Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 19:37 - ކިތާބުލް މުޤައްދަސާ

37 ކަލޭގެފާނުގެ ދީލަތި ކަމާއެކު އަޅުގަނޑު ގެއަށް ފޮނުއްވާ ދެއްވާ. އޭރުން އަޅުގަނޑުގެ ރަށުގައި އަޅުގަނޑު މަރުވެ ހިނގައިދާނެ. އަދި މައިންބަފައިންގެ ގަބުރުސްތާނުގައި ވަޅުލެވިދާނެ. މިތަނުގައި މިހިރީ ކަލޭގެފާނުގެ ޚާދިމު އަޅުގަނޑުގެ ދަރިފުޅު ކިމްހާމު. އޭނާ ކަލޭގެފާނާއެކު ގެންދަވާ. ކަލޭގެފާނު އޭނާއާމެދު ކަންތައް ކުރައްވާނެ ގޮތަކަށް ކަންތައް ކުރައްވާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 19:37
15 ပူးပေါင်းရင်းမြစ်များ  

އަހަރެން ނިޔާވުމުން އަހަރެން މިޞްރުން ބޭރަށް ގެންގޮސް އަހަރެންގެ ކާބަފައިން ފަސްދާނު ލެވިފައިވީ ތަނުގައި އަހަރެން ވަޅުލައިދީ.⁠“ ޔޫސުފުގެފާނު ޖަވާބުގައި މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަ ވިދާޅުވި ފަދައިން އަހަރެން އަމަލު ކުރާނަމު.⁠“


އެއަށް ފަހު، އިސްރާއީލުގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެންނާއި ދިމާލަށް ނިކަން ބަލާލަބަލަ. އަހަރެން މިހާރު މިވަނީ މަރުވާން ތައްޔާރުވެފަ. ނަމަވެސް މާތްކަލާނގެ ވަނީ ދަރިފުޅާއި އެކުގައި. އަދި ދަރިފުޅުގެ ކާބަފައިންގެ ރަށްކަމުގައިވާ ކަންޢާނުއަށް ދަރިފުޅު އެނބުރި ގެންދަވާނެމެ.


އެކަލޭގެފާނުގެ ހަށިކޮޅު ކަންޢާނުއަށް ގެންގޮސް މަމްރާގެ އިރުމަތީފަރާތުގައިވާ މަކްފީލަތު ދަނޑުގައިވާ ހޮހަޅައިގައި ފަސްދާނު ލެއްވިއެވެ. މި ބިމަކީ އިބްރާހީމްގެފާނު ޙިއްޘީންގެ ޢިފްރޫނު އަތުން ގަބުރުސްތާނެއްގެ ގޮތުގައި ބޭނުން ކުރެއްވުމަށް ބައްލަވައިގަތް ބިމެވެ.


ކަލޭގެފާނާއެކު ކޯރު ހުރަސްކޮށް އަޅުގަނޑު ތަންކޮޅަކަށް ހިނގައިދާނަން. އެކަމަކު އަޅުގަނޑު ގެންދަވައި ތިޔަ ދެއްވާ އިނާމެއް އަޅުގަނޑަކަށް ޙައްޤެއް ނޫން.


ރަސްގެފާނު ވިދާޅުވިއެވެ. ”⁠ކިމްހާމު އަހަންނާއެކު ދާނެ. ކަލެއަށްޓަކައި އަހަރެން އޭނާއާމެދު ރަނގަޅަށް ކަމޭ ހިތާނަން. އަހަރެން މިހިރީ ކަލޭ ބޭނުންވާ ކޮންމެ ކަމެއް ކޮށް ދޭން.⁠“


ރަސްގެފާނު އުރުދުން ކޯރު ހުރަސްކުރައްވައި ޖިލްޖާލަށް ވަޑައިގެންފިއެވެ. އޭރު ކިމްހާމު ވެސް އެކަލޭގެފާނާއެކު އައެވެ. އޭރު ޔަހޫޛާގެ ސިފައިން އެންމެންނާއި އިސްރާއީލުގެ ދެބައިކުޅައެއްބައި ސިފައިން ކޯރު އައްސޭރިއަށް އައިސް ތިއްބެވެ.


އަހަރެން ނިމިދިއުމުގެ ވަގުތު މިހާރު މިވަނީ އައިސްފައެވެ. އަދި އަހަރެންގެ ޙަޔާތު މިވަނީ މާތްރަސްކަލާނގެއަށްޓަކައި ހުށަހެޅުމަށް ތައްޔާރުވެފައިވާ ޙާލަތެއްގައެވެ.


ނަމަވެސް އަހަރެންގެ ޙަޔާތުގައި މާގިނަ މުއްދަތެއް ނުވާކަމުގައި މާތްސާހިބާ އީސާ އަލްމަސީޙު އަހަރެންނަށް ދައްކުވައި ދެއްވައިފިއެވެ. އަހަރެންގެ ނިމުން މިވަނީ ވަރަށް ކައިރީގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ