2 ޞަމޫއީލް 18:33 - ކިތާބުލް މުޤައްދަސާ33 ދެން ރަސްގެފާނަށް އަބްޝާލޫމް މަރުވެއްޖެކަން އެނގިވަޑައިގެންފިއެވެ. އެވަގުތު ރަސްގެފާނު ތުރުތުރު ލައިގެންފިއެވެ. އެކަލޭގެފާނު ބޮޑުފާރުދޮށުގައި ހުރި ކޮޓަރިއަކަށް ވަންނަވައި ހަރު އަޑުން ކީރިތި ކުރައްވަން ފައްޓަވައިފިއެވެ. އެކަލޭގެފާނު މިހެން ވިދާޅުވަމުން ގެންދެވިއެވެ. ”މަގޭ ދަރިފުޅު އަބްޝާލޫމް، މަގޭ ދަރިފުޅު އަބްޝާލޫމް. ކަލޭގެ ބަދަލުގައި އަހަރެން މަރުވިނަމަ ކޮންފަދަ. އަބްޝާލޫމް، މަގޭ ދަރިފުޅު އަބްޝާލޫމް!“ အခန်းကိုကြည့်ပါ။ |
އިލްޔާސްގެފާނާއި މެދުގައި ނިކަން ވިސްނައިބަލާށެވެ. އެކަލޭގެފާނަކީ ވެސް އަހަރެމެން ފަދަ އިންސާނެކެވެ. އެކަލޭގެފާނުގެ ޒަމާނުގައި ވާރޭ ނުވެއްސެވުމަށް އެދި އިޚުލާސްތެރިކަމާއެކު މާތްރަސްކަލާނގެ ކިބަފުޅަށް އެކަލޭގެފާނު ދުޢާފުޅު ކުރެއްވިއެވެ. އަދި އެކަލޭގެފާނު ކުރެއްވި ދުޢާފުޅު މާތްރަސްކަލާނގެ އިޖާބަ ކުރައްވައި ތިން އަހަރާއި ހަމަސްދުވަސް ވަންދެން އެ ރަށަށް ވާރޭ ނުވެއްސެވިއެވެ.