Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 2:1 - ކިތާބުލް މުޤައްދަސާ

1 އޭގެ ފަހުން ދާއޫދު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”⁠މިއަޅާ ޔަހޫޛާގެ އަވަށަކަށް ދާންވީ ތޯ؟⁠“ މާތްރަސްކަލާނގެ އެންގެވިއެވެ. ”⁠ދޭ!⁠“ ދާއޫދު ދެންނެވިއެވެ. ”⁠އަޅުގަނޑު ދާންވީ ކޮން ރަށަކަށްތޯ؟⁠“ ”⁠ޙަބްރޫނަށް ދޭ!⁠“ މާތްރަސްކަލާނގެ އެންގެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 2:1
26 ပူးပေါင်းရင်းမြစ်များ  

އެ ހިނދު އަބްރާމް އެކަލޭގެފާނުގެ ފޭލިގެ ނަންގަވައިގެން ދަތުރުކުރައްވާ ގޮސް ޙަބްރޫނުގެ ސަރަހައްދުގައިވާ މަމްރާގެ ބޮޑެތި ގަސްތަކުގެ ކައިރީ ފޭލިގެ ޖެއްސެވިއެވެ. މިތަނުގައި އެކަލޭގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރެއްވުމަށްޓަކައި ޤުރުބާން ކުރުމަށް އައްޓެއް ބިނާކުރެއްވިއެވެ.


ޔަޢުޤޫބުގެފާނަށް އެމަލާއިކަތުން ފެނިވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް މިފަދައިން ވިދާޅުވެވުނެވެ. ”⁠މިއީ މާތްކަލާނގެ މައިދާން!⁠“ އެގޮތުން އެތަނަށް މަޙަނާއިމް އޭ ވިދާޅުވެ އެކަލޭގެފާނު ނަންދެއްވިއެވެ.


މިގޮތުގައި ހަތަރު އަހަރު ވޭތިވެ ދިޔަފަހުން އޭނާ ރަސްގެފާނު ދާއޫދަށް ދެންނެވިއެވެ. ”⁠އަޅުގަނޑު ޙަބްރޫނަށް ގޮސްލުމުގެ ހުއްދަ ދެއްވާ. އެއީ އަޅުގަނޑު މާތްރަސްކަލާނގެއަށް ދަންނަވާފައިވާ ނަދުރެއް ފުއްދަން އޮތީމާ.


ދާއޫދުގެފާނު ޙަބްރޫންގައި ހަތް އަހަރާއި ހަ މަސްދުވަހު ޔަހޫޛާއިންގެ މައްޗަށް ރަސްކަން ކުރެއްވިއެވެ.


ދާއޫދުގެފާނު މާތްރަސްކަލާނގެ ޙަޟްރަތުގައި ސުވާލު ދެންނެވިއެވެ. ”⁠މިއަޅާ ފިލިސްޠީނީންނާ ހަނގުރާމަށް ދާންވީތޯ؟ ފިލިސްޠީނީން ބަލި ކުރުމަށް އިނބަރަސްކަލާނގެ މިއަޅާއަށް ވާގިވެރިވެ ވޮޑިގަންނަވާނަންތޯ؟⁠“ މާތްރަސްކަލާނގެ ދާއޫދުގެފާނަށް ޖަވާބު ދެއްވިއެވެ. ”⁠ތިމަންކަލާނގެ ކަލޭގެފާނު ފިލިސްޠީނީންގެ މައްޗަށް ބާރުވެރި ކޮށް ކަލޭގެފާނަށް އެހީތެރިވާނެ ކަމުގެ ޔަޤީންކަން ދެން.⁠“


މިވާހަކަ ދާއޫދުގެފާނު މާތްރަސްކަލާނގެއަށް ދެންނެވުމުން އެކަލާނގެ ދާއޫދުގެފާނަށް އެންގެވިއެވެ. ”⁠އެތަނަށް ނުދޭ. ފިލިސްޠީނުންގެ ފައުޖުގެ ފުރަގަހުން ގޮސް ބަލްސާން ގަސްތަކުގެ ކުރިމަތިން ހަމަލަ ދީ.


ދެން އެމީހުން މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”⁠އެ މީހާ މިތާނގައި ނެތީތޯ؟⁠“ އެކަލާނގެ އެންގެވިއެވެ. ”⁠އޭނާ ފޮށިތަންމަތިތަކުގެ ތެރޭ ފިލާ އެބައޮތް.⁠“


ދާއޫދު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”⁠މިއަޅާ ގޮސް ފިލިސްޠީނުންނަށް ހަމަލަ ދޭންވީތޯ.⁠“ މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ގޮސް ފިލިސްޠީނުންގެ އަތްދަށުން ޤަޢީލާ ސަލާމަތް ކޮށްދީ.⁠“


ދާއޫދު އަނެއްފަހަރު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠ޤަޢީލާއަށް ގޮސް ފިލިސްޠީނުންނަށް ހަމަލަދީ. ތިމަންކަލާނގެ ކަލޭމެންނަށް ނަސްރު ދޭނަން.⁠“


ޙަބްރޫނު، އަދި ދާއޫދުއާއި އޭނާގެ މީހުން ދިޔަ އެހެނިހެން ތަންތަނަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ