Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 19:10 - ކިތާބުލް މުޤައްދަސާ

10 އަހަރެމެންގެ ރަސްކަލަކަށް އިސްކުރި އަބްޝާލޫމް ހަނގުރާމައިގައި އަވަހާރަވެއްޖެ. އެހެންވީމާ އަހަރެމެންގެ މައްޗަށް ވެރިކަން ހިންގެވުމަށް އަނެއްކާވެސް ދާއޫދުގެފާނު އިސްނުކޮށް ކަލޭމެން ތިޔަ ތިބެނީ ކީއްވެ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 19:10
9 ပူးပေါင်းရင်းမြစ်များ  

ދާއޫދުގެފާނު އެކަލޭގެފާނުގެ އަރިހު ބޭކަލުން އެއްކުރައްވައި ވިދާޅުވިއެވެ. ”⁠ޖެރޫސަލަމުގައި ތިބި އެބައެއްގެ މީހުންނާއެކު އަހަރެމެން މިރަށުން ބޭރުވާން ޖެހިއްޖެ. އަހަރެމެން މިރަށުގައި ތިބެއްޖެއްޔާ އަބްޝާލޫމް އައިސް އަހަރެމެން އެންމެންގެ ދުވަސް ދުއްވާލާނެ. އޭނާގެ އަތްދަށު ވުމުގެ ކުރީގައި އަހަރެމެން އެންމެން މިތަނުން އަވަހަށް ދާންހިނގާ. އެހެންނޫނީ އޭނާ އައިސް އަހަރެމެން ބަލިކޮށް ޖެރޫސަލަމުގެ އާންމުން ވެސް މަރާލާފާނެ.⁠“


ދާއޫދުގެފާނުގެ ގަނޑުވަރުގެ އެންމެން ގޮވައިގެން ނުކުމެ ވަޑައިގަތީ ގަނޑުވަރު ބަލަހައްޓަން އެކަލޭގެފާނުގެ ދިހަ ޖާރިޔާއިން ބައިތިއްބަވާފައެވެ.


ޔުއާބު ބުންޏެވެ. ”⁠ކަލެއާ ވާހަކަ ދައްކައި ވަގުތު ބޭކާރު ކުރާކަށް މަށެއް ނޫޅެން.⁠“ އޭރު ވެސް އަބްޝާލޫމް އޮތީ ބަލޫޠު ގަހުގައި އެލިފައެވެ. ދެން ޔުއާބު ގޮސް ތިން ލޮންސި އަބްޝާލޫމްގެ މެއަށް ހަރާލިއެވެ.


ދާއޫދު ރަސްގެފާނު ސަދޫގާއި އަބިޔާތަރު ގާތަށް މީހަކު ފޮނުވައި ވިދާޅުވިއެވެ. ”⁠ޔަހޫޛާގެ ބޮޑުންގެ ގާތަށް ގޮސް މިހެން ބުނޭ، ’⁠ކަލޭމެން ތިމަން ރަސްގެފާނު މި ގަނޑުވަރަށް އަނބުރާ ގެންނަން ބޭނުންވާ އެންމެ ފަހު މީހުންކަމަށް ތިޔަވަނީ ކީއްވެހޭ؟ އަހަރެން އަހައިފީމޭ އެމީހުން އަހަރެން އަނބުރާ އިސްރާއީލުގެ ރަސްކަމަށް ގެންނަން ބޭނުންވެގެން މަޝްވަރާ ކުރަމުން ގެންދާ އަޑު.


ރަސްގެފާނު އުރުދުން ކޯރު ހުރަސްކުރައްވައި ޖިލްޖާލަށް ވަޑައިގެންފިއެވެ. އޭރު ކިމްހާމު ވެސް އެކަލޭގެފާނާއެކު އައެވެ. އޭރު ޔަހޫޛާގެ ސިފައިން އެންމެންނާއި އިސްރާއީލުގެ ދެބައިކުޅައެއްބައި ސިފައިން ކޯރު އައްސޭރިއަށް އައިސް ތިއްބެވެ.


އިސްރާއީލުގެ އެންމެހައި ގަބީލާތަކުގެ މެދުގައި އަރާރުން ވަމުން ދަނީއެވެ. ”⁠އަހަރެމެން ފިލިސްޠީނީންނާއި އެނޫން ވެސް ދުޝްމަނުންގެ އަތްދަށުން ސަލާމަތް ކޮށް ދެއްވީ ދާއޫދުގެފާނު. އެކަމަކު އަބްޝާލޫމްއާ ކުރިމަތި ނުލައްވައި ފިއްލަވައިގެން އެކަލޭގެފާނު އެވަޑައިގެންނެވީ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ