Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 2:4 - ކިތާބުލް މުޤައްދަސާ

4 ދެން ޔަހޫޛާ ގަބީލާގެ މީހުން ޙަބްރޫނަށް އައިސް ދާއޫދުގެ ބޮލަށް ތެޔޮއަޅައި ރަސްކަމަށް އިސްކޮށްފިއެވެ. ޝާއުލްގެފާނު ގެންގޮސް ވަޅުލީ ޔާބީޝް ޖިލްޢާދުގެ މީހުންކަން ދާއޫދު ރަސްގެފާނަށް އިވި ވަޑައިގެންފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 2:4
16 ပူးပေါင်းရင်းမြစ်များ  

ދާއޫދު ރަސްގެފާނު ސަދޫގާއި އަބިޔާތަރު ގާތަށް މީހަކު ފޮނުވައި ވިދާޅުވިއެވެ. ”⁠ޔަހޫޛާގެ ބޮޑުންގެ ގާތަށް ގޮސް މިހެން ބުނޭ، ’⁠ކަލޭމެން ތިމަން ރަސްގެފާނު މި ގަނޑުވަރަށް އަނބުރާ ގެންނަން ބޭނުންވާ އެންމެ ފަހު މީހުންކަމަށް ތިޔަވަނީ ކީއްވެހޭ؟ އަހަރެން އަހައިފީމޭ އެމީހުން އަހަރެން އަނބުރާ އިސްރާއީލުގެ ރަސްކަމަށް ގެންނަން ބޭނުންވެގެން މަޝްވަރާ ކުރަމުން ގެންދާ އަޑު.


ޔަހޫޛާގެ މީހުން އިސްރާއީލުންނަށް ޖަވާބު ދިނެވެ. ”⁠އެގޮތަކީ ރަސްގެފާނަކީ އަހަރެމެންގެ ގާތްތިމާގެ ބޭކަލެއް. އެކަމާ އަހަރެމެންދެކެ ކަލޭމެން ރުޅިއަންނަންވީ ކީއްވެ؟ އަހަރެމެން ކައިބޮއިހަދަނީ ރަސްގެފާނު ޚަރަދު ކުރައްވައިގެންނެއް ނޫން. ރަސްގެފާނު އަހަރެމެންނަކަށް އެއްވެސް ހަދިޔާއެއް ވެސް ދެއްވަނީއެއް ނޫން.⁠“


ދާއޫދުގެފާނު ޙަބްރޫންގައި ހަތް އަހަރާއި ހަ މަސްދުވަހު ޔަހޫޛާއިންގެ މައްޗަށް ރަސްކަން ކުރެއްވިއެވެ.


މިހާރު ދެން ކަލޭމެން ހިތްވަރު ގަދަ ކުރާތި. ކަލޭމެންގެ ސާހިބު ޝާއުލްގެފާނު އަވަހާރަވެ ދިޔަ ކަމުގައި ވިޔަސް ޔަހޫޛާގެ މީހުން މިވަނީ އެމީހުންގެ ރަސްކަލަކަށް އަހަރެން ހޮވާފައި.⁠“


މީހުން އައިސް ދާއޫދުގެފާނުގެ އަރިހުގައި ޝާއުލްގެފާނުގެ ޖާރިޔާ މިކުރާ ކަންތަކުގެ ވާހަކަ ދަންނަވައިފިއެވެ.


ދެން ދާއޫދުގެފާނު ޔާބީޝްގެ ޖިލްޢާދުގެ މީހުންގެ އަތުން ޝާއުލްގެފާނާއި ޔޫނަތައިންގެ ކަށިތައް ގެނަސްފިއެވެ. (އެހެނީ ޝާއުލްގެފާނާއި ޔޫނަތައިން އަވަހާރަވުމުން އެކަށިތައް ގެންދިޔައީ އެމީހުން ވީމައެވެ. ފިލިސްޠީނީން އެ ދެބޭކަލުން އެލުވާފައި ބެހެއްޓީ ބައިތު ޝާންގެ މައިދާނުގައެވެ. އެކަމަކު ޔާބީޝްގެ ޖިލްޢާދުގެ މީހުން ސިއްރުން އެތަނަށް ގޮސް އެދެބޭކަލުންގެ ކަށިތައް ގެންދިޔައީއެވެ.)


ފިލިސްޠީނީންނަށް އިސްރާއީލުގެ ވެރިޔަކަށް ދާއޫދުގެފާނު ހަމަޖެހުނު ކަމާއި މިހާރު އިސްރާއީލުގެ ރަސްކަލަކީ ދާއޫދުގެފާނު ކަމުގެ ޚަބަރު ލިބިއްޖެއެވެ. އެހެންވެ ފިލިސްޠީނުން ދާއޫދުގެފާނު އަވަހާރަކޮށްލުމަށް އެކަލޭގެފާނު ހުންނެވިތަނެއް ބަލާ ހޯދަން ފަށައިފިއެވެ. އެ ޚަބަރު ދާއޫދުގެފާނަށް ލިބިވަޑައިގަތުމުން އެކަލޭގެފާނު ޖެރޫސަލަމުގެ ކިއްލާއަށް ވަޑައިގެންފިއެވެ.


އެގޮތުން އިސްރާއީލުގެ ހުރިހާ ބޮޑުން ޙަބްރޫނަށް އައިސް ދާއޫދު ރަސްގެފާނާ ބައްދަލު ކުރިއެވެ. ދާއޫދުގެ ފާނު އެމީހުންނާއެކު މާތްރަސްކަލާނގެ ކުރިފުޅުމަތީގައި މުޢާހަދާއެއް ކުރައްވައިފިއެވެ. ދެން އިސްރާއީލުގެ ހަރުމީހުން އައިސް ދާއޫދުގެފާނުގެ އިސްތަށިފުޅަށް ޒައިތޫނި ތެޔޮ އަޅައި އެކަލޭގެފާނު ރަސްކަމަށް އިސްކޮށްފިއެވެ.


ދާއޫދުގެފާނު ޙަބްރޫންގައި ހުންނަވައި ޔަހޫޛާގެ މައްޗަށް ހަތްއަހަރާއި ހަމަސް ދުވަހު ވެރިކަން ކުރައްވައި އަދި ޖެރޫސަލަމުގައި ހުންނަވައިގެން މުޅި އިސްރާއީލާއި ޔަހޫޛާގެ މައްޗަށް ތެއްތިރީސް އަހަރު ރަސްކަން ހިންގެވިއެވެ.


ދެން ޞަމޫއީލްގެފާނު ވަޑައިގެން އެ އެންމެ ބެއިންގެ ކުރިމަތީގައި އެކަލޭގެފާނު ގެންނެވި ޒައިތޫނި ތެޔޮ ދާއޫދުގެ ބޮލަށް އަޅައިފިއެވެ. އެދުވަހުން ފެށިގެން މާތްރަސްކަލާނގެ ރޫޙުފުޅު ގަދަފަދަ ކަމާއެކު ދާއޫދުގެފާނަށް ލިބިވަޑައިގެންފި އެވެ. ޞަމޫއީލްގެފާނު ދެން ރާމާއަށް އެނބުރި ވަޑައިގެންފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ