2 ޞަމޫއީލް 19:40 - ކިތާބުލް މުޤައްދަސާ40 ރަސްގެފާނު އުރުދުން ކޯރު ހުރަސްކުރައްވައި ޖިލްޖާލަށް ވަޑައިގެންފިއެވެ. އޭރު ކިމްހާމު ވެސް އެކަލޭގެފާނާއެކު އައެވެ. އޭރު ޔަހޫޛާގެ ސިފައިން އެންމެންނާއި އިސްރާއީލުގެ ދެބައިކުޅައެއްބައި ސިފައިން ކޯރު އައްސޭރިއަށް އައިސް ތިއްބެވެ. အခန်းကိုကြည့်ပါ။ |
ކަލޭގެފާނުގެ ދީލަތި ކަމާއެކު އަޅުގަނޑު ގެއަށް ފޮނުއްވާ ދެއްވާ. އޭރުން އަޅުގަނޑުގެ ރަށުގައި އަޅުގަނޑު މަރުވެ ހިނގައިދާނެ. އަދި މައިންބަފައިންގެ ގަބުރުސްތާނުގައި ވަޅުލެވިދާނެ. މިތަނުގައި މިހިރީ ކަލޭގެފާނުގެ ޚާދިމު އަޅުގަނޑުގެ ދަރިފުޅު ކިމްހާމު. އޭނާ ކަލޭގެފާނާއެކު ގެންދަވާ. ކަލޭގެފާނު އޭނާއާމެދު ކަންތައް ކުރައްވާނެ ގޮތަކަށް ކަންތައް ކުރައްވާ.“
އަދި އެއްބަޔަކު އީސާގެފާނުގެ ކުރިފުޅުމަތީގައި އަދި އަނެއް ބަޔަކު އެކަލޭގެފާނުގެ ފަހަތްޕުޅުގައި މިފަދައިން ގޮވަމުން ދިޔައެވެ. ”ދާއޫދުގެފާނުގެ ދަރިކަލުންނަށް ޙަމްދުހުރި! މާތްރަސްކަލާނގެ ނަންފުޅުގައި ވަޑައިގަންނަވާ ސާހިބުވަންތަ ފަރާތަށް ރަޙުމަތް ލައްވާނދޭ! އުޑުގައި ވޮޑިގެންވާ ރަސްކަލާނގެ ކިބަފުޅަށް ޙަމްދުހުރި!“