Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 2:13 - ކިތާބުލް މުޤައްދަސާ

13 އެވަގުތަކީ ސަރޫވިޔަތުގެ ދަރި ޔުއާބު ވެސް ދާއޫދުގެފާނުގެ ލަޝްކަރުގެ މީހުންނާއެކު ޖިބްޢޫނުގެ ފެންގަނޑުގެ ކައިރިއަށް ދިޔަ ވަގުތެވެ. އެތަނުން އެމީހުންނާ އަބްނައިރުގެ ލަޝްކަރުގެ މީހުންނާ ކުރިމަތިވިއެވެ. މި ދެބައި މީހުން ފެންގަނޑުގެ ދެފަރާތުގައި އެއްބަޔަކު އަނެއް ބަޔަކާ ކުރިމަތިލައިގެން ތިއްބެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 2:13
13 ပူးပေါင်းရင်းမြစ်များ  

ސަރޫވިޔަތުގެ ތިން ދަރިން ކަމަށްވާ ޔުއާބުއާއި އަބީޝާއި އާއި އަސާހިލު ވެސް ދާއޫދުގެފާނުގެ މީހުންގެ ތެރޭގައި އައިސް ތިއްބެވެ. އަސާހީލަކީ ހަލުއި ފުއްލާއެއްހާ ބާރަށް ދުވާ މީހެކެވެ.


ޔުއާބަކީ އިސްރާއީލުގެ ލަޝްކަރުގެ އިސްވެރިޔާ އެވެ. އަދި ޔޫޔާދަޢުގެ ދަރި ބަނާޔާ އަކީ ދާއޫދުގެފާނުގެ ހަށިފާރަވެރިންގެ ވެރިޔާއެވެ.


ޔުއާބުގެ ފައުޖު ޖިބްޢޫނުގެ ބޮޑުހިލައާ ހަމަޔަށް އަތުވެއްޖެއެވެ. އެތަނުން ޢަމާސާ އެމީހުންނާ ބައްދަލު ކުރުމަށް ނުކުތެވެ. ޔުއާބު ހުރީ ހަނގުރާމައިގެ ދަހަނާ އަޅާފައެވެ. އޭނާގެ އުނަގަނޑު ކަމަރުގައި އުރައަކަށް ލާފައި ޚަންޖަރެއް އޮތެވެ. އޭނާ ޢަމާސާގެ ގާތަށް ދިޔަ ވަގުތު އޭނާ އެޚަންޖަރު އަތަށް ވައްޓާލައިފިއެވެ.


ވަރުގަދަ ތިރީސް ފަހުލަވާނުންގެ ތެރޭގައި ޔުއާބުގެ ކޮއްކޮ އަސާހިލްއާއި ދޫދޫގެ ދަރި އަލްހާނާން ހިމެނެއެވެ. އޭނާއަކީ ބައިތުލަޙަމުގެ މީހެކެވެ.


އޭރު އެކަލޭގެފާނުގެ ލަޝްކަރުގެ ވެރިޔަކަށް ހުރީ ސަރޫވިޔަތުގެ ދަރި ޔުއާބެވެ. އަޚީލޫދުގެ ދަރި ޔޫޝާފާތު ހުރީ އެކަލޭގެފާނުގެ ތާރީޚު ލިޔާ މީހަކަށް.


ދާއޫދު ޙިއްޘީގެ އަޚީމާލިކުއާއި ސަރޫވިޔަތުގެ ދަރި ޔުއާބުގެ ބޭބެ އަބީޝާއި ކުރެން އެއްސެވެ. ”⁠ޝާއުލްގެފާނުގެ ފޭލިގެއަށް މަށާ އެކު ދާނީ ކާކު؟⁠“ އަބީޝާއި ބުންޏެވެ. ”⁠އަހަރެން ހިނގައިދާނަން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ