Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 19:8 - ކިތާބުލް މުޤައްދަސާ

8 ދެން ރަސްގެފާނު ރަށުގެ ބޮޑު ދޮރޯށި ދޮށަށް ވަޑައިގެން ގޮނޑިކޮޅުގައި އިށީދެވަޑައިގެންފިއެވެ. ރަސްގެފާނު ދޮރާށި ދޮށުގައި އިންނެވި ޚަބަރު ލިބިގެން ހުރިހާ އެންމެން ރަސްގެފާނު ފައިންޕުޅުދެކެން އަންނަން ފަށައިފިއެވެ. އޭރު އަބްޝާލޫމްއާއެކު ހަނގުރާމައަށް އައި އިސްރާއީލުގެ އެންމެން ވަނީ ދުވެ ފިލާފައެވެ. އެމީހުން ގޭގެއަށް އެނބުރި ހިނގައްޖެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 19:8
10 ပူးပေါင်းရင်းမြစ်များ  

ކޮންމެ ދުވަހަކު އަބްޝާލޫމް ފަތިހު ތެދުވެ ރަށްބޭރު ދޮރުމައްޗަށް ނުކުމެ ހުރެއެވެ. އެއްވެސް މީހަކު ކަމެއް ދަމެއް ބޮޑުވެގެން ރަސްގެފާނުގެ ފައިންޕުޅު ދެކެން އަތުވެއްޖެއްޔާ އަބްޝާލޫމް އެމީހެއް ކުރެން އޭނާ އައީ ކޮން އަވަށަކުންތޯ އަހައި އޮޅުންފިލުވައެވެ. އެމީހާ ބުނެފާނެއެވެ. ތިމަން މިއީ އިސްރާއީލުގެ އެވެނި މިވެނި ގަބީލާއަކުން އައި މިވެނި ދަރިކޮޅެއް ގެ މީހެކެވެ.


އެއަށް ފަހު އެމީހުން އަބްޝާލޫމްގެ މަސްގަނޑު ގެންގޮސް ވަލުތެރޭގައި ހުރި ވަޅަކަށް ވައްޓާލައި ވަޅަށް ގާއަޅައި ފަސްލައިފިއެވެ. ދެން އަބްޝާލޫމްއާއެކު އައި އެންމެން ފިލައިގެން ރަށަށް ހިނގައްޖެއެވެ.


ދާއޫދު ރަސްގެފާނު އޭރު ވެސް އިންނެވީ ރަށްބޭރު ބޮޑު ދޮރާށި ދޮށުގައެވެ. ފާރަވެރި ކަލޭގެ ދޮރާށި ފުރާޅު މައްޗަށް އަރައި ބަލާލި އިރު އެކަނި އަންނަ މީހަކު އެކަލޭގެއަށް ފެނިއްޖެއެވެ.


ރަސްގެފާނު އެމީހުންގެ ގާތު ވިދާޅުވިއެވެ. ”⁠ކަލޭމެންނަށް ރަނގަޅުހެން ހީވާގޮތަކަށް އަހަރެން ހަދާފާނަން.⁠“ ދެން ރަސްގެފާނު ރަށްބޭރު ބޮޑު ދޮރޯށި ކާރީގައި މަޑު ކުރައްވައިފިއެވެ. ފައުޖުތައް ސަތޭކައިން ހާހުން ނުކުމެގެން ދާން ފަށައިފިއެވެ.


ދެން އެމީހުން ހިމޭންކަމާއެކު ރަށަށް އަތުވެއްޖެއެވެ. ހަނގުރާމައިން ބަލިވެގެން ލަދުން ފިލަން އައި ބައެއް ފަދައިންނެވެ.


މިހެންވެ ފިލިސްޠީނުން ހިތްވަރު ކޮށްފައި ހަނގުރާމަ ކުރިއެވެ. އިސްރާއީލީން ބަލިވެ އެއެންމެން ގެއާ ދިމާއަށް ދުއްވައިގެންފިއެވެ. މިއީ އިސްރާއީލުންނަށް ލިބުނު ވޭންދެނިވި ބަލިވުމެކެވެ. އެމީހުން ގެ ތިރީސް ހާސް ސިފައިން މަރުވެ ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ