Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 19:43 - ކިތާބުލް މުޤައްދަސާ

43 އިސްރާއީލީން ބުންޏެވެ. ”⁠ދާއޫދުގެފާނުގެ ރަސްކަމުގެ މައްޗަށް ދިހަ ގުނަ ޙައްޤު އަހަރެމެންނަށް އޮންނާނެ. އެހެންވީ އިރު އެކަލޭގެފާނުގެ މައްޗަށް ކަލޭމެންނަށް ވުރެ އަހަރެމެން މާއައުލާކަން ބޮޑުވާނެ. ކަލޭމެންގެ ކުރިމަތީގައި އަހަރެމެން ތިޔަހާ ނިކަމެތި ކޮށްލަނީ ކީއްވެތަ؟ ރަސްގެފާނު އަނބުރާ ގެންދަން ފުރަތަމަ ވާހަކަ ދެއްކީ ވެސް އަހަރެމެންނެއް ނޫންތަ؟⁠“ އެކަމަކު ޔަހޫޛާގެ މީހުން އިސްރާއީލީން ދެރަކޮށްލައިފިއެވެ. އިސްރާއީލީންގެ ބަހަށް ވުރެން ޔަހޫޛާގެ ބަސް ގަދަ ކޮށްފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 19:43
23 ပူးပေါင်းရင်းမြစ်များ  

މި ބަސްތަކުން ދާއޫދުގެފާނު ޔަހޫޛާގެ އެންމެހައި މީހުންގެ ހިތްތައް އަތުލައްވައިފިއެވެ. އެހެންވެ އެ އެންމެން އެކު އެކީގައި މިކަމާ ރުހިއްޖެއެވެ. އެހެނީ އެއެންމެނަކީ ވެސް އެއްބައެކެވެ. ޔަހޫޛާގެ މީހުން ދާއޫދުގެފާނަށް ޚަބަރު ފޮނުވައިފިއެވެ. އެމީހުން ބުންޏެވެ. ”⁠ކަލޭގެފާނާއި ކަލޭގެފާނުގެ އެންމެން އެނބުރި ވަޑައިގަންނަވާ!⁠“


އިސްރާއީލުގެ އެންމެހައި ގަބީލާތަކުގެ މެދުގައި އަރާރުން ވަމުން ދަނީއެވެ. ”⁠އަހަރެމެން ފިލިސްޠީނީންނާއި އެނޫން ވެސް ދުޝްމަނުންގެ އަތްދަށުން ސަލާމަތް ކޮށް ދެއްވީ ދާއޫދުގެފާނު. އެކަމަކު އަބްޝާލޫމްއާ ކުރިމަތި ނުލައްވައި ފިއްލަވައިގެން އެކަލޭގެފާނު އެވަޑައިގެންނެވީ.


އެތަނުގައި ބިކްރީގެދަރި ޝަބަޢަ ހުއްޓެވެ. އޭނާ އަކީ ވަރަށް ނުބައި މީހެކެވެ. މި ޝަބަޢަ އަކީ ބަންޔާމީންގެ ދަރިކޮޅުގެ މީހެކެވެ. ޝަބަޢަ އޭނާގެ މީހުން އެއްތަން ކުރުމަށް ތާޅަފިލި ފުމެލައިފިއެވެ. އޭނާ ބުންޏެވެ. ”⁠އަހަރެމެންނަކާ ދާއޫދުއަކާ ވާކަމެއް ނެތް. އަހަރެމެންނަކާ ޔައްސާގެ ދަރިޔަކާ ވެސް ގުޅުމެއް ނެތް. އެންމެން ހިނގާ ގެޔަށް ދާން.⁠“


ދާއޫދުގެފާނު އަބީޝާއިގެ ގާތު ވިދާޅުވިއެވެ. ”⁠އަބްޝާލޫމަށް ވުރެން ބިކްރީގެ ދަރި ޝަބަޢަގެ ނުރައްކާ އަހަރެމެންނަށް މާ ބޮޑު. އަހަރެމެންގެ ސިފައިން ގޮވައިގެން ގޮސް ޝަބަޢަގެ ކަންތައް ނިންމާލާ. އެހެންނޫނީ އޭނާ ގޮސް ކިއްލާއެއްގެ ފާރުން އެތެރެވެދާނެ. އެކަލޭގެ ރައްކާތެރި ރަށަކަށް ވަދެއްޖެއްޔާ އަތުލައެއް ނުގަނެވޭނެ.⁠“


އިސްރާއީލުގެ ހުރިހާ ގަބީލާއަކުން ދާއޫދުގެފާނުގެ ފައިންޕުޅު ދެކެން އަތުވެއްޖެއެވެ. އެމީހުން ދެންނެވިއެވެ. ”⁠އަޅުގަނޑުމެން މީ ކަލޭގެފާނާ އެއް ލޭ ހިނގާ ކަލޭގެފާނުގެ އާއިލާގެ މީހުން.


ބޮޑާކަމުން ގެނެސްދެނީ މަސްއަލަތަކެވެ. ނަސޭހަތް އަޑު އެހުމަކީ ބުއްދިވެރިންގެ ކަމެކެވެ.


މަޑުމައިތިރި ޖަވާބަކުން އަނެކާގެ ރުޅިމަޑުވެއެވެ. ހަރުކަށި ޖަވާބަކުން ރުޅިގަނޑު ހުޅުފަޅައެވެ.


އަރައިރުމެއް ފެށުމެކޭ ހިފަހައްޓާފައި ހުރި ފެންގަނޑެއްގެ ދޮރާށި ހުޅުވާލުމެކޭ އެއްފަދައެވެ. ޒުވާބެއް ފެށުމުގެ ކުރީގައި އެކަން ހުއްޓުވާށެވެ.


ނުރުހިފައި ހުރި ރައްޓެއްސަކު ރުއްސުން ރަށްބޭރު ބޮޑުފާރު ތަޅާލުމަށް ވުރެން އުނދަގުލެވެ. ދެ ރައްޓެހިންގެ ދެމެދު ކުރެވޭ ޒުވާބަކުން ދަގަނޑުބަންދު އެޅި ދޮރެއްގެ ދެފަރާތުގައި ދެމީހުން ގައިދުވެދެއެވެ.


ނަމަވެސް ކަލޭމެން އެކަކު އަނެކަކު ދެކެ ލޯބިވުމުގެ ބަދަލުގައި އަބަދު އެކަކު އަނެކަކާ ދެކޮޅުވެ އެކަކު އަނެކަކުގެ ނެތިމޮށެނީ ނަމަ ހަނދާންކުރާށެވެ. ކަލޭމެން އެކަކު އަނެކަކު މުޅިން ނެތި ވީރާނާ ކޮށްލާނެއެވެ.


ބުދަށް އަޅުކަންކުރުން، ފަންޑިތަ ސިހުރު ހެދުން، މީހުންނަށް ނަފްރަތު ކުރުން، މީހުންނާ ނުގުޅުން، މީހުންނާއި ހަސަދަވެރިވުން، ރުޅިއައުން، އަމިއްލަ އެދުންބޮޑުވުން، ބައިބައިވުން އުފެއްދުން، އެމީހަކާ އެއްބަސްނުވާ އެންމެންނަކީ ނުބައި މީހުން ކަމުގައި ދުށުން،


ވީމާ ބޮޑާވެ ކިބުރުވެރިވެ، މީހުން ހިތުގައި ޖައްސައި، އެކަކު އަނެކަކާ މެދު ހަސަދަވެރި ނުވާށެވެ.


ތިޔަބައިމީހުންގެ ޢަޒުމުގައި އަމިއްލަ އެދުން އިސްނުކުރާށެވެ. އަދި އަގުވެއްޓިދާފަދަ ސަޅިބައިސާތަކުގެ އެދުންތަކުން އެއްކިބާވެ ތިބޭށެވެ. އެއާއެކު، ތިމާއަށް ވުރެން އަނެކާގެ ހާލާއިމެދުގައި އަބަދުވެސް އިސްކަން ދޭށެވެ.


ސަބަބަކީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާފަދަ އިޚުލާސްތެރި ޙަޔާތެއްގައި ވުމަށް ކަލޭމެންނަށް ރުޅި އެހީތެރިވެ ނުދޭނޭތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ