Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 20:1 - ކިތާބުލް މުޤައްދަސާ

1 އެތަނުގައި ބިކްރީގެދަރި ޝަބަޢަ ހުއްޓެވެ. އޭނާ އަކީ ވަރަށް ނުބައި މީހެކެވެ. މި ޝަބަޢަ އަކީ ބަންޔާމީންގެ ދަރިކޮޅުގެ މީހެކެވެ. ޝަބަޢަ އޭނާގެ މީހުން އެއްތަން ކުރުމަށް ތާޅަފިލި ފުމެލައިފިއެވެ. އޭނާ ބުންޏެވެ. ”⁠އަހަރެމެންނަކާ ދާއޫދުއަކާ ވާކަމެއް ނެތް. އަހަރެމެންނަކާ ޔައްސާގެ ދަރިޔަކާ ވެސް ގުޅުމެއް ނެތް. އެންމެން ހިނގާ ގެޔަށް ދާން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 20:1
31 ပူးပေါင်းရင်းမြစ်များ  

ބަންޔާމީންގެ ދަރިންނަކީ ބާލަޢު، ބާކަރު، އަޝްބީލް، ޖީރާ، ނަޢުމާނު، އީޙީ، ރޫޝް، މުއްފީމު، ޙުއްފީމް، އަދި އަރުދު އެވެ.


އޭރު އޭނާ ވަނީ އިސްރާއީލީންގެ ހުރިހާ ގަބީލާއަކަށް ޖާސޫސުން ފޮނުވައި މީސްތަކުންގެ ގާތު މިހެން ކިޔަން އަންގާފައެވެ. ”⁠ތާޅަފިލީގެ އަޑު އިވޭ އިރަށް ކަލޭމެން ބުނަންވާނެ، އަބްޝާލޫމް ޙަބްރޫންގައި ރަސްކަލަކަށް ވެއްޖެ.⁠“


ދާއޫދުގެފާނު އަބީޝާއި އާއި އެކަލޭގެފާނުގެ އަރިހުބޭފުޅުންނަށް އެންގެވިއެވެ. ”⁠ނިކަން ބަލާބަލަ، އަހަރެން މަރަން ނުކުމެ އެހެރީ އަހަރެންގެ އުފަން ދަރި. މިމީހާއަކީ ބަންޔާމީންގެ އާއިލާގެ މީހެއް. އެހެންވީއިރު އަހަރެން މަރާލަން އުޅެން އެންމެ ލާއިގު މީހަކީ މީނާއެއް ނޫންތަ؟ އޭނާޔާ އަޅާ ނުލާ. އަހަންނާ ދިމާލަށް އޭނާ ކިޔާނެހާ އެއްޗެއް ކިޔަން ދޫކޮށްލާ. އަހަންނަށް އެއްޗެހި ގޮވަން އޭނާއަށް އެންގެވީ މާތްރަސްކަލާނގެ.


ޝިމްޢީ ދާއޫދުގެފާނަށް ބަދު ބަސްތައް ގޮވަމުން ދިޔައެވެ. އޭނާ ބުންޏެވެ. ”⁠މިރަށުން ފައިބައިގެން ދޭ! ދުރަށްދޭ! ކަލޭ ތިޔައީ ނުބައި މީހެއް. ކަލޭ ތީ މީހުން މަރާމީހެއް.


އެއަށް ފަހު އެމީހުން އަބްޝާލޫމްގެ މަސްގަނޑު ގެންގޮސް ވަލުތެރޭގައި ހުރި ވަޅަކަށް ވައްޓާލައި ވަޅަށް ގާއަޅައި ފަސްލައިފިއެވެ. ދެން އަބްޝާލޫމްއާއެކު އައި އެންމެން ފިލައިގެން ރަށަށް ހިނގައްޖެއެވެ.


އެހެންވެ ހުރިހާ އިސްރާއީލީން ދާއޫދުގެފާނު ދޫކޮށް ޝަބަޢައާ އެކުލަވައިފިއެވެ. އެކަމަކު ޔަހޫޛާގެ މީހުން ދާއޫދުގެފާނާއެކު ކޯރު އައްސޭރިން ފެށިގެން ޖެރޫސަލަމާ ހަމަޔަށް އަތުވެއްޖެއެވެ.


އެ ބުއްދިވެރި އަންހެން މީހާ ގޮސް ސަހަރުގެ މީހުން ގާތު މިވާހަކަ ބުނެފިއެވެ. ދެން އެމީހުން ބިކްރީގެ ދަރި ޝަބަޢަގެ ބޯ ކަނޑާފައި ޔުއާބުގެ ކުރިމައްޗަށް ފާރު މަތިން ވައްޓާލައިފިއެވެ. އެހެންވެ ޔުއާބު ތާޅަފިލި ފުމެލައިފިއެވެ. ދެން ހަނގުރާމަވެރިންގެ ފައުޖުގެ މީހުން އެ ސަހަރު ދޫކޮށް އެނބުރި ގެޔަށް ހިނގައްޖެއެވެ. ޔުއާބު ރަސްގެފާނުގެ ގާތަށް ޖެރޫސަލަމަށް ހިނގައްޖެއެވެ.


އެކަމަކު ނުބައި މީހުންނަކީ އުކާލެވޭ ކަށި ގަސްތަކެއް ފަދަ ބައެކެވެ. މީހަކަށް އެއަކު އަތެއް ނުލެވޭނެއެވެ.


އަވަސް އަރައިގެން ސަރިޔަތަށް ނުދާށެވެ. ނޫނީ ކަލޭ ކުރި ދައުވާ ކާމިޔާބު ނުވެ އަވަށްޓެރިޔާގެ ކުރިމަތީގައި ލަދުގަންނަން ޖެހިދާނެއެވެ.


އަލިފާން ކަންޏަކުން އަނގުރުގައި ރޯވާހާ ފަސޭހައިން އަރައިރުންވާ މީހާ ތަޅާފޮޅުމެއް ފަށައެވެ.


ރަސްކަމެއް ބައިބައި ވެއްޖެ ކަމަށްވާ ނަމަ އެ ރަސްކަމެއް ރޫޅި ހިނގައިދާނެ.


އޭނާގެ ރައްޔިތުން އޭނާއަށް ނަފްރަތު ކުރޭ. އަދި އެމީހުން އޭނާގެ ފަހަތުން ވަފުދެއް ފޮނުވާ އޭނާ އެމީހުންގެ މައްޗަށް ރަސްކަންކުރުމަށް ބޭނުން ނުވާ ކަމުގައި އެންގި.


އަހަރެން އެމީހުންގެ މައްޗަށް ރަސްކަން ކުރަން ބޭނުން ނުވި އަހަރެންގެ ދުޝްމިނުން ގެންނާށޭ. އަދި އަހަރެންގެ ކުރިމަތީގައި އެމީހުން ގަތުލު ކުރާށޭ.⁠‘⁠“


ޕަތަރަސް ދެންނެވިއެވެ. ”⁠ނޫން. ސާހިބާ އެއްގޮތަކަށް ވެސް ކަލޭގެފާނު އަޅުގަނޑުގެ ފައިދޮވެ ދެއްވައިގެން ނުވާނެ.⁠“ އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ކަލޭގެ ފައި ނުދޮވެފި ނަމަ ކަލޭ ތިޔައީ އަހަރެންގެ މީހަކަށް ނުވާނެ.⁠“


ދެން ރާޢޫތު ގޮސް ބާކީ ގޮވާން އެއްކުރުމުގެ ގޮތުން ދަނޑެއްގައި މަސައްކަތް ފަށައިފިއެވެ. ކަންދިމާވި ގޮތުން ރާޢޫތަށް މި ދެވުނީ ބޫޢަޒްގެ ދަނަޑަކަށެވެ. ބޫޢަޒްއަކީ އަލީމާލިކުގެ ތިމާގެ މީހެކެވެ.


ޝާއުލްގެފާނު އިސްރާއީލީންގެ ތިންހާސް މީހުން ހޮއްވަވައި އޭގެ ތެރޭން ދެ ހާސް މީހުން އެކަލޭގެފާނާ އެކު ބައިތުއީލް ފަރުބަދަމަތީ ރަށެއް ކަމަށްވާ މިޚްމާސް އަށް ގެންދެވިއެވެ. އަދި އެއްހާސް މީހުން ބަންޔާމީންގެ ސަރަހައްދުގައި އޮންނަ ޖިބްޢައަށް ދަރިކަލުން ޔޫނަތައިންގެ ގާތަށް ފޮނުއްވިއެވެ. ފައުޖުގައި ބާކީ ތިބި މީހުން އެމީހުންގެ ގޭގެއަށް ފޮނުއްވިއެވެ.


ޢާލީގެ ދަރިންނަކީ މާތްރަސްކަލާނގެ އަށް ޙުރުމަތެއް ނުބަހައްޓާ ވިޔާނުދާ ބައެކެވެ.


ދާއޫދާއެކު ތިބި ނުލަފާ އަދި މައްސަލަ ޖައްސާ މީހުން ބުނެއްޕެވެ. ”⁠މިމީހުން އަހަރެމެންނާ އެކު ނުދާތީ އަހަރެމެންނަށް ލިބުނު ތަކެތި މި މީހުންނަކަށް ނުބަހާނަން. މިމީހުންނަށް ދޭނީ އެމީހުންގެ އަނބި ދަރިންކޮޅު އެކަނި.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ