9 އޭނާ އައިސް އިޝްބޫޝަތަށް، ޖިލްޢާދު އާއި އާޝިރު އާއި ޔަޒްރަޢީލް އާއި އަފްރާއީމްއާއި ބަންޔާމީންއާއި މުޅި އިސްރާއީލުގެ ރަސްކަން ހޯދައިދީފިއެވެ.
އަދި މިދަރިފުޅަށް އަޝީރު ގެ ނަމުން ނަންދިނެވެ. މި ނަމުގެ ސަބަބެއް ކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”މިހާރު އަހަރެންނަކީ ކިހާ އުފާވެރި މީހެއް! އަހަރެންނަކީ އުފާވެރި އަންހެނެއް ކަމުގައި އެންމެހާ އަންހެނުން ބުނާނެކަން ޔަޤީން!“
ޝާއުލްގެފާނުގެ މި ދަރިކަލުން އިޝްބޫސަތުގެ އުމުރުން އޭރު ސާޅީސް އަހަރެވެ. އޭނާ ދެ އަހަރު އިސްރާއީލުގެ ވެރިކަން ކުރިއެވެ. އޭރު ވެސް ޔަހޫޛާގައި ރުހުންއޮތީ ދާއޫދުގެފާނަށެވެ.
ޝާއުލްގެފާނުގެ އާއިލާގެ މީހުންނާއި ދާއޫދުގެފާނުގެ އާއިލާގެ މީހުންގެ ދެމެދުގައި މި ކުރެވުނު ހަނގުރާމައިގެ ސަބަބުން ޝާއުލްގެފާނުގެ ގާތް މީހުންގެ ތެރޭގައި އަބްނައިރުގެ ބާރު ގަދަވެފައިވެއެވެ.
ފިލިސްޠީނުންގެ ލަޝްކަރު އޭރު އޮތީ އަފީޤަށް ޖަމާވެފަ އެވެ. ބަނީއިސްރާއީލުގެ ލަޝްކަރު އޮތީ ޔަޒްރަޢީލުގެ އޮހޭފެންގަޑުގެ ކައިރީގަ އެވެ.