޔާއިން ޚާއްސަ ގެޔަކަށް ފޮނުއްވައި ލައްވައިފިއެވެ. އެގޭގެ ވަށައިގެން ފާރަވެރިން ބައިތިއްބިއެވެ. ދާއޫދުގެފާނު އެ ޖާރިޔާއިންނަށް ބޭނުންވާ ޒުރޫރީ ބޭނުންތައް ފުރިހަމަކޮށް ދެއްވިއެވެ. އެހެންނަމަވެސް އެމީހުންނާއެކު ޖިންސީ އެއްވެސް ގުޅުމެއް ނުބާއްވައެވެ. އެމީހުން މަރުވެ ދިޔައީ ހުވަފަތް އަނބިންތަކެއްގެ ގޮތުގައި އެހެން ތިބެގެންނެވެ.