Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 19:30 - ކިތާބުލް މުޤައްދަސާ

30 މަފީބޫޝަތު ރަސްގެފާނަށް ދެންނެވިއެވެ. ”⁠އަޅުގަނޑުގެ ސާހިބު ރަސްގެފާނު. ކަލޭގެފާނު ސަލާމަތުން އެނބުރި ވަޑައިގެންނެވީމާ އަޅުގަނޑަށް އެ ނިމުނީ. ސީބާއަށް އެ ހުރިހާ ބިމެއް ދެއްވާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 19:30
7 ပူးပေါင်းရင်းမြစ်များ  

ޔޫނަތައިން އެވެ. އަހަރެން ތިޔަ އަޚާއަށްޓަކައި ހިތާމަ ކުރާނީ ކޮންފަދައަކުން ހެއްޔެވެ! ތިއީ އަހަންނަށް ކިހާ ހެޔޮ މީހެއް ހެއްޔެވެ! އަހަރެން ދެކެ ކިހާ ލޯބިވީ މީހެއް ހެއްޔެވެ! އެ ލޯތްބަކީ އިޝްގީ ލޯތްބަކަށް ވުރެން ވެސް މަތިވެރި ލޯތްބެކެވެ.


މިއެންމެން ކޯރު ހުރަސްކޮށް އައިސް ދާއޫދުގެފާނު ޔަހޫޛާއަށް ގެންދިއުމަށާއި އެކަލޭގެފާނަށް ބޭނުންވާ ކަމެއް ކޮށްދިނުމަށް އަވަސް ވެގެންފިއެވެ. ދާއޫދުގެފާނުގެ މީހުން ކޯރު އައްސޭރީގައި ތިއްބައި ޝިމްޢީ އެކަލޭގެފާނު ފައިންޕުޅު ދެކެން ކޯރު ހުރަސްކޮށް އަތުވެއްޖެއެވެ. އޭނާ ރަސްގެފާނަށް އަދަބު އަދާ ކުރުމަށް ބިންމަތީ މޫނު ޖައްސައިފިއެވެ.


ދާއޫދުގެފާނު މަފީބޫޝަތަށް ވިދާޅުވިއެވެ. ”⁠ކަލޭދެން ތިޔަކަމާ އަޅާލާނެ ކަމެއް ނެތް. އަހަރެން ނިންމައިފިން ކަލެއާއި ސީބާއާ ދެމީހުންނަށް އެ ބިންތައް ބަހައި ދިނުމަށް.⁠“


ރޫޖަލީމުން ޖިލްޢާދުގެ ބަރުޒިއްލާއި އައިސް ހުއްޓެވެ. އޭނާ އައީ ދާއޫދު ރަސްގެފާނު އުރުދުން ކޯރު ހުރަސްކުރެއްވުމުގެ އާރުކާޓީއެއްގެ ގޮތުގައެވެ.


ދެން ދާއޫދުގެފާނު ޝާއުލްގެފާނުގެ ޚާދިމު ސީބާ ގެންނަވާފައި ވިދާޅުވިއެވެ. ”⁠ޝާއުލްގެފާނުގެ އާއިލާގެ ހުރިހާ މުދަލެއް ކަލޭގެ ވެރިމީހާގެ ކާފަދަރި މަފީބޫޝަތަށް އަހަރެން ދީފިން.


އަހަރެން މަރާ ދޭތެރެއަކު ޖެހިލުމެއް ނުވަން. އަހަރެންނަށް އެންމެ މުހިންމު ކަމަކީ މާތް ސާހިބު އީސާގެފާނު އަހަރެންނާއި ހަވާލު ކުރެއްވި މަސައްކަތް ފުރިހަމައަށް ކޮށް ނިންމުން. އެ މަސައްކަތަކީ މާތްރަސްކަލާނގެ ދެއްވި ނިޢުމަތުގެ ހެޔޮޚަބަރުފުޅާއި އެކަލާނގެ މަތިވެރި ނިޢުމަތްފުޅުގެ ވާހަކަތައް މީސްތަކުންނަށް އަންގައިދިނުން.


ޙަޤީޤަތަށް ބުނާނަމަ އަހަރެންގެ ޙަޔާތުގައި ލަދުވެތި ވާން ޖެހޭފަދަ އެއްވެސް ޢަމަލެއް ކޮށްފައިނުވާނެ ކަމުގައި ފުރިހަމަ އުންމީދާއެކު ބަލަބަލައި ހުރީމެވެ. އަހަރެން ދިރިހުރި ކަމުގައިވިޔަސް އަދި މަރުވެ ދިޔަ ނަމަވެސްމެއެވެ. އަބަދުވެސް އަހަރެންނަށް އެދެވެނީ ހިތްވަރާއެކު ކުރީގައި ވެސް ފަދައިން އީސާގެފާނަށްޓަކައި ވުމެވެ. އެއީ އީސާއަލްމަސީޙަށް އަހަރެންގެ ފަރާތުން ގެނެސްދޭނީ ޝަރަފުވެރިކަން ލިބޭނެ ކަމުގެ އިތުބާރާއެކުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ