Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 19:19 - ކިތާބުލް މުޤައްދަސާ

19 ޝިމްޢީ ރަސްގެފާނަށް ދެންނެވިއެވެ. ”⁠ސާހިބުރަސްގެފާނާމެދު އަޅުގަނޑު އެދުވަހު ކަންތައް ކުރިގޮތުގެ މަތިން ހަނދުމަފުޅު ނައްތަވާލައްވާ! ކަލޭގެފާނު ޖެރޫސަލަމުން ނުކުމެ ވަޑައިގެންނެވި ދުވަހު އަޅުގަނޑު އެކުރި ކަންތައް ހިތްޕުޅުން ފިލުވާލައްވާ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 19:19
17 ပူးပေါင်းရင်းမြစ်များ  

ތާމާރު ދިއުމުން އޭނާގެ ބޭބޭ އަބްޝާލޫމް އޭނާ ކުރެން އެއްސެވެ. ”⁠ކަލޭގެ ބޭބެ ކަލެއަށް ކުރީ ކީތް؟ އޭނާ ކަލޭގެ ގަޔަށް އެރީތަ؟ ދެން ކޮއްކޯ! ތިޔަ ވާހަކަ ނުދައްކާތި. އަމްނޫންއަކީ އަހަރެމެންގެ ބޭބެއެއް. އެހެންވީމާ ތިކަންތައް ދެން މާ ބޮޑުކަމަކަށް ނަހަދާ!⁠“ ދެން އޭނާގެ ބޭބެ އަބްޝާލޫމްގެ ގޭގައި އުޅެން ފަށައިފިއެވެ. އޭނާ އުޅެމުން ދިޔައީ ހުސްހަށިބައިކަން މަތީ ނުހަނު ހިތްދަތިކަމާއެކުގައެވެ.


އަޅުގަނޑުގެ މަސާހިބު، ރަސްގެފާނު! އެއްގޮތަކަށް ވެސް ހީފުޅު ނުކުރައްވާ ކަލޭގެފާނުގެ ހުރިހާ ބޭފުޅުން އަވަހާރަވެއްޖެޔޭ. އަވަހާރަވީ އަމްނޫން އެކަނި.⁠“


މިއެންމެން ކޯރު ހުރަސްކޮށް އައިސް ދާއޫދުގެފާނު ޔަހޫޛާއަށް ގެންދިއުމަށާއި އެކަލޭގެފާނަށް ބޭނުންވާ ކަމެއް ކޮށްދިނުމަށް އަވަސް ވެގެންފިއެވެ. ދާއޫދުގެފާނުގެ މީހުން ކޯރު އައްސޭރީގައި ތިއްބައި ޝިމްޢީ އެކަލޭގެފާނު ފައިންޕުޅު ދެކެން ކޯރު ހުރަސްކޮށް އަތުވެއްޖެއެވެ. އޭނާ ރަސްގެފާނަށް އަދަބު އަދާ ކުރުމަށް ބިންމަތީ މޫނު ޖައްސައިފިއެވެ.


”⁠މަޢުސޫމު ކުށެއްނެތް އިންސާނަކަށް މަރުގެ އަދަބު ދިނުމުގައި އަހަރެން ފާފަވެރި ވެއްޖައީމު.⁠“ އިމާމުން ޖަވާބުގައި ބުންޏެވެ. ”⁠ތިޔައީ އަހަރެމެންނަކާ ބެހޭކަމެއް ނޫން. އެކަމާމެދު ކަލޭ ކުރާނެ ކަމެއް ކަލޭ ކުރޭ؟⁠“


އަޅުގަނޑު އޭނާއަށް މަދަދު ދެއްވުން އެދި މާތްކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވައި ދިން އެއަކީ ފުރަތަމަ ފަހަރެއް ވެސް ނޫން އިނގޭތޯ؟ އޭނާ މަނިކުފާނަށް ހަމަލައެއް ދޭން އުޅޭކަމެއް މަނިކުފާނުގެ ޚާދިމު އަޅުގަނޑަކަށް ވެސް އަދި އަޅުގަނޑުގެ ތިމާގެ މީހަކަށް ވެސް އެނގިއެއް ނެތް!⁠“


ސާހިބު އެ ނުލަފާ ނާބާލް ބުނާއެއްޗެއް އަޑު ނާހާ. އޭނާއަށް އެނަން ކިޔަނީ ވެސް އެހެންވެ. އޭނާއަކީ މޮޔައެއް. ސާހިބު ފޮނުވި މީހުން އަޅުގަނޑު ނުވެސް ދެކެން.


ދެން ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ފާފަވެރި ވެއްޖެ. ދަރިފުޅާ ދާއޫދު އެނބުރި އާދޭ އަހަރެންގެ ގާތަށް. އަހަރެންގެ ފުރާނައަކީ ކަލޭގެ ކުރިމަތީގައި އަގުހުރި އެއްޗެއް ކަން މިއަދު ދައްކައި ދީފީމު. މީގެ ފަހަކުން ކަލެއަށް ގެއްލުމެއް ދޭކަށް ނޫޅޭނަން. އަހަންނަށް މި ކުރެވުނީ ވަރަށް ބޮޑު މޮޔަ ކަމެއް.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ