Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 19:9 - ކިތާބުލް މުޤައްދަސާ

9 އިސްރާއީލުގެ އެންމެހައި ގަބީލާތަކުގެ މެދުގައި އަރާރުން ވަމުން ދަނީއެވެ. ”⁠އަހަރެމެން ފިލިސްޠީނީންނާއި އެނޫން ވެސް ދުޝްމަނުންގެ އަތްދަށުން ސަލާމަތް ކޮށް ދެއްވީ ދާއޫދުގެފާނު. އެކަމަކު އަބްޝާލޫމްއާ ކުރިމަތި ނުލައްވައި ފިއްލަވައިގެން އެކަލޭގެފާނު އެވަޑައިގެންނެވީ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 19:9
15 ပူးပေါင်းရင်းမြစ်များ  

ދާއޫދުގެފާނު އެކަލޭގެފާނުގެ އަރިހު ބޭކަލުން އެއްކުރައްވައި ވިދާޅުވިއެވެ. ”⁠ޖެރޫސަލަމުގައި ތިބި އެބައެއްގެ މީހުންނާއެކު އަހަރެމެން މިރަށުން ބޭރުވާން ޖެހިއްޖެ. އަހަރެމެން މިރަށުގައި ތިބެއްޖެއްޔާ އަބްޝާލޫމް އައިސް އަހަރެމެން އެންމެންގެ ދުވަސް ދުއްވާލާނެ. އޭނާގެ އަތްދަށު ވުމުގެ ކުރީގައި އަހަރެމެން އެންމެން މިތަނުން އަވަހަށް ދާންހިނގާ. އެހެންނޫނީ އޭނާ އައިސް އަހަރެމެން ބަލިކޮށް ޖެރޫސަލަމުގެ އާންމުން ވެސް މަރާލާފާނެ.⁠“


އެއަށް ފަހު އެމީހުން އަބްޝާލޫމްގެ މަސްގަނޑު ގެންގޮސް ވަލުތެރޭގައި ހުރި ވަޅަކަށް ވައްޓާލައި ވަޅަށް ގާއަޅައި ފަސްލައިފިއެވެ. ދެން އަބްޝާލޫމްއާއެކު އައި އެންމެން ފިލައިގެން ރަށަށް ހިނގައްޖެއެވެ.


އަހަރެމެންގެ ރަސްކަލަކަށް އިސްކުރި އަބްޝާލޫމް ހަނގުރާމައިގައި އަވަހާރަވެއްޖެ. އެހެންވީމާ އަހަރެމެންގެ މައްޗަށް ވެރިކަން ހިންގެވުމަށް އަނެއްކާވެސް ދާއޫދުގެފާނު އިސްނުކޮށް ކަލޭމެން ތިޔަ ތިބެނީ ކީއްވެ؟⁠“


ރަސްގެފާނު އުރުދުން ކޯރު ހުރަސްކުރައްވައި ޖިލްޖާލަށް ވަޑައިގެންފިއެވެ. އޭރު ކިމްހާމު ވެސް އެކަލޭގެފާނާއެކު އައެވެ. އޭރު ޔަހޫޛާގެ ސިފައިން އެންމެންނާއި އިސްރާއީލުގެ ދެބައިކުޅައެއްބައި ސިފައިން ކޯރު އައްސޭރިއަށް އައިސް ތިއްބެވެ.


މިއަޅާގެ އަމިއްލަ ޤައުމުގެ ދެކޮޅުވެރިންގެ އަތްދަށުން މިއަޅާ ސަލާމަތް ކުރެއްވީ އިނބަރަސްކަލާނގެއެވެ. މިއަޅާއަކީ އެ ޤައުމުތަކުގެ ވެރިޔަކަށް އިނބަރަސްކަލާނގެ ހެއްދެވިއެވެ. މިއަޅާ ނުވެސް ދަންނަމީހުން އެވަނީ މިއަޅާގެ ޚިދުމަތުގައެވެ.


ދެން ދާއޫދުގެފާނު ބަޢަލް ފަރާޒީމަށް ވަޑައިގެން ފިލިސްޠީނީން ބަލިކުރައްވައިފިއެވެ. ދާއޫދުގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ފިލިސްޠީނުންގެ މައްޗަށް އަހަރެމެންނަށް ފަތަޙަ ދެއްވީ ފެން ހަރުލާފައިވާ ސަތަރިއެއް ފޫދިޔައިމާ ފެން ފައިބައިގަންނަ ފަދައިން.⁠“ އެހެން ކަމުން އެތަނަށް ”⁠ބަޢަލް ފަރާޒީމު⁠“ މިހެން ނަން ކިއުނެވެ.


އެހެންވެ އަޅުގަނޑު ބުނިން. އެމީހުންގެ ތެރޭން މީހެއްގެ އަތުގައި ރަނެއް ޖަވާހިރެއް ހުރިއްޔާ އެއެއްޗެއް ގެންނާށޭ. އެއެއްޗެހި ގެނެސް އަޅުގަނޑު އަލިފާނަށް ލުމުން އެއިން ނުކުތީ މި ގެރި!⁠“


ދާއޫދު ކަނޑިއެއް ލޮންސިއެއް ބޭނުން ނުކޮށް ސާޅަނގައަކަށް ލައި ދޫކޮށްލި ގާގަނޑަކުން ޖަހައި އެއޮތް ވަރުގަދަ ޖުލިޔާތު މަރާ ވައްޓާލިއެވެ.


ރަސްގެފާނު އެމީހުންނަށް އަމުރު ކުރެއްވިއެވެ. ”⁠ގޮސް ބުނޭ ކައިވެނީގެ ރަނަކަށް ރަސްގެފާނު ބޭނުންފުޅުހާ ވެސް އެއްޗަކީ ސަތޭކަ ފިލިސްޠީނުން މަރައި އެމީހުންގެ ޚިތާނު ކުރެވުނު ކަމުގެ ނިޝާނޭ. އެއީ އަދާވާތްތެރިންގެ ކިބައިން ބަދަލު ހިފުމަށޭ.⁠“ ޝާއުލްގެފާނުގެ ރޭއްވެވުމަކީ ދާއޫދު ފިލިސްޠީނުންގެ އަތްދަށު ކޮށް މަރާލުމެވެ.


އޭނާގެ ފުރާނަ އަތްމައްޗަށް ލައިގެން ނުކުމެ ޖުލިޔާތު ގަތުލު ކުރި. އަދި މާތްރަސްކަލާނގެ ބަނީ އިސްރާއީލުންނަށް އެވަރުގެ ކާމިޔާބެއް ދެއްވީމާ ބައްޕަވެސް އުފާފުޅު ކުރެއްވި. މިހާރު ދާއޫދު ކަހަލަ ކުށެއްނެތް މީހަކު މަރައިގެން އެ ފާފަ އިސްތަށިފުޅުގައި އަޅުއްވަން ތިޔަ އުޅުއްވަނީ ކީއްވެތޯ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ