8 އެދުވަހު ހަނގުރާމަ މުޅި އެ ސަރަހައްދަށް ފެތުރިފައި އޮތެވެ. އެކަމަކު އެދުވަހު ކަނޑިން މަރުވި މީހުންނަށް ވުރެން ގިނައީ ވަލުތެރޭގައި މަރުވި މީހުންނެވެ.
ދާއޫދުގެފާނުގެ ލަޝްކަރު އިސްރާއީލީން ބަލި ކޮށްލައިފިއެވެ. އެދުވަހު އެމީހުންގެ ވިހިހާސް މީހުން މަރުވިއެވެ.
ކަންތައްވީ މިހެންނެވެ. ދާއޫދުގެފާނުގެ މީހުން އަންނަތަން އަބްޝާލޫމަށް ފެނުމުން އޭނާ އަވަހަށް ބަޣަލަށް ސަވާރުވެ ފިލައިގެން ދާން އުޅެގެންފިއެވެ. އެކަމަކު ބަޣަލު ގޮސް ބަލޫތު ގަހެއްގެ ދަށުން ދަނިކޮށް ގޮފިގަނޑެއްގައި އަބްޝާލޫމްގެ އިސްތަށިގަނޑު ތާށިވެއްޖެއެވެ. އޭނާ އޮތީ ގޮފިގަނޑުގައި އެލިފައެވެ.
އެކަމަކު އިނބަރަސްކަލާނގެ އެންމެ ފަހަރަކު ފުމެލައްވާ އިރަށް މިޞްރުގެ އެންމެން ނެތިވެ ހިނގައްޖެ. އެގަދަފަދަ ކަނޑުތެރެއަށް އެމީހުން ތިމަރަ ބަރިތަކެއް ފަދައިން ގެނބިގެން ހިނގައްޖެ.
މަގޭ ދަރިފުޅާއެވެ. މާތްރަސްކަލާނގެއާއި ރަސްގެފާނު ދެކެ ބިރުވެތިވާށެވެ. ބާޣީންނާ ބައިވެރިނުވާށެވެ.
އެހެނީ ނުދެނެތިއްބާ އެމީހުންނަށް ބޮޑު މުސީބާތެއް ކުރިމަތި ވެދާނެއެވެ. މާތްރަސްކަލާނގެ ކިބަފުޅުންނާއި ރަސްގެފާނުގެ އަރިހުން އަންނާނީ ކޮން މުސީބާތެއްކަން އެނގޭނީ ކާކަށްހެއްޔެވެ؟