Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 19:42 - ކިތާބުލް މުޤައްދަސާ

42 ޔަހޫޛާގެ މީހުން އިސްރާއީލުންނަށް ޖަވާބު ދިނެވެ. ”⁠އެގޮތަކީ ރަސްގެފާނަކީ އަހަރެމެންގެ ގާތްތިމާގެ ބޭކަލެއް. އެކަމާ އަހަރެމެންދެކެ ކަލޭމެން ރުޅިއަންނަންވީ ކީއްވެ؟ އަހަރެމެން ކައިބޮއިހަދަނީ ރަސްގެފާނު ޚަރަދު ކުރައްވައިގެންނެއް ނޫން. ރަސްގެފާނު އަހަރެމެންނަކަށް އެއްވެސް ހަދިޔާއެއް ވެސް ދެއްވަނީއެއް ނޫން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 19:42
6 ပူးပေါင်းရင်းမြစ်များ  

އެމީހުންގާތު ބުނޭ ކަލޭމެން ތީ އަހަރެންގެ އެއްބަޑުއެއްބަފާ މީހުންނޭ. އަހަރެންގެ އާއިލާގެ މީހުންނޭ. އެހެންވީއިރު އަހަރެން އަނބުރާ ރަސްކަމަށް ގެންނަން ކަލޭމެން ފަސްޖެހެނީ ކީއްވެހޭ؟⁠‘


އިސްރާއީލީން ބުންޏެވެ. ”⁠ދާއޫދުގެފާނުގެ ރަސްކަމުގެ މައްޗަށް ދިހަ ގުނަ ޙައްޤު އަހަރެމެންނަށް އޮންނާނެ. އެހެންވީ އިރު އެކަލޭގެފާނުގެ މައްޗަށް ކަލޭމެންނަށް ވުރެ އަހަރެމެން މާއައުލާކަން ބޮޑުވާނެ. ކަލޭމެންގެ ކުރިމަތީގައި އަހަރެމެން ތިޔަހާ ނިކަމެތި ކޮށްލަނީ ކީއްވެތަ؟ ރަސްގެފާނު އަނބުރާ ގެންދަން ފުރަތަމަ ވާހަކަ ދެއްކީ ވެސް އަހަރެމެންނެއް ނޫންތަ؟⁠“ އެކަމަކު ޔަހޫޛާގެ މީހުން އިސްރާއީލީން ދެރަކޮށްލައިފިއެވެ. އިސްރާއީލީންގެ ބަހަށް ވުރެން ޔަހޫޛާގެ ބަސް ގަދަ ކޮށްފިއެވެ.


ދެން ޔަހޫޛާ ގަބީލާގެ މީހުން ޙަބްރޫނަށް އައިސް ދާއޫދުގެ ބޮލަށް ތެޔޮއަޅައި ރަސްކަމަށް އިސްކޮށްފިއެވެ. ޝާއުލްގެފާނު ގެންގޮސް ވަޅުލީ ޔާބީޝް ޖިލްޢާދުގެ މީހުންކަން ދާއޫދު ރަސްގެފާނަށް އިވި ވަޑައިގެންފިއެވެ.


އިސްރާއީލުގެ ހުރިހާ ގަބީލާއަކުން ދާއޫދުގެފާނުގެ ފައިންޕުޅު ދެކެން އަތުވެއްޖެއެވެ. އެމީހުން ދެންނެވިއެވެ. ”⁠އަޅުގަނޑުމެން މީ ކަލޭގެފާނާ އެއް ލޭ ހިނގާ ކަލޭގެފާނުގެ އާއިލާގެ މީހުން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ