Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 19:17 - ކިތާބުލް މުޤައްދަސާ

17 ބަންޔާމީންގެ ހާހެއްހާ މީހުން ވެސް އޭނާއާއެކު އައެވެ. އެތަނަށް ޝާއުލްގެފާނުގެ ޚާދިމު ސީބާ ވެސް އައެވެ. ސީބާއާއެކު އޭނާ ގެ ފަނަރަ ދަރިންނާއި ވިހި ޚާދިމުން ވެސް އައެވެ. މި އެންމެން ވެސް އުރުދުން ކޯރު އައްސޭރީގައި ދާއޫދުގެފާނާއި ބައްދަލު ކުރުމަށް އަވަސް ވެފައި ތިއްބެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 19:17
8 ပူးပေါင်းရင်းမြစ်များ  

ދާއޫދުގެފާނު ބަހޫރީމަށް ވަޑައިގެންފިއެވެ. އެދުވަހު ޝާއުލްގެފާނުގެ ދުރުތާ ތިމާގެ މީހަކު އެރަށުން ނުކުތެވެ. އޭނާގެ ނަމަކީ ޝިމްޢީއެވެ. އޭނާއަކީ ޖީރާގެ ދަރިއެކެވެ. ޝިމްޢީ އައީ ދާއޫދުގެފާނާ ދިމާލަށް ހަޑިހުތުރު އެއްޗެހި ގޮވަމުންނެވެ.


މިއެންމެން ކޯރު ހުރަސްކޮށް އައިސް ދާއޫދުގެފާނު ޔަހޫޛާއަށް ގެންދިއުމަށާއި އެކަލޭގެފާނަށް ބޭނުންވާ ކަމެއް ކޮށްދިނުމަށް އަވަސް ވެގެންފިއެވެ. ދާއޫދުގެފާނުގެ މީހުން ކޯރު އައްސޭރީގައި ތިއްބައި ޝިމްޢީ އެކަލޭގެފާނު ފައިންޕުޅު ދެކެން ކޯރު ހުރަސްކޮށް އަތުވެއްޖެއެވެ. އޭނާ ރަސްގެފާނަށް އަދަބު އަދާ ކުރުމަށް ބިންމަތީ މޫނު ޖައްސައިފިއެވެ.


އެމީހުން މީކާލް ގޮވައިގެން ދާން ފެށުމުން ފަލްތިއީލް އެމީހުންގެ ފަހަތުން ރޮމުން ރޮމުން ބަހޫރީމްއާ ހަމަޔަށް އަޔެވެ. ދެން އަބްނައިރު އޭނާއާ ދިމާލަށް ބުނެއްޕެވެ. ”⁠އަނބުރާލާފައި ގެޔަށް ދޭ!⁠“ ދެން އޭނާ އަނބުރާލާފައި ގެޔަށް ހިނގައްޖެއެވެ.


ކަލެއާއި ކަލޭގެ ފިރިހެން ދަރިންނާއި ނޯކަރުން މަފީބޫޝަތުގެ ދަނޑުބިންތަކުގައި ގޮވާން ކުރޭ. ކަލޭ އެ ބިމުން ލިބޭ ގޮވާންތައް ކަނޑައި އެތަކެތި ގެނެސްދީ. އޭރުން ކަލޭގެ ވެރިޔާގެ ކާފަ ދަރިފުޅުގެ ގޭބިސީއަށް ކާން ދެވޭވަރުވާނެ. އެކަމަކު މަފީބޫޝަތު ކައިބޮއިހަދާނީ އަހަރެންގެ ކާ މޭޒުގައި.⁠“ ސީބާގެ ފަނަރަ ފިރިހެން ދަރިންނާއި ވިހި ނޯކަރުން އުޅެއެވެ.


ޝާއުލްގެފާނުގެ ޚާދިމުންގެ ތެރޭގައި ސީބާއޭ ކިޔާ މީހަކު ހުއްޓެވެ. ދާއޫދުގެފާނުގެ އެހީތެރީން ގޮސް އޭނާ ގެނެސްފިއެވެ. ދާއޫދުގެފާނު އެއްސެވިއެވެ. ”⁠ކަލޭ ތީ ސީބާތަ؟⁠“ ސީބާ ދެންނެވިއެވެ. ”⁠އާދެ މަސާހިބު! އަޅުގަނޑަކީ މަނިކުފާނުގެ ޚާދިމު ސީބާ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ