Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 2:32 - ކިތާބުލް މުޤައްދަސާ

32 ޔުއާބުގެ މީހުން އަސާހިލުގެ ހަށިގަނޑު ނަގައިގެންގޮސް ބައިތުލަޙަމުގައި އޭނާގެ ބައްޕަގެ މަހާނަ ކާރީ ވަޅުލައިފިއެވެ. އެއަށް ފަހު ޔުއާބްއާއި އޭނާގެ މީހުން އެރޭ ދަތުރުކޮށް އިރު އަރަންވާއިރަށް ޙަބްރޫނަށް އަތުވެއްޖެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 2:32
10 ပူးပေါင်းရင်းမြစ်များ  

އިސްރާއީލުގެފާނަށް (ޔަޢުޤޫބުގެފާނަށް) އެކަލޭގެފާނު އަވަހާރަވުމާއި ކައިރިވެއްޖެކަން އެނގިވަޑައިގެން އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފުގެފާނު ގެންނަވާ މިފަދައިން ވިދާޅުވިއެވެ. ”⁠ތިބާ އަހަރެންދެކެ ލޯބިވާނަމަ އަހަރެންގެ ފައިގެ ފަލަމަސްގަނޑުގެ ދަށުގައި އަތް ޖައްސައި އަހަރެން މިޞްރުގައި ވަޅުނުލުމަށް ހުވައި ކުރޭ.


އަހަރެން ނިޔާވުމުން އަހަރެން މިޞްރުން ބޭރަށް ގެންގޮސް އަހަރެންގެ ކާބަފައިން ފަސްދާނު ލެވިފައިވީ ތަނުގައި އަހަރެން ވަޅުލައިދީ.⁠“ ޔޫސުފުގެފާނު ޖަވާބުގައި މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަ ވިދާޅުވި ފަދައިން އަހަރެން އަމަލު ކުރާނަމު.⁠“


އޭރު އަބްނައިރުގެ ލަޝްކަރުގެ ތެރޭން ތިންސަތޭކަ ފަސްދޮޅަސް މީހުން ވަނީ މަރުވެފައެވެ. މިއެންމެންނަކީ ވެސް ބަންޔާމީންގެ ދަރިކޮޅުގެ މީހުންނެވެ.


އިސްރާއީލުގެ ހުރިހާ ގަބީލާއަކުން ދާއޫދުގެފާނުގެ ފައިންޕުޅު ދެކެން އަތުވެއްޖެއެވެ. އެމީހުން ދެންނެވިއެވެ. ”⁠އަޅުގަނޑުމެން މީ ކަލޭގެފާނާ އެއް ލޭ ހިނގާ ކަލޭގެފާނުގެ އާއިލާގެ މީހުން.


ރަނގަޅު ގޮތުގައި ބުރަ މަސައްކަތް ކުރާ މީހަކު ދުށިން ހެއްޔެވެ؟ އޭނާ މަސައްކަތް ކުރަނީ އާދައިގެ މީހުންގެ ގާތަކު ނޫނެވެ. ރަސްގެފާނުގެ އަރިހުގައެވެ.


ޝާއުލްގެފާނު އެއްސެވިއެވެ. ”⁠އޭ ޒުވާނާ! ކަލޭ ތީ ކާކުގެ ދަރިއެއްތަ؟⁠“ ”⁠އަޅުގަނޑު މީ މަސާހިބުގެ ޚާދިމު ބައިތުލަޙަމުގެ ޔައްސާގެ ދަރިއެއް.⁠“ ދާއޫދު ދެންނެވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ