2 ޞަމޫއީލް 19:5 - ކިތާބުލް މުޤައްދަސާ5 ޔުއާބު، ރަސްގެފާނު ހުންނެވި ތަނަށް އަތުވެއްޖެއެވެ. އޭނާ ރަސްގެފާނަށް ދެންނެވިއެވެ. ”މިއަދު ކަލޭގެފާނު ކަލޭގެފާނުގެ އެންމެހާ މީސްތަކުން ދެރަކުރައްވައި ލަދުގަންނަވާލައްވައިފި. ނިކަން ބައްލަވާ އެ ލަޝްކަރު އެންމެން ކަލޭގެފާނުގެ ފުރާނަފުޅު ސަލާމަތް ކުރައްވައި ކަލޭގެފާނުގެ ހުރިހާ އަނބި ދަރިންތަކާއި ޖާރިޔާއިންގެ ފުރާނަ ސަލާމަތް އެ ކޮށްދިނީ. အခန်းကိုကြည့်ပါ။ |
ކަލޭގެފާނު އެމީހުން ކޮށްދިން ކަންތަކާ މެދު ޝުކުރު އަދާ ކުރެއްވުމުގެ ބަދަލުގައި އެމީހުން ދެކެ ތިޔަ ނުރުހުން ފާޅު ކުރައްވަނީ. ކަލޭގެފާނު ލޯބިފުޅު ވަނީ ކަލޭގެފާނަށް ނަފްރަތު ކުރާ މީހުން ދެކެ. ކަލޭގެފާނަށް ލޯބިކުރާ މީހުންނާމެދު ކަލޭގެފާނު ތިޔަ ނަފްރަތު ވެ ވަޑައިގަންނަވަނީ. މިއަދު ކަލޭގެފާނު ސާފު ބަހުން ތިޔަ ވިދާޅުވަނީ ކަލޭގެފާނާއެކުގައި މިތިބަ އެންމެހާ ހަނގުރާމަވެރިންނަކީ ކަލޭގެފާނުގެ ކުރިފުޅުމަތީ އެއްވެސް އަގެއް ހުރި ބައެއް ނޫނޭ. އަޅުގަނޑަށް ހީވަނީ މިއަދު އަޅުގަނޑުމެން އެންމެން މަރުވެފައި ވެސް އަބްޝާލޫމް ސަލާމަތްވިނަމަ ކަލޭގެފާނު މާ އުފާފުޅުވީސް ހެން.