Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 18:7 - ކިތާބުލް މުޤައްދަސާ

7 ދާއޫދުގެފާނުގެ ލަޝްކަރު އިސްރާއީލީން ބަލި ކޮށްލައިފިއެވެ. އެދުވަހު އެމީހުންގެ ވިހިހާސް މީހުން މަރުވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 18:7
12 ပူးပေါင်းရင်းမြစ်များ  

އަބްޝާލޫމް ދާއޫދުގެފާނުގެ ފައިންޕުޅު ދެކި ކަންކަން ހުށަހަޅަން އަންނަ ކޮންމެ އިސްރާއީލީންގެ މީހަކާމެދު ވެސް މި ގޮތަށް ކަންތައް ބަހައްޓައެވެ. މިގޮތުގެ މަތިން އިސްރާއީލީންގެ އެންމެންގެ ރުހުން އޭނާ އަތުލައިފިއެވެ.


ދެން ދާއޫދުގެފާނުގެ ފައުޖު މައިދާނަށް ނުކުމެއްޖެއެވެ. އަބްޝާލޫމާއެކު އައި އިސްރާއީލީންނާ ހަނގުރާމަ ކުރެވެމުން ދަނީ އަފްރާއީމުގެ ޖަންގަލީގައެވެ.


އެދުވަހު ހަނގުރާމަ މުޅި އެ ސަރަހައްދަށް ފެތުރިފައި އޮތެވެ. އެކަމަކު އެދުވަހު ކަނޑިން މަރުވި މީހުންނަށް ވުރެން ގިނައީ ވަލުތެރޭގައި މަރުވި މީހުންނެވެ.


ދެން ފެށުނީ ވަރަށް ގަދަ ފަދަ ހަނގުރާމައެކެވެ. މިހަނގުރާމައިގައި އަބްނައިރު އާއެކު ތިބި އިސްރާއީލީންގެ މީހުން ދާއޫދުގެފާނުގެ މީހުންގެ އަތްދަށުން ބަލިވެއްޖެއެވެ.


އަބްނައިރު ޔުއާބަށް ގޮވާފައި ބުންޏެވެ. ”⁠އަހަރެމެން އެކަކު އަނެކަކު ކަތިލައި ހަދަންވީ ކިހާ ދުވަހެއް ވަންދެން؟ ހަނގުރާމައެއް ކޮށްގެން ހިތްދަތިކަމެއް ނޫން ކަމެއް ހާސިލުވޭތަ؟ ކަލޭގެ މީހުންނަށް ކަލޭގެ ތިމާގެ މީހުންނާ ދިމާ ކުރުން ހުއްޓާލަން އަންގާނީ ކޮން އިރަކުންތަ؟⁠“


އޭރު އަބްނައިރުގެ ލަޝްކަރުގެ ތެރޭން ތިންސަތޭކަ ފަސްދޮޅަސް މީހުން ވަނީ މަރުވެފައެވެ. މިއެންމެންނަކީ ވެސް ބަންޔާމީންގެ ދަރިކޮޅުގެ މީހުންނެވެ.


ނުބައި ނުލަފާ މީހުންނަށް އެކަމުގެ ސަޒާ ލިބޭނެކަމީ ޔަޤީންކަމެކެވެ. އެކަމަކު މާތްކަލާނގެއަށް ކިޔަމަންތެރި ޞާލިޙުންނަށް އަދަބެއް ނުލިބޭނެއެވެ.


މަގޭ ދަރިފުޅާއެވެ. މާތްރަސްކަލާނގެއާއި ރަސްގެފާނު ދެކެ ބިރުވެތިވާށެވެ. ބާޣީންނާ ބައިވެރިނުވާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ