Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




2 ޞަމޫއީލް 18:5 - ކިތާބުލް މުޤައްދަސާ

5 ރަސްގެފާނު އަބީޝާއި އާއި އިއްތާއީއާއި ޔުއާބު އަށް އެންގެވިއެވެ. ”⁠އަހަންނަށްޓަކައި އަބްޝާލޫމާ ދޭތެރޭ ހަރުކަށިކޮށް ކަމެއް ނުކުރާތި!⁠“ އެންމެންނަށް ވެސް ރަސްގެފާނުގެ މި އެންގެވުން އަޑުއިވުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




2 ޞަމޫއީލް 18:5
8 ပူးပေါင်းရင်းမြစ်များ  

ދާއޫދުގެފާނު އަބީޝާއި އާއި އެކަލޭގެފާނުގެ އަރިހުބޭފުޅުންނަށް އެންގެވިއެވެ. ”⁠ނިކަން ބަލާބަލަ، އަހަރެން މަރަން ނުކުމެ އެހެރީ އަހަރެންގެ އުފަން ދަރި. މިމީހާއަކީ ބަންޔާމީންގެ އާއިލާގެ މީހެއް. އެހެންވީއިރު އަހަރެން މަރާލަން އުޅެން އެންމެ ލާއިގު މީހަކީ މީނާއެއް ނޫންތަ؟ އޭނާޔާ އަޅާ ނުލާ. އަހަންނާ ދިމާލަށް އޭނާ ކިޔާނެހާ އެއްޗެއް ކިޔަން ދޫކޮށްލާ. އަހަންނަށް އެއްޗެހި ގޮވަން އޭނާއަށް އެންގެވީ މާތްރަސްކަލާނގެ.


އަބްޝާލޫމްއާއި އިސްރާއީލުގެ އެންމެން ބުނެއްޕެވެ. ”⁠ހޫޝާއީގެ މަޝްވަރާ އަޚީތޫފަލުގެ މަޝްވަރާއަށް ވުރެން މާ ކަމުދޭ.⁠“ މިހެން އެމީހުން ބުނީ މާތްރަސްކަލާނގެ އިރާދަފުޅު އެގޮތުގައި ވާތީއެވެ. މާތްރަސްކަލާނގެ ރޭއްވެވުމުގައި ވަނީ އަޚީތުފުލުގެ މަޝްވަރާ ބޭކާރު ކޮށްލައްވައި އަބްޝާލޫމު ނައްތަވާލެއްވުމެވެ.


އެމީހާ ޔުއާބުގެ ގާތުގައި ބުނެއްޕެވެ. ”⁠އޭގެ އެއްހާސް ފޮތި ފައިސާ އަހަރެންގެ އަތަށް ލައިދިނަސް ރަސްގެފާނުގެ ދަރިކަލަކު އަހަރެންގެ އަތުން މަރައެއް ނުލާނަން. އަހަރެން އެހިން އެ ދަރިކަލުންނަށް ގޮތެއް ނުހެދުމަށް ކަލެއާއި އަބީޝާއިއާއި އިއްތާއީއަށް ރަސްގެފާނު އެންގެވި އަޑު.


މީހުން ގޮސް ޔުއާބަށް މި ޚަބަރު ދީފިއެވެ. އެމީހުން ބުންޏެވެ. ”⁠ބަލާބަލަ ރަސްގެފާނު އެއޮތްގެން ކީރިތި ކުރައްވައި ހިތާމަފުޅު ކުރައްވަނީ އަބްޝާލޫމު މަރުވެގެން އެކަމާ.⁠“


އެވަގުތު އީސާގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ދެންނެވިއެވެ. ”⁠ބައްޕާ! އެބައިމީހުންގެ ފާފަ ފުއްސަވާ ދެއްވާ. އެބައިމީހުން އެކުރާ ކަންތައްތަކެއް އެބައިމީހުންނަކަށް ނުވިސްނޭ.⁠“ އީސާގެފާނު ސަލީބަށް އެރުވުމުގެ ކަންތައް ކުރި ސިފައިންގެ މީހުން އެކަލޭގެފާނުގެ ހެދުންކޮޅު ލިބޭނެ މީހަކު ބެލުމަށް ގުރުއަތު ލިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ