2 ޞަމޫއީލް 20:19 - ކިތާބުލް މުޤައްދަސާ19 އަހަރެން މީ އެ ބުނާ އިސްރާއީލުގެ ސުލްޙަވެރި ވަފާތެރި މީހުންގެ ތެރޭން މީހެއް. ތިބޭކަލުން އައިސް އިސްރާއީލީންގެ މައި ސަހަރު ސުންނާފަތި ކުރަން ތިޔަ އުޅުއްވަނީ ކީއްވެ؟ އަދި މާތްރަސްކަލާނގެ ތަރިކަ ކާލަން ތިއުޅުއްވަނީ ކީއްވެ؟“ အခန်းကိုကြည့်ပါ။ |
އަޅުގަނޑު މިދަންނަވާ އެއްޗެއް ސާހިބު ރަސްގެފާނު އަޑުއައްސަވާ ބައްލަވަ. ތިޔައީ މާތްރަސްކަލާނގެ އެންގެވި އެންގެވުމެއް ނަމަ އެކަލާނގެއަށް ޤުރުބާނީއެއް އަދާ ކުރުމުން އެކަލާނގެ ރުހި ވޮޑިގެންފާނެ. ތިޔައީ ބަޔަކު އަމިއްލަ ގޮތުން ކުރާ ކަމެއް ނަމަ މާތްރަސްކަލާނގެ އެބަޔަކަށް ލަޢުނަތް ލައްވާހުށި. އެހެނީ އެމީހުން މިވަނީ އަޅުގަނޑަށް މާތްރަސްކަލާނގެ ދެއްވި ނިޢުމަތުން މަހުރޫމު ކުރުވާފައި. އެމީހުން ބުނާ ކަހަލަ ’ދޭ އެހެން ކަލަކަށް އަޅުކަން ކުރަން.‘