Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 19:29 - ކިތާބުލް މުޤައްދަސާ

29 ދާއޫދުގެފާނު މަފީބޫޝަތަށް ވިދާޅުވިއެވެ. ”⁠ކަލޭދެން ތިޔަކަމާ އަޅާލާނެ ކަމެއް ނެތް. އަހަރެން ނިންމައިފިން ކަލެއާއި ސީބާއާ ދެމީހުންނަށް އެ ބިންތައް ބަހައި ދިނުމަށް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 19:29
11 ပူးပေါင်းရင်းမြစ်များ  

ކަލޭގެފާނު ބޭނުންފުޅުނަމަ ކާފަގެ މުޅި އާއިލާ އެއްކޮށް ނައްތާ ލެއްވުމުގެ ޙައްޤު އޮތް. ވިޔަސް ކަލޭގެފާނު އެހެނެއް ނުހެއްދެވި. އޭގެ ބަދަލުގައި ކަލޭގެފާނުގެ މޭޒުކޮޅުމަތިން އަޅުގަނޑަށް ކާން ދެއްވީ. އެހެންވީއިރު ކަލޭގެފާނާ މެދު އެއްވެސް ޝަކުވާއެއް ކުރުމުގެ ޙައްޤެއް އަޅުގަނޑަކަށް ނެތް.⁠“


މަފީބޫޝަތު ރަސްގެފާނަށް ދެންނެވިއެވެ. ”⁠އަޅުގަނޑުގެ ސާހިބު ރަސްގެފާނު. ކަލޭގެފާނު ސަލާމަތުން އެނބުރި ވަޑައިގެންނެވީމާ އަޅުގަނޑަށް އެ ނިމުނީ. ސީބާއަށް އެ ހުރިހާ ބިމެއް ދެއްވާ.⁠“


ޝާއުލްގެފާނުގެ ޚާދިމުންގެ ތެރޭގައި ސީބާއޭ ކިޔާ މީހަކު ހުއްޓެވެ. ދާއޫދުގެފާނުގެ އެހީތެރީން ގޮސް އޭނާ ގެނެސްފިއެވެ. ދާއޫދުގެފާނު އެއްސެވިއެވެ. ”⁠ކަލޭ ތީ ސީބާތަ؟⁠“ ސީބާ ދެންނެވިއެވެ. ”⁠އާދެ މަސާހިބު! އަޅުގަނޑަކީ މަނިކުފާނުގެ ޚާދިމު ސީބާ.⁠“


ދާއޫދުގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ބިރުނުގަނޭ! އަހަރެން ކަލެއަށް އޯގާވެރިވާނަން. ކަލޭގެ ބައްޕައަށްޓަކައި ކަލެއާމެދު ހެޔޮކޮށް ހިތާނަން. އަހަރެން ކަލޭގެ ކާފަ ޝާއުލްގެފާނުގެ ހުރިހާ ބިމެއް ކަލެއަށް އަނބުރާ ދޭނަން. ކަލެއަށް ހުރިހާ އިރަކު ވެސް އަހަރެން ކާމޭޒުގައި ކާން ހުންނާނެ.⁠“


ދެން ދާއޫދުގެފާނު ޝާއުލްގެފާނުގެ ޚާދިމު ސީބާ ގެންނަވާފައި ވިދާޅުވިއެވެ. ”⁠ޝާއުލްގެފާނުގެ އާއިލާގެ ހުރިހާ މުދަލެއް ކަލޭގެ ވެރިމީހާގެ ކާފަދަރި މަފީބޫޝަތަށް އަހަރެން ދީފިން.


ކަން ހިނގިގޮތް ނުބަލައި ޖަވާބު ދިނުމަކީ މޮޔަ ލަދުވެތިކަމެކެވެ.


ނަމަވެސް މި ކަމަކީ ހަމައެކަނި މީނާ ދައްކާ ވާހަކަޔަކާ އަދި އޭނާ ބުނާ ވަކި ބައެއްގެ ނަންތަކަކާ އަދި ކަލޭމެން ބަނީއިސްރާއީލު މީހުންގެ އަމިއްލަ ޤާނޫނާ ބެހޭކަމެކޭ. ތިކަހަލަ ފާޑުފާޑުގެ ކަންތަކާ ދޭތެރޭ ކުރެވޭ ޝަރީޢަތްތައް ބަލާކަށް މަށަކަށް ނުޖެހޭނެއޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ