2 ޞަމޫއީލް 2:23 - ކިތާބުލް މުޤައްދަސާ23 ދެން ވެސް އަސާހިލު ދޫނުކޮށް އޭނާ ފަހަތުން ދިޔައެވެ. އެހެންވެ އަބްނައިރު ލޮންސީގެ ފަހަތުކޮޅުން އޭނާގެ ބަނޑުގައި ޖެހިޖެހީނުން ލޮންސި ބުރަކަށީން ނެރެފިއެވެ. ހަމަ އެވަގުތު އޭނާ އެތަނަށް މަރުވެގެން ވެއްޓިއްޖެއެވެ. އޭރު އެހެން ދިޔަ އެންމެން ވެސް އަސާހިލުއާ އަރާހަމަވުމުން ހުއްޓި އޭނާ ވެއްޓިފައި އޮތްތަން ބަލަމުން ދިޔައެވެ. အခန်းကိုကြည့်ပါ။ |
އެވަގުތު ޢަމާސާއަކަށް ޔުއާބުގެ އަނެއް އަތުގައި އޮތް ޚަންޖަރެއް ނުފެނެއެވެ. ދެން ޔުއާބު ޢަމާސާގެ ބަނޑު ފަޅާލައިފިއެވެ. އެއާއެކު ޢަމާސާގެ ގޮހޮރު ބޭރަށް ނުކުމެއްޖެއެވެ. ޔުއާބު ދެ އެތިފަހަރެއް ނުޖަހަނީސް ޢަމާސާ މަރުވެގެން ވެއްޓިއްޖެއެވެ. ދެން ޔުއާބުއާއި އޭނާގެ ކޮއްކޮ އަބީޝާއިއާ ދެމީހުން ޝަބަޢަ ހޯދަން ނުކުމެއްޖެއެވެ.
އެމީހުން އަބްނައިރު ޙަބްރޫނަށް ގެނަސްފިއެވެ. ދެން އުޔާބު އޭނާ އެކަހެރި ކޮށް ސިއްރުވާހަކައެއް ދައްކަން ކަމަށް ހަދައިގެން ބޮޑު ދޮރާށި ފުރަގަހުން ގޮޅިއަކަށް ވައްދައި އޭނާގެ ބަނޑަށް ޚަންޖަރު ހަރާލިއެވެ. އެއާއެކު އަބްނައިރު އެތަނަށް މަރުވެގެން ވެއްޓިއްޖެއެވެ. މިގޮތުން ޔުއާބު އޭނާގެ ކޮއްކޮ އަސާހިލުގެ މަރުގެ ބަދަލު ހިފައިފިއެވެ.
ރަސްގެފާނާއި އެކަލޭގެފާނުގެ މީހުން ޖެރޫސަލަމުގައި ދިރިއުޅޭ ޔަބޫސީންނާ ހަނގުރާމައަށް ވަޑައިގަތެވެ. ޔަބޫސީން ދާއޫދުގެފާނަށް ދެންނެވިއެވެ. ”ކަލެއަކަށް އަހަރެމެންގެ ރަށަކަށް ނޭރޭނެ. އަހަރެމެންގެ ލޯފަން މީހުންނާއި ކޮރުމީހުން ވެސް ނުކުމެ ކަލޭ ހުއްޓުވާނެ.“ އެމީހުން ހީކުރީ ދާއޫދުގެފާނަށް އެމީހުންގެ ރަށަށް އަރައިވަޑައި ނުގެންނެވޭނެ ކަމަށެވެ.