2 ޞަމޫއީލް 19:26 - ކިތާބުލް މުޤައްދަސާ26 މަފީބޫޝަތު ޖަވާބު ދިނެވެ. ”އަޅުގަނޑުގެ ސާހިބު ރަސްގެފާނު! އަޅުގަނޑުގެ ޚާދިމު އަޅުގަނޑަށް މަކަރު ހެދީ. އަޅުގަނޑު މީ ކޮރުމީހެއް. އެހެންވެ އަޅުގަނޑުގެ ޚާދިމު ސީބާ ގާތު ބުނިން ’ގޮސް ހިމާރުގައި ގޮނޑި ބަންނާށޭ. އަޅުގަނޑު ރަސްގެފާނުގެ އަރިހުގައި ދާނަމޭ.‘ အခန်းကိုကြည့်ပါ။ |
(އޭރު ޝާއުލްގެފާނުގެ ދަރިކަލުން ޔޫނަތައިންގެ ފިރިހެންދަރިއަކު ހުރެއެވެ. މި ކުއްޖާގެ އުމުރުން ފަސް އަހަރުން ފެށިގެން މިކުއްޖާއަކީ ނުކުޅެދޭ ކުއްޖެކެވެ. މިކަން މިހެން ދިމާވީ ޔަޒްރަޢީލުގައި ޝާއުލްގެފާނާއި ޔޫނަތައިން އަވަހާރަވީ ޚަބަރު ލިބުމުން އެކުއްޖާ ބަލަހައްޓާ އާޔާ އެކުއްޖާ ކިހިލިޖަހައިގެން ދުއްވައިގަތުމުން އެ ކުއްޖާ ވެއްޓި ދެ ފަޔަށް އަނިޔާވެ ނުކުޅެދޭ ކުއްޖަކަށް ވީއެވެ. މި ކުއްޖާގެ ނަމަކީ މަފީބޫޝަތު އެވެ.)