Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 19:23 - ކިތާބުލް މުޤައްދަސާ

23 ދެން ދާއޫދުގެފާނު ޝިމްޢީ އަށް ވިދާޅުވިއެވެ. ”⁠ކަލޭ މަރައެއް ނުލާނަން.⁠“ ރަސްގެފާނު ޝިމްޢީ މަރާނުލައްވާނެ ކަމަށް ވަޢުދު ކުރެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 19:23
9 ပူးပေါင်းရင်းမြစ်များ  

ރަސްގެފާނު ވިދާޅުވިއެވެ. ”⁠ކަލެއާއި ކަލޭގެ ބޭބެ ޔޫއާބު އާ އޮތީ ކޮން ބެހޭކަމެއް؟ ބެހޭ އެއްވެސް ކަމެއް ނެތް. ޝިމްޢީ އޭނާ އެގޮވާ އެއްޗެއް ގޮވުނަ ދީ. އެއީ މާތްރަސްކަލާނގެ އޭނާއަށް އަންގަވައިގެން ކުރާ ކަމެއް ކަމަށްވަންޏާ، ކާކަށްތަ ބުނެވޭނީ ’⁠އޭނާ އެ ގޮތަށް ކަންތައް ކުރަނީ ކީއްވެހޭ؟⁠‘⁠“


ޝާއުލްގެފާނުގެ ކާފަދަރި މަފީބޫޝަތު ވެސް ދާއޫދު ރަސްގެފާނުގެ ފައިންޕުޅުދެކެން އަތުވެއްޖެއެވެ. ރަސްގެފާނު ޖެރޫސަލަމުން ނުކުމެވަޑައިގަތީއްސުރެން އެކަލޭގެފާނު ސަލާމަތުން އެނބުރި ވަޑައިގަންނަވަންދެން އޭނާގެ ފަޔަކަށް ފަރުވާލެއް ނުބަހައްޓައެވެ. މަތިމަހެއް ނުކޮށައެވެ. ނިޔަފައްޗެއް ނުކަނޑައެވެ. ހެދުމެއް ނުދޮވެއެވެ.


އަރާރުމެއްވެ ކަމެއް ހައްލު ކުރުމަށް ދެފަރާތެއްގެ ދެމެދުގައި ހުވައެއް ކުރެވޭ ހިނދު މީހުން ހުވާކޮށް އުޅެނީ އެމީހަކަށް ވުރެން މަތީ ފަރާތެއްގެ ނަންމަތީގައެވެ. އެކުރާ ހުވައިން އެމައްސަލަ ހައްލުވެދެއެވެ.


ޝާއުލް ވިދާޅުވިއެވެ. ”⁠މިއަދު އެކަކު ވެސް މަރައިގެން ނުވާނެ. މިއަދަކީ މާތްރަސްކަލާނގެ ބަނީއިސްރާއީލުންނަށް ނަސްރު ދެއްވި ދުވަސް.⁠“


ޝާއުލްގެފާނު އޭނާ ކުރިމަތީގައި ހުވާ ކުރެއްވިއެވެ. ”⁠ދިރިދެމި ވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ބުނަން. މިކަންތައް ކޮށްގެން ކަލެއަކަށް އަދަބެއް ނުލިބޭނެ.⁠“


”⁠ތިޔަ ބައިގަނޑުގެ މީހުންގެ ގާތަށް އަހަރެން ގެންގޮސް ފާނަންތަ؟⁠“ ދާއޫދު ބުންޏެވެ. އެ ޒުވާނާ ބުންޏެވެ. ”⁠ކަލޭ އަހަރެން މަރާ ނުލަން ކަމަށާއި އަހަރެންގެ ސާހިބަށް އަނބުރާ އަހަރެން ނުދޭން ކަމަށް މާތްކަލާނގެ ގަންދީ ހުވާ ކުރީމާ އެމީހުން ތިބި ތަނަށް ގެންގޮސް ފާނަން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ