2 ޞަމޫއީލް 19:14 - ކިތާބުލް މުޤައްދަސާ14 މި ބަސްތަކުން ދާއޫދުގެފާނު ޔަހޫޛާގެ އެންމެހައި މީހުންގެ ހިތްތައް އަތުލައްވައިފިއެވެ. އެހެންވެ އެ އެންމެން އެކު އެކީގައި މިކަމާ ރުހިއްޖެއެވެ. އެހެނީ އެއެންމެނަކީ ވެސް އެއްބައެކެވެ. ޔަހޫޛާގެ މީހުން ދާއޫދުގެފާނަށް ޚަބަރު ފޮނުވައިފިއެވެ. އެމީހުން ބުންޏެވެ. ”ކަލޭގެފާނާއި ކަލޭގެފާނުގެ އެންމެން އެނބުރި ވަޑައިގަންނަވާ!“ အခန်းကိုကြည့်ပါ။ |
ދާއޫދުގެފާނަށް އެކަލާނގެ ކުރެއްވި ވަޢުދުފުޅާ އެއްގޮތަށް ކަންތައް ހިންމެވުމަށް އެކަލޭގެފާނަށް އަހަރެން އެހީތެރި ނުވެއްޖެއްޔާ މާތްކަލާނގެ އަހަރެންގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި. މާތްރަސްކަލާނގެ އަންގަވާފައި ވަނީ ޝާއުލްގެފާނުގެ ރަސްކަން ނަންގަވައި ދާއޫދުގެފާނަށް ދެއްވާނެ ކަމަށް. އަދި އެކަލޭގެފާނުގެ ރަސްކަން ދާނުގެ ސަރަހައްދުން ފެށިގެން ބިއުރުސަބްޢައާ ހަމަޔަށް ފަތުރުއްވާނެ ކަމަށް.“
އީސާގެފާނަށް އީމާންވެގެންވީ އެންމެން އެއްބައިވަންތަވެ އެކަކު އަނެކަކާއި ދޭތެރޭ ވަރަށް ގާތްކަން ބާއްވާ އެކުވެރިކަން މަތީ އުޅުނެވެ. އަދި އެކަކުގެ މުދަލާއި ތަކެއްޗަކީ ވެސް އަނެކަކުގެ ވެސް އަމިއްލަ އެއްޗިހި ކަމަށް ދެކި ދީލަތިކަމާއި އެކު އެމީހުންގެ މެދުގައި އެ ތަކެތިން ހަމަހަމަ ގޮތުގައި ބޭނުންކޮށް އުޅުނެވެ.