27 ޔުއާބު ބުންޏެވެ. ”ދިރިދެމި ވޮޑިގެންވާ މާތްކަލާނގެ ގަންދީ ބުނަން. ކަލޭ ތިހެން ނުބުނިނަމަ މާދަމާގެ އިރު އެރިޔަސް ކަލޭމެންގެ ފަހަތުން ނުގޮހެއް އަހަރެމެން ނުތިބޭނަން.“
އަބްނައިރު ބުނެފިއެވެ. ”ހިނގާ ދެބައިމީހުންގެ ޒުވާނުންގެ ދެމެދުގައި މުބާރަޒާއެއް ބާއްވާލަން.“ ”އެންމެ ރަނގަޅު ހިނގާ ބާއްވާލަމާ.“
އަބްނައިރު ޔުއާބަށް ގޮވާފައި ބުންޏެވެ. ”އަހަރެމެން އެކަކު އަނެކަކު ކަތިލައި ހަދަންވީ ކިހާ ދުވަހެއް ވަންދެން؟ ހަނގުރާމައެއް ކޮށްގެން ހިތްދަތިކަމެއް ނޫން ކަމެއް ހާސިލުވޭތަ؟ ކަލޭގެ މީހުންނަށް ކަލޭގެ ތިމާގެ މީހުންނާ ދިމާ ކުރުން ހުއްޓާލަން އަންގާނީ ކޮން އިރަކުންތަ؟“
ދެން ޔުއާބު ތާޅަފިލި ފުމެ ހަނގުރާމަ ހުއްޓާލުމުގެ އަމުރު ނެރެފިއެވެ. ދެން އެމީހުންނާއި އިސްރާއީލީންނާ ދެމެދު އެކުރި ހަނގުރާމަ އެހާހިސާބުން ހުއްޓާލައިފިއެވެ.
މަޑުމައިތިރި ޖަވާބަކުން އަނެކާގެ ރުޅިމަޑުވެއެވެ. ހަރުކަށި ޖަވާބަކުން ރުޅިގަނޑު ހުޅުފަޅައެވެ.
އަރައިރުމެއް ފެށުމެކޭ ހިފަހައްޓާފައި ހުރި ފެންގަނޑެއްގެ ދޮރާށި ހުޅުވާލުމެކޭ އެއްފަދައެވެ. ޒުވާބެއް ފެށުމުގެ ކުރީގައި އެކަން ހުއްޓުވާށެވެ.
ރޭވުންތައް ކާމިޔާބުވަނީ ރަނގަޅު މަޝްވަރާގެ މަތިންނެވެ. ބުއްދިވެރި ލަފަޔަކާ ނުލައި ހަނގުރާމައަކަށް ނުދާށެވެ.
އަވަސް އަރައިގެން ސަރިޔަތަށް ނުދާށެވެ. ނޫނީ ކަލޭ ކުރި ދައުވާ ކާމިޔާބު ނުވެ އަވަށްޓެރިޔާގެ ކުރިމަތީގައި ލަދުގަންނަން ޖެހިދާނެއެވެ.
ސާހިބުގެ އަތުން އަދާވާތްތެރިންގެ ލޭ އޮހުރުވުން ހުއްޓުވީ މާތްރަސްކަލާނގެ. ދިރިދެމިވޮޑިގެންވާ ކަލާނގެ ސާހިބުގެ އުމުރު ދަންމަވާށި. އަދި ސާހިބަށް ގެއްލުން ދިނުމަށް ނުކުންނަ އެންމެންނަށް ނާބާލް އެކޭ އެއްފަދައިން ކަންތައް ހިންމަވާށި.