Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 19:28 - ކިތާބުލް މުޤައްދަސާ

28 ކަލޭގެފާނު ބޭނުންފުޅުނަމަ ކާފަގެ މުޅި އާއިލާ އެއްކޮށް ނައްތާ ލެއްވުމުގެ ޙައްޤު އޮތް. ވިޔަސް ކަލޭގެފާނު އެހެނެއް ނުހެއްދެވި. އޭގެ ބަދަލުގައި ކަލޭގެފާނުގެ މޭޒުކޮޅުމަތިން އަޅުގަނޑަށް ކާން ދެއްވީ. އެހެންވީއިރު ކަލޭގެފާނާ މެދު އެއްވެސް ޝަކުވާއެއް ކުރުމުގެ ޙައްޤެއް އަޅުގަނޑަކަށް ނެތް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 19:28
12 ပူးပေါင်းရင်းမြစ်များ  

އިނބަރަސްކަލާނގެ އޯގާތެރިކަމާއި ނިމުމެއް ނުވާ ލޯތްބަކީ އަޅާއަށް ޙައްޤު ކަންތައްތަކެއް ނޫންމެ. އަޅާ މިދަތުރަށް ގެއިން ނުކުތް ހިނދު ހިނގަން ގެންގުޅުނު އަސާ ފިޔަވައި އިތުރު އެއްވެސް އެއްޗެއް އަޅާގެ މިލްކުގައި ނުވޭމެ. ނަމަވެސް އަދު އަޅާ އައިސް މިހުރީ މި ބޮޑު ދެ ޖަމާޢަތާއެކުގައި!


އަޅުގަނޑަށް އެނގޭ ސާހިބު ރަސްގެފާނުގެ ބަސްފުޅުން އަޅުގަނޑަށް ހިތްހަމަ ޖެހުން ލިބިއްޖެ. އެގޮތަކީ ކަލޭގެފާނަކީ މާތްކަލާނގެ މަލާއިކަތެއް ފަދަ ބޭކަލެއް. ކަލޭގެފާނަށް ރަނގަޅާއި ނުރަނގަޅު އެނގިވަޑައިގަންނަވާ. އަދި ކަލޭގެފާނުގެ އިލާހު މާތްރަސްކަލާނގެ ކަލޭގެފާނާ އެކުގައި ވާހުށި.⁠“


ޔުއާބު އެ ގޮތަށް ކަންތައް ކުރީ މިދިމާވެފައިވާ ކަންތަކަށް ހައްލެއް ހޯދުމަށް. އަޅުގަނޑުގެ ސާހިބު ރަސްގެފާނު. ކަލޭގެފާނަކީ މާތްކަލާނގެ މަލާއިކަތެއްހާ ވިސްނުންފުޅު ގަދަ ބޭކަލެއް. މި ބިންމަތީގައި ހިނގާ ހުރިހާ ކަމެއް ކަލޭގެފާނަށް އެނގިވަޑައިގަންނަވާ.⁠“


މާތްރަސްކަލާނގެ އަހަންނާ މެދު ރުހިވޮޑިގެން ނުވާނަމަ އެކަލާނގެ އަހަންނާ މެދު ނިންމަވާނެ ގޮތެއް ނިންމަވާފާށި.⁠“


ރަސްގެފާނު އެއްސެވިއެވެ. ”⁠މަފީބޫޝަތު ކޮބައިތަ؟⁠“ ސީބާ ދެންނެވިއެވެ. ”⁠މަފީބޫޝަތު ޖެރޫސަލަމުގައި މަޑު ކޮށްފި. އޭނާ ހީކޮށް އެހެރީ މިއަދު އިސްރާއީލީން އޭނާގެ ކާފަގެ ރަސްކަން އޭނާއަށް ދޭނެ ކަމަށް.⁠“


ދާއޫދުގެފާނު މަފީބޫޝަތަށް ވިދާޅުވިއެވެ. ”⁠ކަލޭދެން ތިޔަކަމާ އަޅާލާނެ ކަމެއް ނެތް. އަހަރެން ނިންމައިފިން ކަލެއާއި ސީބާއާ ދެމީހުންނަށް އެ ބިންތައް ބަހައި ދިނުމަށް.⁠“


ކަލެއާއި ކަލޭގެ ފިރިހެން ދަރިންނާއި ނޯކަރުން މަފީބޫޝަތުގެ ދަނޑުބިންތަކުގައި ގޮވާން ކުރޭ. ކަލޭ އެ ބިމުން ލިބޭ ގޮވާންތައް ކަނޑައި އެތަކެތި ގެނެސްދީ. އޭރުން ކަލޭގެ ވެރިޔާގެ ކާފަ ދަރިފުޅުގެ ގޭބިސީއަށް ކާން ދެވޭވަރުވާނެ. އެކަމަކު މަފީބޫޝަތު ކައިބޮއިހަދާނީ އަހަރެންގެ ކާ މޭޒުގައި.⁠“ ސީބާގެ ފަނަރަ ފިރިހެން ދަރިންނާއި ވިހި ނޯކަރުން އުޅެއެވެ.


މަފީބޫޝަތަކީ ކޮރު މީހެކެވެ. އޭނާ ދިރިއުޅެނީ ޖެރޫސަލަމުގައެވެ. އަދި އޭނާ ހުރިހާއިރަކު ވެސް ކައިހަދަނީ ރަސްގެފާނުގެ މޭޒުކޮޅުންނެވެ.


ކަލެއަށް ކުރެވުނީ ކޮންކަމެއް؟ މާތްރަސްކަލާނގެ ގަންދީ ބުނަން. ކަލެއާއި ކަލޭގެ މީހުން ތީ މަރަން ވެފައި ތިބި ބައެއް. ކަލޭ ރަނގަޅަށް ބަލާބަލަ ރަސްގެފާނުގެ އިސްތަށިފުޅު ކާރީގައި ހުރި ފެންގުޅި އާއި ލޮންސި ކޮބައިތަ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ