Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 19:1 - ކިތާބުލް މުޤައްދަސާ

1 މީހުން ގޮސް ޔުއާބަށް މި ޚަބަރު ދީފިއެވެ. އެމީހުން ބުންޏެވެ. ”⁠ބަލާބަލަ ރަސްގެފާނު އެއޮތްގެން ކީރިތި ކުރައްވައި ހިތާމަފުޅު ކުރައްވަނީ އަބްޝާލޫމު މަރުވެގެން އެކަމާ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 19:1
9 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނުގެ ފިރިހެން ދަރިންނާއި އަދި އަންހެން ދަރިން އެކަލޭގެފާނުގެ ހިތްޕުޅު ހަމަޖައްސަވައި ދިނުމަށާއި ހިތްވަރު ދިނުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް ޔޫސުފުގެފާނާއިމެދުގައި އެކަލޭގެފާނު ކީރިތިކުރެއްވުމުގައި ދެމިހުންނަވައި އެކަލޭގެފާނުގެ ދަރިންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެން ކަށްވަޅަށް ދާނީ އަހަރެންގެ އެ ދަރިފުޅާއި މެދުގައި ހިތާމަކުރުމުގަ.⁠“ މިފަދައިން ވިދާޅުވުމަށް ފަހު ކީރިތި ކުރައްވަމުން ގެންދެވިއެވެ.


އެމީހާ ޔުއާބުގެ ގާތުގައި ބުނެއްޕެވެ. ”⁠އޭގެ އެއްހާސް ފޮތި ފައިސާ އަހަރެންގެ އަތަށް ލައިދިނަސް ރަސްގެފާނުގެ ދަރިކަލަކު އަހަރެންގެ އަތުން މަރައެއް ނުލާނަން. އަހަރެން އެހިން އެ ދަރިކަލުންނަށް ގޮތެއް ނުހެދުމަށް ކަލެއާއި އަބީޝާއިއާއި އިއްތާއީއަށް ރަސްގެފާނު އެންގެވި އަޑު.


ޔުއާބު ބުންޏެވެ. ”⁠ކަލެއާ ވާހަކަ ދައްކައި ވަގުތު ބޭކާރު ކުރާކަށް މަށެއް ނޫޅެން.⁠“ އޭރު ވެސް އަބްޝާލޫމް އޮތީ ބަލޫޠު ގަހުގައި އެލިފައެވެ. ދެން ޔުއާބު ގޮސް ތިން ލޮންސި އަބްޝާލޫމްގެ މެއަށް ހަރާލިއެވެ.


ޔުއާބު ބުންޏެވެ. ”⁠ނޫން ކޮންމެހެން ކަލޭ މިއަދު ގޮސް ރަސްގެފާނަށް މި ޚަބަރު ދަންނަވާނެ ކަމެއް ނެތް. މިއަދު ނޫން އެހެން ދުވަހެއްގައި ކަލޭ މި ޚަބަރާއިގެން ދިޔައަކަސް ހެޔޮ. މިއަދު މިވަނީ ރަސްގެފާނުގެ ދަރިކަލުން އަވަހާރަވެފައި.⁠“


ދެން ރަސްގެފާނަށް އަބްޝާލޫމް މަރުވެއްޖެކަން އެނގިވަޑައިގެންފިއެވެ. އެވަގުތު ރަސްގެފާނު ތުރުތުރު ލައިގެންފިއެވެ. އެކަލޭގެފާނު ބޮޑުފާރުދޮށުގައި ހުރި ކޮޓަރިއަކަށް ވަންނަވައި ހަރު އަޑުން ކީރިތި ކުރައްވަން ފައްޓަވައިފިއެވެ. އެކަލޭގެފާނު މިހެން ވިދާޅުވަމުން ގެންދެވިއެވެ. ”⁠މަގޭ ދަރިފުޅު އަބްޝާލޫމް، މަގޭ ދަރިފުޅު އަބްޝާލޫމް. ކަލޭގެ ބަދަލުގައި އަހަރެން މަރުވިނަމަ ކޮންފަދަ. އަބްޝާލޫމް، މަގޭ ދަރިފުޅު އަބްޝާލޫމް!⁠“


ރަސްގެފާނު އަބީޝާއި އާއި އިއްތާއީއާއި ޔުއާބު އަށް އެންގެވިއެވެ. ”⁠އަހަންނަށްޓަކައި އަބްޝާލޫމާ ދޭތެރޭ ހަރުކަށިކޮށް ކަމެއް ނުކުރާތި!⁠“ އެންމެންނަށް ވެސް ރަސްގެފާނުގެ މި އެންގެވުން އަޑުއިވުނެވެ.


ދާއޫދުގެފާނުގެ ފައުޖުގެ މީހުން އެދުވަހުގެ ހަނގުރާމައިގައި މޮޅުވިއެއްކަމަކު އެ ދުވަސް ހިމެނުނީ ހިތާމައިގެ ދުވަހަކަށެވެ. އެއީ ދާއޫދުގެފާނުގެ ދަރިކަލުން އަވަހާރަވެގެން އެކަމާ އެކަލޭގެފާނު ހިތާމަފުޅު ކުރައްވާތީއެވެ.


މޮޔަ ދަރިން އެމީހުންގެ ބަފާ ހިތްދަތިކުރެއެވެ. ވިހޭ މައިމީހާ ހިތުގައި ޖައްސައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ