Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 19:24 - ކިތާބުލް މުޤައްދަސާ

24 ޝާއުލްގެފާނުގެ ކާފަދަރި މަފީބޫޝަތު ވެސް ދާއޫދު ރަސްގެފާނުގެ ފައިންޕުޅުދެކެން އަތުވެއްޖެއެވެ. ރަސްގެފާނު ޖެރޫސަލަމުން ނުކުމެވަޑައިގަތީއްސުރެން އެކަލޭގެފާނު ސަލާމަތުން އެނބުރި ވަޑައިގަންނަވަންދެން އޭނާގެ ފަޔަކަށް ފަރުވާލެއް ނުބަހައްޓައެވެ. މަތިމަހެއް ނުކޮށައެވެ. ނިޔަފައްޗެއް ނުކަނޑައެވެ. ހެދުމެއް ނުދޮވެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 19:24
12 ပူးပေါင်းရင်းမြစ်များ  

ދެން ދާއޫދުގެފާނު ބިންމަތިން ތެދުވެވަޑައިގެން ނާނަފުޅުފިއްލަވައި، ގައިކޮޅުގައި ތެޔޮފޮދު ތުރުކުރައްވައި ހެދުންކޮޅު ބަދަލު ކުރައްވައިގެން މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރެއްވުމަށް އަޅުކަމުގެ މަޤާމަށް ވެދެވަޑައިގެންފިއެވެ. އެކަންތަކަށް ފަހު ގެޔަށް އެނބުރި ވަޑައިގެން ފަރިއްކޮޅު ތައްޔާރު ކުރުމަށް ވިދާޅުވުމުން ޚާދިމުން ފަރިއްކޮޅު އަރުވައިފިއެވެ. ދެން އެކަލޭގެފާނު ރަނގަޅަށް ފަރީއްކުޅުއްވައިފިއެވެ.


ދެން ދާއޫދުގެފާނު ކީރިތި ކުރައްވަމުން ޒައިތޫނި ފަރުބަދަ މައްޗަށް އަރާ ވަޑައިގެންފިއެވެ. އެކަލޭގެފާނު ވަޑައިގެންނެވީ އިސްތަށިފުޅު ނިވާ ކުރައްވައިގެން ހުސްފައިގައެވެ. ދާއޫދުގެފާނާއެކު ދިޔަ އެންމެން ވެސް ތިބީ އެގޮތަށްބޯ ނިވާ ކޮށްގެންނެވެ. އެއެންމެން ވެސް ދާއޫދުގެފާނު ފަހަތްޕުޅުން ރޮމުން ދިޔައެވެ.


ރަސްގެފާނު އެއްސެވިއެވެ. ”⁠މަފީބޫޝަތު ކޮބައިތަ؟⁠“ ސީބާ ދެންނެވިއެވެ. ”⁠މަފީބޫޝަތު ޖެރޫސަލަމުގައި މަޑު ކޮށްފި. އޭނާ ހީކޮށް އެހެރީ މިއަދު އިސްރާއީލީން އޭނާގެ ކާފަގެ ރަސްކަން އޭނާއަށް ދޭނެ ކަމަށް.⁠“


ދެން ސީބާ ދާއޫދު ރަސްގެފާނަށް ދެންނެވިއެވެ. ”⁠އަޅުގަނޑަކީ ސާހިބުމަނިކުފާނުގެ ޚާދިމެއް. މަނިކުފާނު އެންގެވި ގޮތެއް އަޅުގަނޑު ހަދާނަން.⁠“ އޭގެ ފަހުން މަފީބޫޝަތު ކައިބޮއި ހަދަމުން ދިޔައީ ދާއޫދުގެފާނު ފަރީއްކުޅުއްވާ މޭޒުންނެވެ. އަދި ދާއޫދުގެފާނުގެ ދަރިކަލެކޭ އެއްގޮތަށް އޭނާއާމެދު ހުރިހާކަމެއް ވެސް ހަމަޖެހިފައި ހުރެއެވެ.


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠ގޮސް އަހަރެން އަންނަތަނަށް ދާން އެމީހުން ތައްޔާރު ކުރޭ. މިއަދާ މާދަމާ އެމީހުން އަޅުކަމަށް ތައްޔާރުކޮށް އެމީހުންގެ ހެދުންތައް ދޮއްވައި ސާފުތާހިރުކުރުވާ.


”⁠ތިޔަބައިމީހުން ރޯދަޔަށް ތިބޭ ހިނދު މުނާފިޤުން ފަދައިން މޫނުމަތިން މަޑުމޮޅިގޮތް ދައްކައި ނުހަދާ. އެފަދަ މުނާފިޤުން ތިބީ ރޯދައަށްކަން މީސްތަކުންނަށް ދެއްކުމުގެ ގޮތުން އެބައިމީހުންގެ މޫނުތަކުން ހިތާމަވެރިގޮތް ދައްކުވާ. އެފަދަ މުނާފިޤުންނަށް ލިބިގެންވާނީ ހަމައެކަނި އިންސާނީ ހުޝާމަދު ކުރުންކަމުގައި އަހަރެން ޔަޤީންކަމާއެކުގައި ބުނަން.


އަދި ޖަލުގައި ވީ މީހުންނާއެކު ކަލޭމެންވެސް ވާކަމަށް ދެކެ އެމީހުންނާ މެދު އަޅާލާން ވެސް ހަނދާންކުރާށެވެ. އެގޮތުން ވޭން އުފުލުންމަތީގައި ތިބި މީހުންގެ މަތިން ހަނދާން ނައްތާނުލާށެވެ. އެމީހުންނާއެކު ކަލޭމެން ވެސް ތިބީ އެ ވޭނުގައިކަން ހިތަށް ގެންނާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ