2 ޞަމޫއީލް 19:4 - ކިތާބުލް މުޤައްދަސާ4 ރަސްގެފާނު މޫނުފުޅުމަތީ އަތްޕުޅު ބާއްވައިގެން ހަރުއަޑުން ކީރިތި ކުރައްވަނީއެވެ. ”މަގޭ ދަރިފުޅު އަބްޝާލޫމް މަގޭ ދަރިފުޅު އަބްޝާލޫމް.“ အခန်းကိုကြည့်ပါ။ |
ދެން ރަސްގެފާނަށް އަބްޝާލޫމް މަރުވެއްޖެކަން އެނގިވަޑައިގެންފިއެވެ. އެވަގުތު ރަސްގެފާނު ތުރުތުރު ލައިގެންފިއެވެ. އެކަލޭގެފާނު ބޮޑުފާރުދޮށުގައި ހުރި ކޮޓަރިއަކަށް ވަންނަވައި ހަރު އަޑުން ކީރިތި ކުރައްވަން ފައްޓަވައިފިއެވެ. އެކަލޭގެފާނު މިހެން ވިދާޅުވަމުން ގެންދެވިއެވެ. ”މަގޭ ދަރިފުޅު އަބްޝާލޫމް، މަގޭ ދަރިފުޅު އަބްޝާލޫމް. ކަލޭގެ ބަދަލުގައި އަހަރެން މަރުވިނަމަ ކޮންފަދަ. އަބްޝާލޫމް، މަގޭ ދަރިފުޅު އަބްޝާލޫމް!“
ޔުއާބު، ރަސްގެފާނު ހުންނެވި ތަނަށް އަތުވެއްޖެއެވެ. އޭނާ ރަސްގެފާނަށް ދެންނެވިއެވެ. ”މިއަދު ކަލޭގެފާނު ކަލޭގެފާނުގެ އެންމެހާ މީސްތަކުން ދެރަކުރައްވައި ލަދުގަންނަވާލައްވައިފި. ނިކަން ބައްލަވާ އެ ލަޝްކަރު އެންމެން ކަލޭގެފާނުގެ ފުރާނަފުޅު ސަލާމަތް ކުރައްވައި ކަލޭގެފާނުގެ ހުރިހާ އަނބި ދަރިންތަކާއި ޖާރިޔާއިންގެ ފުރާނަ ސަލާމަތް އެ ކޮށްދިނީ.