18 ސަރޫވިޔަތުގެ ތިން ދަރިން ކަމަށްވާ ޔުއާބުއާއި އަބީޝާއި އާއި އަސާހިލު ވެސް ދާއޫދުގެފާނުގެ މީހުންގެ ތެރޭގައި އައިސް ތިއްބެވެ. އަސާހީލަކީ ހަލުއި ފުއްލާއެއްހާ ބާރަށް ދުވާ މީހެކެވެ.
ޝާއުލްގެފާނުގެ ދެބަފައިން ދިރިތިބި އިރު ހުރިހާ އެންމެންގެ ލޯތްބާއި އިޙްތިރާމް ލިބުނެވެ. މަރުވެ ދިޔައީވެސް އެކު އެކީގައެވެ. އެދެމީހުން ބާޒަށް ވުރެން ވެސް ހަލުއްވެވެ. ސިންގާއަށް ވުރެން ވެސް ބާރުގަދައެވެ.
ދާއޫދު ރަސްގެފާނު އަބްޝާލޫމަށް އެދިވަޑައިގަންނަވާ ވަރު ސަރޫވިޔަތުގެ ދަރި ޔުއާބުއަށް ވިސްނުނެވެ.
މީނާ އަބްނައިރު ފަހައިގަތެވެ. އޭނާ ފަހަމުން ދިޔައިރު ފަރާތަކަށް ބަލާ ވެސް ނުލައެވެ.
އެކަލާނގެ މިއަޅާއަށް ފުއްލާއެއްހާ ހަލުއިކޮށް ދުވެވޭނެ ގޮތް ހައްދަވައެވެ. އެކަލާނގެ މިއަޅާ ފަރުބަދަމަތީގައި ސަލާމަތުން ލަހައްޓަވައެވެ.
ވަރުގަދަ ތިރީސް ފަހުލަވާނުންގެ ތެރޭގައި ޔުއާބުގެ ކޮއްކޮ އަސާހިލްއާއި ދޫދޫގެ ދަރި އަލްހާނާން ހިމެނެއެވެ. އޭނާއަކީ ބައިތުލަޙަމުގެ މީހެކެވެ.
ދާއޫދު ޙިއްޘީގެ އަޚީމާލިކުއާއި ސަރޫވިޔަތުގެ ދަރި ޔުއާބުގެ ބޭބެ އަބީޝާއި ކުރެން އެއްސެވެ. ”ޝާއުލްގެފާނުގެ ފޭލިގެއަށް މަށާ އެކު ދާނީ ކާކު؟“ އަބީޝާއި ބުންޏެވެ. ”އަހަރެން ހިނގައިދާނަން.“