2 ޞަމޫއީލް 19:33 - ކިތާބުލް މުޤައްދަސާ33 ދާއޫދުގެފާނު ބަރުޒިއްލާއިއަށް ވިދާޅުވިއެވެ. ”ކޯރު ހުރަސްކޮށް މަށާއެކު އާދޭ. އަހަރެންނާއެކު ކަލޭ ޖެރޫސަލަމަށް އަތުވެއްޖެއްޔާ އަހަރެން ކަލޭ ގެންގުޅެ ބަލަހައްޓާނަން.“ အခန်းကိုကြည့်ပါ။ |
ދެން ސީބާ ދާއޫދު ރަސްގެފާނަށް ދެންނެވިއެވެ. ”އަޅުގަނޑަކީ ސާހިބުމަނިކުފާނުގެ ޚާދިމެއް. މަނިކުފާނު އެންގެވި ގޮތެއް އަޅުގަނޑު ހަދާނަން.“ އޭގެ ފަހުން މަފީބޫޝަތު ކައިބޮއި ހަދަމުން ދިޔައީ ދާއޫދުގެފާނު ފަރީއްކުޅުއްވާ މޭޒުންނެވެ. އަދި ދާއޫދުގެފާނުގެ ދަރިކަލެކޭ އެއްގޮތަށް އޭނާއާމެދު ހުރިހާކަމެއް ވެސް ހަމަޖެހިފައި ހުރެއެވެ.
ނަމަވެސް ތިޔަބައިމީހުންނަށް ކުރިމަތިވި ވޭނީ ތުރާތަކަށް އެކަލާނގެ ލުއިކޮށް ދެއްވާނެއެވެ. އަހަރެމެންނާއި މެދުގައި ވެސް އެކަލާނގެ އެފަދައިން އަމަލު ކުރައްވާނެއެވެ. އެކަލާނގެ މިކަންތައް ކުރައްވާނީ މާތްސާހިބާ އީސާގެފާނު އެކަލޭގެފާނުގެ ބާރުގަދަ މަލާއިކަތުންނާއިގެން އުޑުން ފާޅުވެ ވަޑައިގަންނަވާ ހިނދުގައެވެ.