31 އޭރު އަބްނައިރުގެ ލަޝްކަރުގެ ތެރޭން ތިންސަތޭކަ ފަސްދޮޅަސް މީހުން ވަނީ މަރުވެފައެވެ. މިއެންމެންނަކީ ވެސް ބަންޔާމީންގެ ދަރިކޮޅުގެ މީހުންނެވެ.
އޭރު ޔުއާބުގެ މީހުން އެނބުރި ގޮސް މީހުން އެއްކޮށްފައި ގުނިއިރު އަސާހިލުއާ ނުލައި ނަވާރަ މީހުން މަދެވެ.
ޔުއާބުގެ މީހުން އަސާހިލުގެ ހަށިގަނޑު ނަގައިގެންގޮސް ބައިތުލަޙަމުގައި އޭނާގެ ބައްޕަގެ މަހާނަ ކާރީ ވަޅުލައިފިއެވެ. އެއަށް ފަހު ޔުއާބްއާއި އޭނާގެ މީހުން އެރޭ ދަތުރުކޮށް އިރު އަރަންވާއިރަށް ޙަބްރޫނަށް އަތުވެއްޖެއެވެ.
ދާއޫދުގެފާނާއި ޝާއުލްގެފާނުގެ ދެ އާއިލާ ދެމެދު މި ފެށުނު ހަނގުރާމަ ދިގު މުއްދަކަށް ދެމިގެން ދިޔައެވެ. އަދި ދުވަހެއް ދުވަހަކަށް ދާއޫދުގެފާނުގެ ބާރު ފުޅު ގަދަވެ ޝާއުލްގެފާނުގެ އާއިލާ ބަލިކަށިވަމުން ދިޔައެވެ.