2 ޞަމޫއީލް 18:9 - ކިތާބުލް މުޤައްދަސާ9 ކަންތައްވީ މިހެންނެވެ. ދާއޫދުގެފާނުގެ މީހުން އަންނަތަން އަބްޝާލޫމަށް ފެނުމުން އޭނާ އަވަހަށް ބަޣަލަށް ސަވާރުވެ ފިލައިގެން ދާން އުޅެގެންފިއެވެ. އެކަމަކު ބަޣަލު ގޮސް ބަލޫތު ގަހެއްގެ ދަށުން ދަނިކޮށް ގޮފިގަނޑެއްގައި އަބްޝާލޫމްގެ އިސްތަށިގަނޑު ތާށިވެއްޖެއެވެ. އޭނާ އޮތީ ގޮފިގަނޑުގައި އެލިފައެވެ. အခန်းကိုကြည့်ပါ။ |
އަޚީތޫފަލު ދިން މަޝްވަރާ އިސްރާއީލީންގެ ކުރިމަތީގައި ބޭކާރު ވުމުން އޭނާގެ ހިމާރުމަތީ ގޮނޑިބަނދެ އޭނާގެ ރަށަށް އެނބުރި ހިނގައްޖެއެވެ. އޭނާ ގެޔަށް ގޮސް ގޭމީހުންނަށް ވަސިއްޔަތްކޮށް ހަދާފައި ގޮސް އޭނާ އަމިއްލައަށް ދަންޖެހިގެންފިއެވެ. އޭނާ މަރުވީމާ މީހުން ގޮސް އޭނާގެ އާއިލާގެ ގަބުރުސްތާނުގައި ވަޅުލައިފިއެވެ.
އަމުރުފުޅުތަކާއި ގަވާއިދުގެ ސަބަބުން އަހަރެމެންގެ ބޮލުގައި އެޅިފައިވާ މުސީބާތާއި ކޯފާއިން އީސާ އަލްމަސީޙު އަހަރެމެން ދިންނަވައިފިއެވެ. އެކަލޭގެފާނު ސަލީބަށް ނެގިފައިވީ ހިނދު، އަހަރެމެން ކުރާނެ ނުބައި ކަންތަކުން އަހަރެމެންނަށް ލިބެންވީ މުސީބާތާއި، ކޯފާ، އެކަލޭގެފާނު އިސްތަށިފުޅުގައި އެޅުއްވިއެވެ. އެއީ ހަމަ ވަޙީކުރެއްވިގެންވީ ބަސްފުޅުގައި ލިޔެވިގެންވީ ފަދައިންނެވެ. ”މުޑިއަކަށް މޮހޮރުޖަހާ ނެގިފައިވާ ކޮންމެ މީހަކީ ލަޢުނަތް ލެއްވިފައިވާ މީހެކެވެ.“